Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލްގައި މިހާރު ކުރިއަށްދަނީ އިކުއިޕްމަންޓް އިންސްޓޯލްކުރުމުގެ މަސައްކަތް: ރިޝްވާން

10 ނޮވެމްބަރު 2018 | ހޮނިހިރު 06:18

އިމާރާތުގެ އެތެރެ އާއި ބޭރުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިމިފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 10 ނޮވެމްބަރު 2018 | ހޮނިހިރު 06:18
ދަރުމަވަންތަ ހޮސްޕިޓަލްގައި މިހާރު ކުރިއަށްދަނީ އިންޓީރިއާ މަސައްކަތް

ދަރުމަވަންތަ ހޮސްޕިޓަލްގައި މިހާރު ކުރިއަށްދަނީ އިންޓީރިއާ މަސައްކަތް

ދަރުމަވަންތަ ހޮސްޕިޓަލްގެ އިންޓީރިއާ މަސައްކަތް ނިމި، މިހާރު ކުރިއަށްދަނީ އިކުއިޕްމަންޓް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށް އައިޖީއެމްޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ.

ރިޝްވާން ވިދާޅުވީ 25 ބުރީގެ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް މުޅިން ނިމިފައިވާއިރު، އިމާރާތުގެ އެތެރެ އާއި ބޭރުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިމިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިހާރު ކުރިއަށްދަނީ ހޮސްޕިޓަލަށް ބޭނުންވާ އިކުއިޕްމަންޓް ގަތުމާއި، އަދި ގެނެވިފައިވާ އިކުއިޕްމަންޓްތައް ބަހައްޓާ އިންސްޓޯލް ކުރުން ކަމަށް ރިޝްވާން ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވަން ނިންމާފައި އޮތީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ރިޝްވާން ވިދާޅުވީ ހޮސްޕިޓަލް ހުޅުވުމަށް ކުރިން ކަނޑައަޅާފައިވާ ތާރީޚަށް ހޮސްޕިޓަލް ހުޅުވޭނެ ކަމުގެ ޔަގީންކަން މިހާރު ނެތް ކަމަށެވެ.

ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރްހަލާ މިހާރު ކުރިއަށްދާތީ، ހޮސްޕިޓަލްގެ ބައެއް މަސައްކަތްތައް ކުރުން މި ވަގުތު މަޑުޖައްސާލާފައިވާ ކަމަށް ރިޝްވާން ވިދާޅުވިއެވެ.

ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރްހަލާގެ މަސައްކަތް ކުރުމަށްޓަކައި އެކުލަވާލެވިފައިވާ ޓްރާންސްސިޝަން ކޮމިޓީއާ އެކު ބައްދަލުވުންތައް ކުރިއަށް ގެންދެވި، ހޮސްޕިޓަލް ހުޅުވަން ކަނޑައެޅިފައިވާ ތާރީހުގައި ހޮސްޕިޓަލް ހުޅުވަން ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ގިނަ ބައްދަލުވުންތަކެއް ކުރިއަށް ދިޔައިރު، އެ ބައްދަލުވުންތައް ނިމިފައިވަނީ އިއްޔެ ކަމަށް ރިޝްވާން ވިދާޅުވިއެވެ.

ރިޝްވާން ވިދާޅުވީ ހޮސްޕިޓަލް ހުޅުވޭނެ ދުވަހެއް ކަނޑައަޅަން އެނގޭނީ އާ ރައީސް ރިޔާސީ ދައުރު ފެށިގެން ދިއުމުން ކަމަށެވެ.

އައިޖީއެމްޗްއާ ޖެހިގެން އަޅަމުންދާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވަން ކުރިން ކަނޑައަޅާފައި އޮތީ މި އަހަރުގެ ޖުލައިމަހު 26 ވަނަ ދުވަހުއެވެ.

ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ޖޫން، 5، 2016 ގައި، މަސައްކަތް ފެށި މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަކުރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާރާތަށް ބޭނުންވާ ސާމާނު ގެންނަން ހަމަޖެހިފައި ވަނީ ވަކިންނެވެ.

އާ އިމާރާތް ހުޅުވަން ހަމަޖެހިފައި ވަނީ އޯޕީޑީ އާއި އެކްސްރޭ އާއި އެމްއާރުއައި، ފިޒިއޯތެރަޕީ، ސްޕޯޓްސް ތެރަޕީ، އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓަކާ އެކުގައެވެ. މީގެ އިތުރުން ހޮސްޕިޓަލްގެ ދެ ބުރި ހާއްސަކޮށްފައި ވަނީ މެޑިކަލް ކޮލެޖަށެވެ. މެޑިކަލް ކޮލެޖް ގާއިމުކުރަން ޕާކިސްތާނުން ވަނީ ހިލޭ އެހީ ދީފައެވެ.

ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ފަރުވާ ހޯދާ އައިޖީއެމްއެޗުގެ މިހާރުގެ ޖާގައަކީ 350 އެނދެވެ. އާ އިމާރާތުގެ ޚިދުމަތް ފެށުމުން ޖާގަ 500 އެނދަށް އިތުރުވާނެ ކަމަށް ރިޝްވާން ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
26 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި

26 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ދެ ރަށަކާއި ފުވައްމުލަކަށް ޑަސްޓްބިނާއި ކޮމްޕޯސްޓިންގ އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ބަޔަކާ ޙަވާލުކޮށްފި
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް