Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިނަދޫ ހޮސްޕިޓަލް

ތިނަދޫ ހޮސްޕިޓަލުގެ އިހުމާލުން މީހަކު މަރުވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ

އިތުރު ފަރުވާއަށް މާލެ ފޮނުވައިދިނުމަށް ޑޮކްޓަރު ދެކޮޅު ހެއްދެވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 ޖެނުއަރީ 2018 | ހޯމަ 06:19
ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިހުމާލުން މީހަކު މަރުވި ކަމަށް ބުނާ މައްސަލައެއް ފެން މަތިވެއްޖެއެވެ.

ތިނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް 83 އަހަރުގެ އިބްރާހީމް ހަސަން ދީދީ (ބޭސް ހަސަން ދީދީ) މަރުވީ އޭނާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް ހުއްދަ ދިނުމަށް ތަކުރާރުކޮށް ޑޮކްޓަރުގެ އަރިހުން އެދެމުން ވެސް އެކަމާ ޑޮކްޓަރު ދެކޮޅު ހައްދަވަމުން ދަނިކޮށް އިތުރަށް ހާލު ދަށަށް ގޮސްގެން ކަމަށް އާއިލާއިން ބުނެއެވެ.

ބޭސް ހަސަންދީދީގެ ދަރިޔަކު ބުނީ އޭނާގެ ބައްޕައަކީ 2011 ވަނަ އަހަރު ސްޓްރޯކެއް ޖެހިގެން ބައިޕާސް ހަދާފައިވާ މީހެއް ކަމަށާއި އޭގެ ފަހުން ބަރާބަރަށް ބޭސްކުރަމުން އަންނަ ކަމަށެވެ. އޭނާ ބުނީ ބައްޕަ އެންމެ ފުރަތަމަ ވެސް ޑޮކްޓަރަށް ދެއްކީ އުމުރުން 70 އަހަރުގައި ކަމަށާއި އެއީ ސްޓްރޯކް ޖެހިގެން ކަމަށެވެ.

އޭނާ ބުނީ ބައްޕައަށް އުނދަގޫތަކެއް ވަމުންދާތީ މިދިއަ ބުދަ ދުވަހު ތިނަދޫ ހޮސްޕިޓަލަށް ދެއްކި ކަމަށާއި އަދި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު ރަނގަޅު ކަމަށް ބުނެ ޖެހިގެން އައި ދުވަހު ދޫކޮށްލި ކަމަށެވެ. ނަމަވެސް ދޫކޮށްލިއިރު ވެސް ބައްޕަގެ ހާލު ރަނގަޅު ނޫން ކަން އެނގޭތީ އެވާހަކަ ޑޮކްޓަރު އަރިހުގައި ދެންނެވުމުން ވެސް އެއްވެސް އަޅާލުމެއް ނެތި ދޫކޮށްލީ ކަމަށް އޭނާ ބުންޏެވެ. ބުރާސްފަތި ދުވަހުގެ ރޭ ބައްޕައަށް އެއްގޮތަކަށް ވެސް ނުނިދިގެން ވަރަށް ބޮޑަށް އުނދަގޫތަކެއް ވާތީ ހުކުރު ދުވަހު ހެނދުނު އަނެއްކާ ވެސް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ބައްޕައަށް ނޭވާލުމަށް އުނދަގޫތަކެއް ވާތީ އެވާހަކަ ބުނުމުން ވެސް، އެއީ ނޭވާހިއްލާތީ ވާގޮތެއް ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށެވެ. ނަމަވެސް ބައްޕައަކީ ދުވަހަކުވެސް ނޭވާ ހިއްލުމުގެ މައްސަލައެއް ކުރިމަތިވި މީހެއް ނޫން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ހޮސްޕިޓަލުގައި އެކަށީގެންވާ ގޮތެއްގައި ޓެސްޓްތައް ހެދުމާއި ފަރުވާ ދެވޭނެ ރަނގަޅު ވަސީލަތްތައް ނެތުމުން މާލެ ގެންދިއުމުގެ ހުއްދައަށް ތަކުރާރުކޮށް ޑޮކްޓަރުގެ ކިބައިން އެދުނު ކަމަށާއި ނަމަވެސް ޑޮކްޓަރު އެކަމާ ދެކޮޅު ހަދައި، ރަނގަޅުވަމުން އަންނަ ކަމަށް ބުނި ކަމަށެވެ.

ނަމަވެސް ބައްޕަގެ ހާލަތު އިތުރަށް ދަށަށް ގޮސް ހުކުރު ދުވަހުގެ ހަވީރު އައިސީޔޫއަށް ބަދަލު ކުރިއިރު ވެސް، އިތުރަށް ގާތުން މޮނީޓަރ ކުރުމަށް އައިސީޔޫ އިން ފަރުވާ ދިނުމަށް ބަދަލުކުރީ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށް ހަސަންދީދީގެ ދަރިއަކު ބުންޏެވެ. އޭނާ ބުނީ ބައްޕަ އައިސީޔޫއަށް ބަދަލުކުރީ އީސީޖީ ހެދުމަށް ފަހު އިތުރަށް ހާލަތު ގޯސްކަމަށް ފެންނާތީކަން އެނގޭ ކަމަށާއި ރިޕޯޓައް ބެލިއިރު ބައްޕައަށް އިތުރު ސްޓްރޯކެއް ޖެހިފައިވާކަން ވެސް އެނގިފައިވާ ކަމަށެެވެ.

އޭނާ ބުނީ ތިނަދޫ ހޮސްޕިޓަލުގައި ފިޒިޝަނަކަށް ހުންނަނީ މިސްރުގެ ޑޮކްޓަރެއް ކަމަށެވެ. އާއިލާ އިން ބުނީ އާއިލާގެ ޚަރަދުގައި ބައްޕަ މާލެއަށް ގެންދިއުމުގެ ހުއްދައަށް އެދުމުން ވެސް ޑޮކްޓަރު އެކަން ކޮށްދިނުމަށް ދެކޮޅު ހެދި ކަމަށެވެ.

އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ހަސަންދީދީ މަރުވީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:30 ގައި ކަމަށް އާއިލާއިން ބުނެއެވެ.

މިކަމާ ގުޅިގެން ތިނަދޫ ހޮސްޕިޓަލްގެ އިސް އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެފަދަ ޝަކުވާއެއް ބަލަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ކަންކަން ދިމާވުމުން މީހަކު މައްސަލައެއް ހުށަނޭޅި ނަމަވެސް ހޮސްޕިޓަލުން ބަލާނެ ކަމަށެެވެ. އެގޮތުން ހަސަންދީދީ މަރުވީ ހޮސްޕިޓަލުގެ އިހުމާލުންތޯ ބަލަމުން އަންނަ ކަމަށާއި އެކަން ހެލްތު މިނިސްޓްރީއާ ވެސް ހިއްސާ ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މައްސަލަ ބެލުމަށް ފަހު ޑޮކްޓަރުގެ އިހުމާލެއް ވާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިސްރުގެ އެ ޑޮކްޓަރަކީ އޭނާއާ މެދު މީގެ ކުރިން ވެސް މިފަދަ ޝަކުވާތައް އައިސްފައިވާ އަދި ހޮސްޕިޓަލުގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާ ޑޮކްޓަރެކެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު