Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

އިނގިރޭސިވިލާތުގެ ސްކޫލްތައް ބަންދުކޮށް އޯލެވެލް އާއި އޭލެވެލް އިމްތިހާން އެގައުމުގައި މިއަހަރު ނުބާއްވާގޮތަށް ހަމަޖައްސައިފި

19 މާރިޗު 2020 | ބުރާސްފަތި 07:58

އިނގިރޭސިވިލާތުން ވަނީ މިވައިރަސް ޖެހިގެން 103 މީހުން މަރުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 މާރިޗު 2020 | ބުރާސްފަތި 07:58
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން- ރައްކާތެރިވުމުގެ ފިޔަވަޅުތައް ލަސްކަމަށްބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައި

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން- ރައްކާތެރިވުމުގެ ފިޔަވަޅުތައް ލަސްކަމަށްބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައި

އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރެމުންދާތީ އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ސްކޫލްތައް ބަންދުކުރާނެކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ކޮވިޑް-19 ހަލުވިކަމާއެކު އިނގިރޭސިވިލާތުގައި ފެތުރެމުންދާތީ އެގައުމުގެ މީހުން އަންނަނީ ސުޕަރމާކެޓްތަކުން ގިނަ އަދަދެއްގެ އެއްޗެހި ގަންނަމުންނެވެ. އެއާއެކު ޕައުންޑުގެ ވެލިޔު ވަނީ ފާއިތުވި ތިރީސް އަހަރު ދަށަށްނުދާ މިންވަރަށް ދަށަށްގޮސްފަ އެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރޭ މިންވަރާ އަޅާބަލާއިރު ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަަޅާ ފިޔަވަޅުތަކުގެ ސްޕީޑް ލަސްކަމަށް ބުނެ އެގައުމުގެ ގިނަ ރައްޔިތުންގެ ފާޑުކިޔުންތައް ވަނީ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރަށް އަމާޒުވެފަ އެވެ. ވަކިން ޚާއްސަކޮށް ޔޫރަޕްގެ އެހެން ގައުމުތައް ކަމަށްވާ ސްޕެއިން، އިޓަލީ އަދި ފްރާންސް ފަދަ ގައުމުތަކުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާއިރު އިނގިރޭސިވިލާތުގެ ސަރުކާރުން އެފަދަ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

މިހުރިހާ ކަންތައްތަކެއްގެ ސަބަބުން އިނގިރޭސިވިލާތުގެ އެޑިޔުކޭޝަން ސެކެޓްރީ ގެވިން ވިލިއަމްސަން ވިދާޅުވެފައިވަނީ ވަނީ ހުކުރު ދުވަހު ކިޔަވައިދިނުމަށްފަހު އެގައުމުގެ ސްކޫލްތައް ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ. ސްކޫލްތައް އަލުން ހުޅުވާނެ ތާރީޚެއް އަދި ކަނޑަނާޅާކަމަށް ވިލިއަމްސަން ވިދާޅުވި އެވެ. އެހެންނަމަވެސް ޗައިލްޑް ކެއަރ ދޭ ބައެއް ތަންތަން ހުޅުވާފައި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. އެއީ ނޭޝަނަލް ހެލްތު ސަރވިސް ސްޓާފުންގެ މަސައްކަތަށް ނިކުންނަންޖެހޭތީ އެމީހުންގެ ދަރިން ބެލުމަށެވެ. އަދި ސޯޝަލް ވޯކަރުން ބަލަހައްޓާ ކުދިންވެސް އެތަންތަނަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ވިލިއަމްސަން ވިދާޅުވި އެވެ. މީގެއިތުރުން އިނގިރޭސިވިލާތުގައި މިއަހަރު ޖީސީއެސްއީ އޯ ލެވެލް އަދި އޭލެވް އިމްތިހާން ނޯންނާނެކަމަށްވެސް ވިލިއަމްސަން ވިދާޅުވި އެވެ.

މިނިންމުމާއެކު މަދުން އާމްދަނީ ލިބޭ ކުދިންނަށް ޚާއްސަ ވައުޗަރ ސިސްޓަމެއް އެކުދިންގެ ސްކޫލް މީލް ދިނުމަށް ހަމަޖައްސަމުންދާކަމަށް ވިލިއަމްސަން ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ސްކޫލްތައް ބަންދުކުރުމަށް ނިންމުމާއެކު އެގައުމުގެ އިގްތިޞާދަށް އޭގެން ނޭދެވޭ އަސަރުތައް ކުރާނެކަމަށް އެގައުމުން ބުނެއެވެ. އެގައުމުގެ 9 މިލިއަން ކުޑަކުދިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނައިރު އެކުދިންގެ ބެލެނިވެރިން މަސައްކަތަށް ނުގޮސް ގޭގައި ތިބެގެން ކުދިން ބަލަން މަޖުބޫރުވެގެންދާނެ އެވެ.

މިހާތަނަށް އިނގިރޭސިވިލާތުން ވަނީ މިވައިރަސް ޖެހިގެން 103 މީހުން މަރުވެފަ އެވެ. އަދި ވައިރަސް ޖެހުނު މީހުންގެ އަދަދު ދެހާހަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި

12 ފެބުރުއަރީ 2017
އެއަރކޯނަށް ޖެހި ސްޕްރޭއަކުން ބައެއްގެ ނޭވަޔަށް އުނދަގޫވެގެން އެއަރޕޯޓް ބަންދުކޮށްފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް