Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19

އައި.ޖީ.އެމް.އެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ދޮރުމަތީގައި ކޮވިޑް-19 އަށް ސްކްރީން ކުރަން ފަށަނީ

.އޯ.ޕީ.ޑީ އަށް ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންވެސް ހުމާއި ރޯގާއަށް ސްކްރީން ކުރަން ފަށާނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 18 މާރިޗު 2020 | ބުދަ 16:12
އައި.ޖީ.އެމް.އެޗްް

އައި.ޖީ.އެމް.އެޗްް

އައި.ޖީ.އެމް.އެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ދޮރުމަތީގައި ސްކްރީން ކުރަން ފަށައިފިއެވެ.

އައިޖީއެމްއެޗް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ކޮވިޑް-19 ސަރވައިލެންސާއި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގައި އެ ހޮސްޕިޓަލުންދޭ ބައެއް ޚިދުމަތްތަކަށް ބަދަލު ގެނެސްފައިވާކަމަށެވެ. އައިޖީއެމްއެވް އިން ބުނީ އެބަދަލުތައް ގެނެސްފައިވަނީ ކޮވިޑް-19 ދިވެހިރާއްޖެއިންވެސް ފެނިފައިވާތީ، އެ ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން އެ ބަދަލުތަކަށް އަމަލުކުރަން ފަށާނީ އާދިއްތައިން ފެށިގެން ހޮނިހިރު ދުވަހާއި ހަމަޔަށް ކަމަށެވެ.

Advertisement - newsAdvertisement

ނޫސްބަޔާނުގައި ވަނީ އައި.ޖީ.އެމް.އެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް ވަންނަ ބަލިމީހުން ހުމާއި ރޯގާ ހުރިތޯ ބެލުމަށް ދޮރުމަތީގައި ސްކްރީން ކުރަން ފަށާނެ ކަމަށެވެ. އަދި .އޯ.ޕީ.ޑީ އަށް ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންވެސް ހުމާއި ރޯގާއަށް ސްކްރީން ކުރަން ފަށާނެ ކަމަށް ވެސް އައިޖީއެމްއެޗް އިން ބުންޏެވެ. އަދި އެއިން އެއްވެސް ހާލަތެއްގައި ހުމާއި ރޯގާގެ އަލާމާތްތައް ހުރިނަމަ ސެނަހިޔާގައި ހެދިފައިވާ ފްލޫ ކްލިނިކަށާއި މާލޭހިޔާ 2 ގައި(ސިނަމާލެ 2) ބިއްދޮށުގައި ހެދިފައިވާ ޓްރެވަލް ކްލިނިކަށް ދިއުމަށް އިރުޝާދު ދިނުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ނިންމާފައެވެ. އަދި ދުރާލާ ރާވައިގެން އާއްމުކޮށް ކުރަމުން އަންނަ އޮޕަރޭޝަންތައް އާދީއްތަ އިން ފެށިގެން ވަގުތީ ގޮތުން ހުއްޓާލުމަށް ވެސް ވަނީ ނިންމާފައެވެ. މީގެއިތުރުން އާއްމުކޮށް ހިނގަމުންދާ އޯ.ޕީ.ޑީ، އެކްސްރޭ، ސީ.ޓީ ސްކޭން، އެމް.އާރު.އައި، އަލްޓްރާ ސައުންޑް ސްކޭން އަދި ލެބޯޓްރީގެ ހިދުމަތްތައް ދެމުންގެންދާ ގަޑިތައް ހެނދުނު 8 އިން މެންދުރުފަހު 2:30 އަށް ބަދަލު ކުރުމަށް ވެސް އައިޖީއެމްއެޗް އިން ވަނީ ނިންމާފައެވެ.

އައިޖީއެމްއެޗް އިން ބުނީ ހޮސްޕިޓަލުގެ ޚިދުމަތްދޭ ގޮތްތަކަށް ވަގުތީ ގޮތުން ބަދަލުތަކެއް ގެނެސްފައިވަނީ އާއްމު ރައްޔިތުންނާއި ޞިއްޙީ ޚިދުމަތްތެރިންގެވެސް ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށެވެ. އަދި މި ބަދަލުތައް ގެނައިކަމުގައި ވީނަމަވެސް ކުއްލި ހާލަތުގައި ފަރުވާ ހޯދަން ޖެހޭ ބަލިމީހުންނަށް އިމަރޖެންސީ ރޫމުން 24 ގަޑިއިރު ފަރުވާ ލިބެމުންދާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޖީއެމްއެޗާއި ވިލީމާލޭ ހޮސްޕިޓަލުގެ ގޮންޖެހުންތަކަށް ހައްލު ހޯދަން މަޝްވަރާކޮށްފި

އައިޖީއެމްއެޗާއި ވިލީމާލޭ ހޮސްޕިޓަލުގެ ގޮންޖެހުންތަކަށް ހައްލު ހޯދަން މަޝްވަރާކޮށްފި

21 ނޮވެމްބަރު 2018
ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ހޯދަން ބިޑަކާ ނުލައި 56 މިލިޔަން ޑޮލަރަށް ދީފައިވޭ!

ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ ވަސީލަތްތައް ހޯދަން ބިޑަކާ ނުލައި 56 މިލިޔަން ޑޮލަރަށް ދީފައިވޭ!

14 ނޮވެމްބަރު 2018
ދަރުމަވަންތަ ހޮސްޕިޓަލުގެ 95 އިންސައްތަ ނިމިއްޖެ، ފެބްރުއަރީގައި ހުޅުވޭނެ: މިނިސްޓަރު

ދަރުމަވަންތަ ހޮސްޕިޓަލުގެ 95 އިންސައްތަ ނިމިއްޖެ، ފެބްރުއަރީގައި ހުޅުވޭނެ: މިނިސްޓަރު

14 ނޮވެމްބަރު 2018
ދަރުމަވަންތަ ހޮސްޕިޓަލްގައި މިހާރު ކުރިއަށްދަނީ އިކުއިޕްމަންޓް އިންސްޓޯލްކުރުމުގެ މަސައްކަތް: ރިޝްވާން

ދަރުމަވަންތަ ހޮސްޕިޓަލްގައި މިހާރު ކުރިއަށްދަނީ އިކުއިޕްމަންޓް އިންސްޓޯލްކުރުމުގެ މަސައްކަތް: ރިޝްވާން

10 ނޮވެމްބަރު 2018
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފަކު ގޭގައި މަޑުކުރަން އަންގައިފި

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފަކު ގޭގައި މަޑުކުރަން އަންގައިފި

17 ޖުލައި 2018

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު