Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮރޯނާވައިރަސް (ކޮވިޑް-19)

ޔުވެންޓަސްގެ ފޯވާޑް ޑިބާލާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ

21 މާރިޗު 2020 | ހޮނިހިރު 18:24

ޔުވެންޓަސްގެ ތިން ކުޅުންތެރިން މިހާރު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 މާރިޗު 2020 | ހޮނިހިރު 18:24
ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ

ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އިޓަލީގެ ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ ޕޮޒިޓިވްވެއްޖެއެވެ.

ޑިބާލާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިކަން އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ. އެކަން ހާމަކޮށް ޑިބާލާ ހޮނިހިރު ދުވަހުގެރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ކުރި ޓެސްޓުގެ ނަތީޖާ ލިބިފައިވާ ކަމަށާއި، އޭނާ އާއި އޭނާގެ ލޯބިވެރިޔާވެސް އެ ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެކަމަކު ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ޑިބާލާ ވަނީ ބުނެފަ އެވެ.

މިހާރު ޔުވެންޓަސްގެ ތިން ކުޅުންތެރިއަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެއީ ޑިބާލާގެ އިތުރުން ބްލައިސް މަޓުއިޑީ އާއި ޑެނިއަލީ ރުގާނީ އެވެ. މި ތިން ކުޅުންތެރިންވެސް މިހާރު ތިބީ އައިސޮލޭޝަނުގައެވެ.

ޔުވެންޓަސްގެ ތިން ކުޅުންތެރިން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާއިރު، އިޓަލީން މިވައިރަހަށް ޕޮޒިޓިވްވި ކުޅުންތެރިންގެ އަދަދު 13 އަށް ވަނީ އަރައިފައެވެ. އަދި އިޓަލީގައި ކުރިޔަށްދާ ކުޅިވަރު ހަރަކާތްތައް އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލުމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމައިފައެވެ.

އިޓަލީގެ ކުޅުންތެރިންގެ އިތުރުން ސްޕެއިންގެ ވެލެންސިއާގެ ސްކޮޑުގެ 35 އިންސައްތަ ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި އިންގްލެންޑުގެ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއިގެ އިތުރުން އިނގގިރޭސި ތިންވަނަ ޑިވިޝަނުގައި ވާދަކުރާ ޕޯޓްސްމަތުގެ ތިން ކުޅުންތެރިއަކުވެސް ވަނީ މި ވައިރަހަށް ޕޒޮޓިވްވެފައެވެ.

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން ޔޫރަޕްގެ އެންމެ މަގުބޫލް ފަސް ލީގުގެ ކުޅުން ވަނީ މެދުކަނދާލާފައެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ފްރެންޗް ލީގުގެ އިތުރުން ޖަރުމަން ލީގެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާށ ލީގުގެ މެޗުތައް ވެސް ވަނީ ހުއްޓާލާފައެވެ. މީގެ އިތުރުން މިއަހަރު ބެއްވުމަށް ހަމަޖެހިފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ ފުޓްބޮޅަ މުބާރާތްވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އިތުރަށް ކިޔާލަން

03 އެޕްރީލު 2018

ލިވަޕޫލްގެ ފޯވާޑް ލައިނު ހުއްޓުވުން ގާޑިއޯލާއަށް ބޮޑު ގޮންޖެހުމަކަށް

03 އެޕްރީލު 2018
ލިވަޕޫލްގެ ފޯވާޑް ލައިނު ހުއްޓުވުން ގާޑިއޯލާއަށް ބޮޑު ގޮންޖެހުމަކަށް
30 މާރިޗު 2018

ކޭންއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ފޯވާޑް: ކޮންޓޭ

30 މާރިޗު 2018
ކޭންއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ފޯވާޑް: ކޮންޓޭ
16 ޖެނުއަރީ 2018

އާސެނަލްގެ ފޯވާޑް ވޮލްކޮޓް އެވަޓަން އަށް ބަދަލުވުމާ ގާތަށް!

16 ޖެނުއަރީ 2018
އާސެނަލްގެ ފޯވާޑް ވޮލްކޮޓް އެވަޓަން އަށް ބަދަލުވުމާ ގާތަށް!
09 ޖެނުއަރީ 2018

ޑިބާލާ ގެންދިޔުމަށް މަސައްކަތެއް ނުކުރަން: ޕީއެސްޖީގެ ޗެއާމަން

09 ޖެނުއަރީ 2018
ޑިބާލާ ގެންދިޔުމަށް މަސައްކަތެއް ނުކުރަން: ޕީއެސްޖީގެ ޗެއާމަން
01 ޖެނުއަރީ 2018

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ޑިބާލާ ވާނެ: އަލެގްރީ

01 ޖެނުއަރީ 2018
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ޑިބާލާ ވާނެ: އަލެގްރީ
26 ޑިސެމްބަރު 2017

ޑިބާލާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް: އަލެގްރީ

26 ޑިސެމްބަރު 2017
ޑިބާލާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް: އަލެގްރީ
23 އޯގަސްޓު 2017

ދުނިޔޭގެ އެންމެ ވަރުގަދަ ފޯވާޑް ލައިން އޮތީ އާޖެންޓީނާގައި: އިކާޑީ

23 އޯގަސްޓު 2017
ދުނިޔޭގެ އެންމެ ވަރުގަދަ ފޯވާޑް ލައިން އޮތީ އާޖެންޓީނާގައި: އިކާޑީ
11 އޯގަސްޓު 2017

ޔުވެންޓަސްގެ މަޝްހޫރު 10 ނަމްބަރ ޖާޒީ ޑިބާލާއަށް

11 އޯގަސްޓު 2017
ޔުވެންޓަސްގެ މަޝްހޫރު 10 ނަމްބަރ ޖާޒީ ޑިބާލާއަށް
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
11 ޖެނުއަރީ 2017

އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ

11 ޖެނުއަރީ 2017
އަލަށް ގެނައި ކޯޗާއި ޓްރެއިނަރު އަދި ފޯވާޑް ޓީމާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް