Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮރޯނާވައިރަސް (ކޮވިޑް-19)

ޔޫރޯ އަންނަ އަހަރަށް ފަސްކުރަން ޔުއެފާއިން ނިންމައިފި

ކުރިން ޔޫރޯ ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖޫން 12 އިން ޖުލައި 12 އަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 މާރިޗު 2020 | އަންގާރަ 12:46
ޔޫރޯ 2020

ޔޫރޯ 2020

މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރުމަށް ޔުއެފާއިން ނިންމައިފި އެވެ.

ކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހު ފެށިގެން ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޔޫރަޕްގެ 12 ސިޓީއެއްގައެވެ.

އެކަމަކު މި މުބާރާތް ފަސްކުރަން ޔުއެފާއިން ނިންމީ ވީޑިއޯކޮންފަރެންސް މެދުވެރިކޮށް އަންގާރަ ދުވަހު ޔުއެފާގެ 55 މެމްބަރު ގައުމުންނާއި ޔޫރަޕުގެ ލީގުތަކުންނާއި ޔޫރަޕުގެ ކްލަބު އެސޯސިއޭޝަނުންނާއި ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން (ފިފްޕްރޯ) އިން މަންދޫބުން ބައިވެރިވި ބައްދަލުވުމަށްފަހު އެވެ. މި ބައްދަލުވުމަށްފަހު ޔުއެފާއިން ނިންމާފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރުގެ ހޫނު މޫސުމުގައި މުބާރާތް ބޭއްވުމަށެވެ. އެގޮތުން މިހާރު މި މުބާރާތް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޖޫން 11 އިން ޖުލައި 11 ގެ ނިޔަލަށެވެ.

ޔޫރޯ ފަސްކުރަން ޔުއެފާއިން ނިންމިއިރު، މީގެ ކުރިން ޔޫރަޕްގެ އެންމެ ބޮޑު ދެ ކްލަބު މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔޫރޮޕާ ލީގު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފަސްކޮށްފައެވެ. އެކަމަކު މި ދެ މުބާރާތް އިތުރަށް ފަސްކުރާނެ ކަމަށް ބެލެވެއެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުން ކޮރޯނާ ވައިރަސް ފެނިފައިވާއިރު، ފުޓްބޯޅައިގެ އެންމެ ނަން މަޝްހޫރު ސަރަހައްދުތަކުގެ ލީގުތައް މިހާރު ވަނީ މެދު ކަނޑާލާފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގާއި، އިޓާލިއަން ލީގާއި، ސްޕެނިޝް ލީގާއި، ފްރެންޗު ލީގުގެ އިތުރުން ޖަރުމަން ލީގުގެ މެޗުތައް ވަނީ މެދުކަނޑާލާފައެވެ.

ޔޫރޯ ފަސްކުރުމާއެކު، މެދުކަނޑާލާފައިވާ ޔޫރަޕްގެ ލީގުގެ މެޗުތައް މި ސީޒަނުގައި ކުރިއަށް ގެންދިޔުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިރު، މި ވައިރަސް ޖެހުނު މީހުންގެ އަދަދު 187،332 އަށް މިހާރު ވަނީ އަރާފައެވެ. އަދި މި ބަލީގައި 7،477 މީހުން ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު