Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށި ސިޓީ

ކޮވިޑް-19: ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ފަށައިފި

20 މާރިޗު 2020 | ހުކުރު 14:21

23 މާރިޗުވާ ހޯމަ ދުވަހުގެ ނިޔަލަށް ދަފްތަރުކޮށް ނިންމަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 މާރިޗު 2020 | ހުކުރު 14:21
ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީ

ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށި ސިޓީގައި މަސައްކަތް ކުރާ އަދި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ ކުޅުދުއްފުށީގައި މަސައްކަތް ކުރާ އަދި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެއިދާރާއިން ބަލަހައްޓަމުންދާ ކަމަށެވެ. ނަމަވެސް މި ދަފްތަރުގައި ބިދޭސީ މުވައްޒަފުން ރަޖިސްޓްރީނުކޮށް ބައެއް ފަރާތްތަކުން ގެންގުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކައުންސިލުން ބުނީ ކޮވިޑް-19 ގުޅިގެން ރަށުގައި ދިރިއުޅޭ ބިދޭސީންނާއި އެމީހުން ދިރިއުޅޭ ތަންތަނާއި އަދި އެފަރާތްތަކާއި ހަވާލުވެ ހުރި ފަރާތްތަކުގެ ސައްޙަ މައުލޫމާތު ކަމާގުޅުންހުރި އިދާރާތަކަށް އެނގުން ވަރަށް މުހިންމު ކަމުގައި ކުޅުދުއްފުށީގައި ކޮވިޑް-19 ރޯގާއާއި ގުޅިގެން އުފަދާފައިވާ ޓާސްކް ފޯސްއިން ވަނީ އިރުޝާދު ދީފައިވާ ކަމަށެވެ. މިފަދަ މައުލޫމާތުތަކަކީ ބިދޭސީ މަސައްކަތްތެރިއެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އެފަރާތް ކަރަންޓީނު ކުރުމަށާއި އެހީ ފޯރުކޮށްދިނުމަށް އަދި ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް މުހިންމު މައުލޫމާތު ތަކެއް ކަމަށް ވާތީ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ކައުންސިލްއިން ހާއްސަ ސަމާލުކަމެއްދީގެން ކުރަމުންދާ ކަމަށް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ މުޖުތަމައުގެ އެންމެންގެ ރަށްކަލަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކުން ބިދޭސީންގެ ދަފްތަރު އަދާހަމަކުރުމަށް ކައުންސިލްއިން ފަށާފައިވާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.

ކައުންސިލުން ބުނީ ބިދޭސީން ގެންގުޅޭ ފަރާތްތަކުން ވީ އެންމެ އަވަހަކަށް އެފަރާތްތަކުގެ މައުލޫމާތު ކައުންސިލްއާއި ހިއްސާކޮށް ދަފްތަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްދޭ ކަމަށެވެ. އަދި ދަފްތަރު ކުރުމަށްޓަކައި މިކައުންސިލަށް ބޭނުންވާ ބިދޭސީންނާއި ގުޅޭ މައުލޫމާތު އަދި ހަވާލުވެހުރި ފަރާތުގެ މައުލޫމާތު ބަޔާންކުރާ ފޯމާއި ދަފްތަރު ކުރައްވަން ޢަމަލު ކުރައްވަންވީ ގޮތުގެ އިރުޝާދު މި ކައުންސިލްގެ ވެބްލިންކުން ލިބޭނެ ކަމަށެވެ.

ކައުންސިލުން ބުނީ 23 މާރިޗު 2020ވާ ހޯމަ ދުވަހުގެ ނިޔަލަށް ދަފްތަރުކޮށް ނިންމުމަށްއެދޭ ކަމަށާއި، މިގޮތަށް އަމަލު ނުކުރާ ފަރާތްތަކާއިމެދު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ 143 މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބިދޭސީންގެ ދަފްތަރު އަދާހަމަކުރުމާއި ގުޅޭ ހޮޓްލައިންއަށް 9531312 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށް، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގައި "ބިދޭސީން ރަޖިސްޓްރީ ކުރާ ދަފްތަރެއް" އޮންނަންވާނެ ކަމުގައި ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދުގެ 24ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

22 ޖޫން 2017

އިއްސެގެ މަރާ ގުޅިގެން އިތުރު ބިދޭސީއަކު ހައްޔަރުކޮށް ހަ ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފި

22 ޖޫން 2017
އިއްސެގެ މަރާ ގުޅިގެން އިތުރު ބިދޭސީއަކު ހައްޔަރުކޮށް ހަ ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފި
15 ޖޫން 2017

ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް

15 ޖޫން 2017
ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް
13 މެއި 2017

އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި

13 މެއި 2017
އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުޅުދުއްފުށީގައި ވެހިކަލް ބުރެއް ބާއްވައިފި
01 މެއި 2017

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

01 މެއި 2017
ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ
28 އެޕްރީލު 2017

ހދ އަތޮޅުގެ ކެމްޕޭން ހަރަކާތް މެކުހަށް، ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ

28 އެޕްރީލު 2017
ހދ އަތޮޅުގެ ކެމްޕޭން ހަރަކާތް މެކުހަށް، ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ
11 އެޕްރީލު 2017

ޖުޑިޝަރީއިން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުމުގެ ފުރުސަތު ހުޅުވާލައިފި

11 އެޕްރީލު 2017
ޖުޑިޝަރީއިން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުމުގެ ފުރުސަތު ހުޅުވާލައިފި
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް