Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

އިއްޔެ ޗައިނާގެ އެއްވެސް މީހަކަށް ވައިރަސް ނުޖެހޭ، 14 ދުވަސްވަންދެން އައު މީހަކަށް ނުޖެހޭނަމަ ލޮކްޑައުން ނިމުމަކަށް ގެންނަނީ

19 މާރިޗު 2020 | ބުރާސްފަތި 06:24

ވުހާން ލޮކްޑައުން ކޮށްފައިވަނީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 މާރިޗު 2020 | ބުރާސްފަތި 06:24
ޗައިނާގެ- ޗައިނާގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަނީ ކޮންޓްރޯލްކުރެވިފައި

ޗައިނާގެ- ޗައިނާގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަނީ ކޮންޓްރޯލްކުރެވިފައި

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާންއިން އިއްޔެ އެއްވެސް މީހަކަށް މިވައިރަސް ޖެހިފައިނުވާ ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ޑެއިލީ ނިއުސް ޕޭޕަރ އަށް ދިން އިންޓަރވިއުއެއްގައި ޗައިނާގެ ހެލްތު އޮތޯރިޓީގެ ސީނިއަރ އެޑްވައިޒަރ ލީ ލަންޖުއަން ވިދާޅުވީ ވުހާންއިން އެންމެފަހުން ވައިރަސް ޖެހިގެން މީހަކު ރިޕޯޓްކުރި ދުވަހުންފެށިގެން މީހަކަށް ވައިރަސް ނުޖެހި ޖެހިޖެހިގެން 14 ދުވަސް ހޭދަވެއްޖެނަމަ ވުހާން ލޮކްޑައުންކޮށްފައި އޮތްއޮތުން ނިމުމަކަށް ގެންނާނެ ކަމަށެވެ. ވައިރަސް ފެނުނު ވުހާންގައި ހަލުވިކަމާއެކު ވައިރަސް ފެތެރެމުންދިޔުމުން އެކަން ކޮންޓްރޯލްކުރުމަށް ވުހާން ލޮކްޑައުން ކޮށްފައިވަނީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. އަނެއްކޮޅުން މިދިޔަ ޑިސެމްބަރ މަހުގެ ފަހުކޮޅު ޗައިނާއިން ފެނުނު މިވައިރަސް ޗައިނާގެ ތެރޭގެ އެއްވެސް މީހެއްގެ ގައިން ނުފެންނަ ފުރަތަމަ ދުވަހަކީ އިއްޔެ އެވެ.

ޗައިނާގައި ވައިރަސް ފެތުރޭމިންވަރު ކޮންޓްރޯލްކުރެވެމުންދާ ވަރަކަށް މަޑުމަޑުން އަންނަނީ ޗައިނާ ހަމައަކަށްއެޅި އާންމު ދިިރިއުޅުމަކަށް ބަދަލުވަމުންނެވެ. އެގޮތުން ހޫބޭ ޕްރޮވިންސަށް އެހެން ޕްރޮވިންސްތަކުން ނުވަދެވޭގޮތަށް އޮތްއޮތުމަށް މިހާރު ވަނީ ލުއިތަކެއް ދީފައެވެ. އެހެން ޕްރޮވިންސްތަކުން މިހާރު ހޫބޭ ޕްރޮވިންސަށް ވަދެވޭއިރު އަދިވެސް މީހުންނަށް ވަދެވެނީ ޚާއްސަ ސްކްރީންތަކެއް ކުރުމަށްފަހު ބަލީގެ އަލާމާތެއް ނެތްކަން ޔަގީންކުރުމަށްފަހު އެވެ.

ޗައިނާގެ އެތެރެއިން އެއްވެސް މީހެއްގެ ގައިން ވައިރަސްގެ އަސަރު ނުފެނުނުނަމަވެސް ޗައިނާއަށް އެތެރެވާ މީހުންގެ ގައިން އަދިވެސް އަންނަނީ ވައިރަސް ފެންނަމުންނެވެ. އެގޮތުން އިއްޔެ ޗައިނާއަށް އައި މީހުންގެ ތެރެއިން 21 މީހެއްގެ ގައިން ވައިރަސް ފެނިފައިވާއިރު މިމީހުންނަކީ އިނގިރޭސިވިލާތާއި ސްޕެއިންއިން އައި މީހުންނެވެ. ޗައިނާއަށް އެތެރެވާ މީހުންގެ ގައިން ވައިރަސް ފެންނާތީ ބެއިޖިންގ ގައި ހުންނަ އިންޓަރނޭޝަނަލް އެެއަރޕޯޓް ގައި ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.

ޗައިނާގައި މިހާތަނަށް އާއިރު މިވައިރަސް 80,928 މީހުންނަށް ޖެހިފައިވެ އެވެ. އަދި މިވައިރަސް ޖެހިގެން ޗައިނާއިން 3,245 މީހުންވަނީ މަރުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

14 ޖޫން 2017

ގަތަރާ ދެކޮޅަށް އެޅި އަދި އަޅަމުންދާ ފިޔަވަޅުތަކުގައި "އަސްކަރީ އެއްވެސް ބަައެއް" ނުހިމެނޭ ކަމަށް ޔޫއޭއީން ބުނެފި

14 ޖޫން 2017
ގަތަރާ ދެކޮޅަށް އެޅި އަދި އަޅަމުންދާ ފިޔަވަޅުތަކުގައި "އަސްކަރީ އެއްވެސް ބަައެއް" ނުހިމެނޭ ކަމަށް ޔޫއޭއީން ބުނެފި
29 މެއި 2017

އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ

29 މެއި 2017
އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ
12 މެއި 2017

ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

12 މެއި 2017
ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި
01 މެއި 2017

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!
07 އެޕްރީލު 2017

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

07 އެޕްރީލު 2017
ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި
01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
25 ޖެނުއަރީ 2017

އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި

25 ޖެނުއަރީ 2017
އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް