Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ފަންނާނުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ހޯދުމުގެ މަސައްކަތްމިދަނީ ކުރަމުން: މިނިސްޓަރ ޔުމްނާ

މިނިސްޓަރ ވިދާޅުވީ ފަންނާނުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 މާރިޗު 2020 | އަންގާރަ 14:14
މިނިސްޓާރ އޮފް އަރޓްސް ، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން

މިނިސްޓާރ އޮފް އަރޓްސް ، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން

ކޮވިޑް-19 ގެ ސަބަބުން އާމްދަނީ ހޯދުމަށް ދަތިވެ ކަންބޮޑުވުން ފާޅުކުރަމުން ދާތީ ފަންނާނުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ހޯދުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިނިސްޓާރ އޮފް އަރޓްސް ، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމަށް ފަންނާނުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާކަމަށެވެ. އަދި މިދަތި އުނދަގޫ ވަގުތުގައި ފަންނާނުންގެ ކެތްތެރި ކަމަށް ވެސް ޝުކުރުދަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ މިމޭރުމުން ޓްވީޓްކުރައްވާފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ހީނަރުވެ ރިސޯޓްތަކަށް މިޔުޒިކް ކުޅެންދާ ފަރާތްތަކުން އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ކޮވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި ރާއްޖޭގެ އެއްވެސް ރިސޯޓަކަށް އަރާ ފޭބުން ދެ ހަފްތާގެ މުއްދަތަށް ވަނީ މަނާކޮށްފަ އެވެ.

އަނެއްކޮޅުން ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރެމުންދާއިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަނުން މަދުވެފަ އެވެ. އެގޮތުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ 16 މަރޗްގައި ރާއްޖެއަށް އައިސްފައިވަނީ 1609 މީހުން ކަމަށެވެ. އެވްރެޖްކޮށް މިދުވަސްވަރު ރާއްޖެއަށް 5000 ފަތުރުވެރިން ޒިޔާރަތްކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ

28 ފެބުރުއަރީ 2017
ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ
27 ފެބުރުއަރީ 2017

ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

27 ފެބުރުއަރީ 2017
ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
26 ފެބުރުއަރީ 2017

ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!

26 ފެބުރުއަރީ 2017
ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު