Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބެންޖަމިން ނަތަންޔާހޫ

ނަތަންޔާހޫއާ ދެކޮޅަށް އިޒްރޭލުގައި މުޒާހަރާކޮށްފި

19 މާރިޗު 2020 | ބުރާސްފަތި 21:02

މުޒާހަރާގައި އެތައް ސަތޭކަ މީހުން ބައިވެރިވީ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 19 މާރިޗު 2020 | ބުރާސްފަތި 21:02
އިޒްލޭރުގެ ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ކުރި މުޒާހަރާގެ ތެރެއިން

އިޒްލޭރުގެ ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ކުރި މުޒާހަރާގެ ތެރެއިން

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާކޮށްފިއެވެ.

ނަތަންޔާހޫ އާ ދެކޮޅަށް މުޒާހަރާކޮށްފައިވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގިނަ މީހުން އެއްވެ އުޅުން އިޒްރޭލުގައި ވެސް މަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ. މުޒާހަރާކުރި ފަރާތްތަކުން ވަނީ މި ބަލިމަޑިކަމުގެ ނާޖައިޒު ފައިދާ ނަގައިގެން، ބާރުތައް މުށު ތެރެއަށް ލުމަށް ނަތަންޔާހޫ މަސައްކަތްކުރައްވާ ކަމަށް ތުހުމަތުކޮށްފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކަމަށް ވިދާޅުވެ، ނަތަންޔާހޫ ވަނީ އިޒްރޭލުގެ ކޯޓުތައް ބަންދުކޮށް، ގާނޫނު ހަދާ މަޖިލިސް ހަފުތާއެއްގެ މުއްދަތަށް ބަންދުކޮށްފައެވެ. އޭގެ އިތުރުން އާންމުންގެ ފޯން ކޯލްތައް އަޑުއެހުމުގެ ގޮތުން ފޯން ސަރވައިލެންސް ޓެކްނޮލޮޖީ ބޭނުންކުރަން ވަނީ ފަށާފައެވެ.

މުޒާހަރާކުރި ފަރާތްތަކުން ވަނީ، މި ފިޔަވަޅުތަކަކީ ނަތަންޔާހޫގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުގެ އަޑުއެހުން ފަށަން ގާތެވެފައިވުމާއި ގުޅިގެން، ތުހުމަތުތަކުން ރެކިވަޑައިގަތުމުގެ ގޮތުން ކުރެއްވި ކަމެއް ކަމަށް ތުހުމަތުކޮށް އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. މިހާރު އަޑުއެހުންތައް ބޭއްވޭނެ ކަމަށް ބެލެވެނީ، މި އަހަރުގެ މޭ މަހުގެ ތެރޭގައެވެ.

މިހާތަނަށް އިޒްރޭލުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 600 އަށް ވުރެ އިތުރުވެފައެވެ. އަދި މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ ކޮންމެހެން އަޅަންޖެހިގެން އެޅުއްވި ފިޔަވަޅުތަކެއް ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ، ނަތަންޔާހޫ މި ވަގުތު މަސައްކަތްކުރައްވަމުން ގެންދަވަނީ ދަނޑިވަޅުގެ ފައިދާ ނަގާ ވެރިކަމުގައި އިތުރު ދައުރެއް ހުންނެވުމަށް ކަމަށެވެ. ނަތަންޔާހޫ މި ވަގުތު ބޮޑުވަޒީރުގެ މަގާމުގައި ހުންނެވީ ވަގުތީ ގޮތުންނެވެ.

ވަގުތީ ގޮތުން ބޮޑުވަޒީރުގެ މަގާމުގައި ނަތަންޔާހޫ ހުންނެވީ، އެންމެ ފަހުން ބޭއްވި ތިން އިންތިހާބުން ވެސް އެއްވެސް ޕާޓީއަކަށް އަގުލަބިއްޔަތު ލިބިފައި ނުވާތީއެވެ. އަހަރެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުގައި ވަނީ ތިން އިންތިހާބު ބާއްވާފައެވެ.

އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި މުޒާހަރާކުރި ފަރާތްތަކުން ވަނީ "ކްރައިމް މިނިސްޓަރ" ޖަހާފައި ހުރި ބެނަރތަކެއް ހިފައިގެން، ހުދުމުހުތާރު ވެރިކަމަކަށް ނޫނެކޭ ބުނާކަމަށް ގޮވާ އަޑުއުފުލާފައެވެ. އެއްވެ އުޅުމަށް މަނާކޮށްފައި އޮތް އޮތުމާ ހިލާފުވެފައިވާ ކަމަށް ބުނެ، މުޒާހަރާކުރި ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
01 ޖެނުއަރީ 2017

ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި

01 ޖެނުއަރީ 2017
ކޮރަޕްޝަނުނުގެ ތހުމަތުގައި ނަތަންޔާހޫއާ ފުލުހުން ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް