Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮރޯނާވައިރަސް (ކޮވިޑް-19)

ކޮރޯނާވައިރަސް ޖެހިގެން ސްޕެއިންގެ ޒުވާން ކޯޗަކު މަރުވެއްޖެ

16 މާރިޗު 2020 | ހޯމަ 17:35

މި ވައިރަސް ޖެހިގެން މަރުވެފައިވަނީ އުމުރުން 21 އަހަރުގެ ފްރެންސިސްކޯ ގާސިއާ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 މާރިޗު 2020 | ހޯމަ 17:35
ފްރެންސިސްކޯ ގާސިއާ

ފްރެންސިސްކޯ ގާސިއާ

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ސްޕެއިންގެ ޒުވާން ފުޓްބޯޅަ ކޯޗެއް ކަމަށްވާ އުމުރުން 21 އަހަރުގެ ފްރެންސިސްކޯ ގާސިއާ މަރުވެއްޖެ އެވެ.

ފްރެންސިސްކޯ ގާސިއާ އަކީ ސްޕެއިންގެ މަލާގާގެ ޔޫތު ޓީމަކަށް ކޯޗުކޮށްދެމުން އައި ކޯޗެކެވެ. ރިޕޯޓުތައް ބުނާ ގޮތުން ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ފްރެންސިސްކޯ ގާސިއާ މަރުވިއިރު، އޭގެ ކުރިން އޭނާއަށް ވަނީ ކެންސަރުވެސް ޖެހިފައެވެ. އެހެންކަމުން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވުމާއެކު އޭނާގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ.

ސްޕެއިންގެ ޔޫތު ޓީމެއްގެ ކޯޗަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، ސްޕެނިޝް ލީގުގައި ވާދަކުރަމުން އަންނަ ވެލެންސިއާގެ ފަސް ކުޅުންތެރިއަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި ސްޕެނިޝް ލީގުގެ މެޗުތައް މިހާރު ވަނީ މެދުކަނޑާލާފައިވާއިރު، ރެއާލް މެޑްރިޑްގެ ބާސްކެޓްބޯޅަ ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވުމުން، ރެއާލް މެޑްރިޑްގެ ފުޓްބޯޅަ ޓީމުވެސް މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ.

ސްޕެއިނުން މިހާތަނަށް 9،428 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، 335 މީހުން ވަނީ މިބަލީގައި މިހާތަނަށް މަރުވެފައެވެ.

ވެލެންސިއާގެ ފަސް ކުޅުންތެރިންގެ އިތުރުން އިޓާލިއަން ލީގުގެ ގިނަ ކުޅުންތެރިންތަކެއްވެސް މިހާރު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެއީ ފިއޮރެންޓީނާގެ ފޯވާޑް ޕެޓްރިކް ކުޓްރޯން އާއި ޑިފެންޑަރު ޖާމަން ޕެޒެއްލާ އާއި ފޯވާޑް ޑޫޝަން ވްލާހޮވިޗް ގެ އިތުރުން ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީ އާއި ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ އެވެ. އަދި ސަމްޕްޑޯރިއާގެ އިތުރު ކުޅުންތެރިންތަކެއްވެސް މި ވައިރަހަށް ޕޮޒިޓިވްވެފައއިވާ ކަމަށް އެޓީމުން ވަނީ ބުނެފައެވެ. އެކަމަކު އެއީ ކޮން ކުޅުންތެރިންނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އިންގްލެންޑުން މިހާތަނަށް މި ވައިރަސް ޖެހިފައިވަނީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި އަށެވެ.

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

5

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

އިތުރަށް ކިޔާލަން

21 މެއި 2017

ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި

21 މެއި 2017
ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި
24 އެޕްރީލު 2017

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި
23 އެޕްރީލު 2017

ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

23 އެޕްރީލު 2017
ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް
17 އެޕްރީލު 2017

ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ

17 އެޕްރީލު 2017
ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ
10 އެޕްރީލު 2017

ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ

10 އެޕްރީލު 2017
ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ
19 މާރިޗު 2017

ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

19 މާރިޗު 2017
ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި
17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް