Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު މީހަކު ރަނގަޅު ވެއްޖެ

ޖުމްލަ 3 މީހުން ވަނީ މި ބަލި ޖެހި ރަނގަޅުވެފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 މާރިޗު 2020 | ހޮނިހިރު 09:58
މަބްރޫކް

މަބްރޫކް

ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު މީހަކު ރަނގަޅު ވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އިން ހޮނިހިރު ދުވަހު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޫސާ ޑރ. މޫސާ މުރާދު ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެމީހަކީ ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި 5 މީހުންގެ ތެރެއިން އެކަކު ކަމަށާއި އެމީހާ ކޮވިޑް-19 އަށް ޝައްކުކުރެވިގެން އައިސޮލޭޝަނަށް ގެންދިޔައީ މިމަހުގެ 7 ވަނަ ދުވަހު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ޑރ. މުރާދު ވިދާޅުވީ އޭނާއަށް ފަރުވާދިނުމަށްފަހު، ކޮވިޑް-19ގެ އަލާމާތްތައް ނުވަތަ ބަލި ނެތުމުން، އޭނާގެ ދެ ޓެސްޓެއް ހެދި ކަމަށެވެ. އެގޮތުން ފުރަތަމަ ޓެސްޓް ހެދީ މިމަހުގެ 18 ވަނަ ދުވަހު ކަމަށާއި އަދި ދެވަނަ ޓެސްޓް ހެދީ މިމަހުގެ 20 ވަނަ ދުވަހު ކަމަށެވެ. އެ ދެ ޓެސްޓްވެސް ކޮވިޑް-19 އަށް ނެގަޓިވް ވުމުން، އޭނާ ކޮވިޑް-19 ބަލިން ރަނގަޅުވެފައިވާ މީހެއް ކަމަށް ނިންމާފައި ވާކަމަށެވެ.

ނަމަވެސް މުރާދު ވިދާޅުވީ، ބަލިން ރަނގަޅުވާ މީހުން އިތުރު އެއްމަސް ވަންދެން މޮނީޓަރ ކުރަމުންދާނެ ކަމަށެވެ.

ހޮނިހިރު ދުވަހު ކޮވިޑް-19 ބަލިން ރަނގަޅުވެފައިވާއިރު، ހުކުރު ދުވަހުގެ ރޭ ވަނީ ދެ މީހުން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުގެ ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން މިވަގުތު ރާއްޖޭގައި ކޮވިޑް-19 ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ތިން މީހަކު މި ވަނީ މިބަލުން ރަނގަޅު ވެފައެވެ. އެހެންކަމުން މިހާރު ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދަނީ 10 މީހަކަށެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު