Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްކޮވިޑް-19

މިއަދުގެ ހުކުރު ޚުތުބާގެ އިލްތިމާސް- ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބާ ކިޔަމަންވޭ

ސާފުތާހިރުކަމަށް އިހުމާލު ނުވުމަށް ގޮވާލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 މާރިޗު 2020 | ހުކުރު 09:49
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ

ތަފާތު އެކި ބަލިމަޑު ކަމުން ސަލާމަތް ވުމަށް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށް މިއަދުގެ ހުކުރު ޚުތުބާގައި އިލްތިމާސްކޮށްފިއެވެ.

"ސާފުތާހިރުކަން" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، ސިއްހީ ކަންތައްތަކާއި ސާފުތާހިރުކަމަށް އިހުމާލު ވެވޭނަމަ ތަފާތު ބަލިތައް ފެތުރިގެންދާނެ ކަމަށާއި، އޭގެ ސަބަބުން ސިއްޙީ އެކި މައްސަލަތައް ފެންމަތިވާނެ ކަމަށެވެ. އަދި އެކަންކަމުން ސަލާމަތްވުމަށް ސަރުކާރުގެ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދޭންޖެހޭނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، ނުރައްކާތެރި ވައިރަހެއް ފެތުރިގެންދާ މި ދަނޑިވަޅުގައި ސިއްހީ މާހިރުން ދޭ ލަފަޔާއި އިރުޝާދުތައް ބަލައިގަނެ، އެއަށް ޢަމަލު ކުރުމަކީ ލާޒިމު ކަމެއް ކަމަށެވެ. އެގޮތުން ރައްޔިތުން ކަންބޮޑުވާފަދަ ވާހަކަތައް ނުދެއްކުމާއި، ސާބިތު ނުހިފޭ ދޮގު ޚަބަރުތައް ނުފެތުރުމާއި، ތަންތަނަށް އެއްވެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެމުންގެންދާއިރު، އެއަށް ބޯލެނބުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

އޭގެ އިތުރުން، އިސްލާމް ދީނުގައި ސާފުތާހިރުކަމަށް ބާރު އަޅުއްވާފައިވަނީ ހަމައެކަނި އަޅުކަންތަކުގައި އެކަނި ނޫންކަން ފާހަގަކޮށް ޚުތުބާގައި އިތުރަށް ބުނީ، އިންސާނުންގެ ހަށިގަނޑާއި ފޭރާމުގެ އިތުރުން، އާންމު ދިރިއުޅުމުގައިވެސް ސާފުތާހިރުކަމަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ވައިރަސްއެއް ކަމަށްވާ ކޮވިޑް-19 ގެ އަސަރު ދެލައްކައަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާއިރު، 10،000 އަށްވުރެ ގިނަ މީހުން ވައިރަސްގެ ސަބަބުން މަރުވެފައިވެއެވެ.

އިތުރަށް ކިޔާލަން

31 ޖުލައި 2020

ހުކުރު ދުވަހުގައި ޢީދު އަތުވެއްޖެނަމަ އަމަލު ކުރާނީ ކިހިނެއް؟

31 ޖުލައި 2020
ހުކުރު ދުވަހުގައި ޢީދު އަތުވެއްޖެނަމަ އަމަލު ކުރާނީ ކިހިނެއް؟
29 މެއި 2020

ސަދަގާތް ކުރުމުގައި އިޚްލާސްތެރި ވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

29 މެއި 2020
ސަދަގާތް ކުރުމުގައި އިޚްލާސްތެރި ވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި
22 މެއި 2020

"ސަބަބުތަކުގައި ހިފުމަކީ ހަމައެކަނި ބޭސް ކުރުމެއް ނޫން، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް އަމަލުވެސް ކުރުން"

22 މެއި 2020
"ސަބަބުތަކުގައި ހިފުމަކީ ހަމައެކަނި ބޭސް ކުރުމެއް ނޫން، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް އަމަލުވެސް ކުރުން"
27 ޑިސެމްބަރު 2019

ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ރަސޫލާ ނަމޫނާއަކަށް ބެލުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

27 ޑިސެމްބަރު 2019
ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ރަސޫލާ ނަމޫނާއަކަށް ބެލުމަށް ހުކުރު ހުތުބާގައި ގޮވާލައިފި
19 އެޕްރީލު 2019

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

19 އެޕްރީލު 2019
ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު