Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޯވިޑް-19

ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލައި ގޭގައި ނަމާދުކުރަން އަންގައިފި

18 މާރިޗު 2020 | ބުދަ 07:10

މާލެ، ހުލުމާލެ، ވިލިމާލެ ހިމެނޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 18 މާރިޗު 2020 | ބުދަ 07:10
އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު އަލީ

އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު އަލީ

މާލެ ސަރަހައްދުގެ ހުރިހާ މިސްކިތްތަކާއި ރިސޯޓުތަކުގައި، ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން އިޢުލާންކުރެއްވީ، އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ އެވެ. މިނިސްޓަރ ވިދާޅުވީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް (ނޮވެލް ކޮރޯނާ ވައިރަސް) ރާއްޖެއިންފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެލަފާގެ މަތިން، 18 މާރޗް 2020 ވާ ބުދަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން 28 މާރޗް 2020 ވާ ހޮނިހިރުދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް މާލެ، ހުޅުމާލެ، ވިލިމާލެ، އަދި ހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާތީ، އެގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވާކަމަށެވެ.

Advertisement - newsAdvertisement

އަދި ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފިނަމަ (ލޮކްޑައުން ކޮށްފިނަމަ)، އެރަށެއްގައި ވެސް އެ ޙާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް މިނިސްޓަރ ވަނީ އަންގަވާފައެވެ. މިޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި އަރަބި ބަހުންނާއި ދިވެހި ބަހުން ހުރިހާ އެންމެން ގޭގައި ނަމާދު ކުރައްވާ!" މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިދެއްވުމަށް މިނިސްޓަރ ވަނީ ދަންނަވާފައެވެ.

މިދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށްއަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް މިނިސްޓަރ ވަނީ ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރައްވާފައެވެ. އަދި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ﷲގެ ރަޙްމަތުންމާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް އުޅުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. މިއީ މިޙާލަތަށް ރިޢާޔަތްކޮށް އެޅިފައިވާ ފިޔަވަޅެއްކަމުގައިވާތީ، މި ޙާލަތު ބަދަލުވުމުން މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދުކުރުން ކުރިއަށް ގެންދިއުމަށް އަންގަވާނެކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މުސްލިމު ފިރިހެނުން ޖަމާޢަތުގައި ނަމާދުކުރުމަށް އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރު އަޅާފައިވެއެވެ. ނަމަވެސް ނަމާދު ކުރުމަށް ޖަމާޢަތަށް ޙާޟިރު ނުވެވޭފަދަ ޝަރުޢީ ޢުޛުރެއް މެދުވެރިވެއްޖެނަމަ (މިސާލަކަށް ވާރޭވެހުން ނުވަތަ ބަލިވުން ނުވަތަ އެނޫންވެސް ނުރައްކާތެރި ބަލިމަޑުކަމެއް ނުވަތަ ބަލިވެއުޅޭ މީހުން މިސްކިތައް ދިއުމުގެ ސަބަބުން އެބަލި ބޮޑުވެދާނެކަމުގެ ބިރުހީވާ މީހުން) މިސްކިތަށް ޖަމާޢަތަށް ނުގޮސް އެމީހަކު ނުވަތަ އެބަޔަކު ތިބި ތަނެއްގައި ނަމާދު ކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެކެވެ.

ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލި ނަމަވެސް، މިސްކިތްތަކައް މީހުން އަރާ ނަމާދުކުރުން މަނާކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް