ކ. މާލެ
|
16 މާރޗް 2020 | ހޯމަ 18:16
ކޮވިޑް-19 ޖެހުނު މީހަކަށް ފަރުވާދިނުމަށް މެޑިކަލް ޓީމުން މަސައްކަތް ކުރަމުންދަނީ
ކޮވިޑް-19 ޖެހުނު މީހަކަށް ފަރުވާދިނުމަށް މެޑިކަލް ޓީމުން މަސައްކަތް ކުރަމުންދަނީ
ގޫގުލް
ކޮވިޑް-19
ޗައިނާގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 10.000 އަށްވުރެ ދަށްވެއްޖެ
 
ބަލިން 67،769 މީހަކު ރަނގަޅުވެފައިވޭ
 
މިވަގުތު ކޮވިޑް-19 ޖެހިގެން ފަރުވާ ދެނީ 9،898 މީހަކަށް
 
ޗައިނާގައި ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ 80،000 އިން މަތީގައި

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮރޯނާވައިރަސް (ކޮވިޑް-19) ދުނިޔޭގެ ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، ޗައިނާއިން ބަލި ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ.

ކޮވިޑް-19 ގެ ހޯމަ ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، ހޯމަ ދުވަހު ވަނީ ޗައިނާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 10،000 އަށް ދަށްވެފަ އެވެ. ޗައިނާގެ ވޫހާން ސިޓީން ފެނުނު މިވައިރަސް މުޅި ޗައިނާއާއި ދުނިޔެ ނުރައްކަލުގެ ތެރެއަށް ވައްޓާލިއިރު، ހަމައެކަަނި ޗައިނާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އުޅެނީ 80،880 ގައެވެ.

ޗައިނާގައި ކޮވިޑް-19 ޖެހިގެން 3،213 މީހަކު މަރުވެފައިވާއިރު، މިހާރު މިބައްޔަށް ފަރުވާ ދެމުންދަނީ 9،898 މީހަކަށެވެ. އޭގެ ތެރޭގައި 3،226 މީހަކު ސީރިއަސް ހާލަތުގައި ވާކަމަށް ރިޕޯޓްތަކުން ދައްކަ އެވެ. އަދި ޗައިނާގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް 67،769 މީހަކު ފަރުވާ ދިނުމަށްފަހު ރަނގަޅުވެފައިވެއެވެ.

ވޫހާން ސިޓީގައި މި ވައިރަސް ފެތުރުމާއެކު، ހޫބޭ ޕްރޮވިސް ލޮކްޑައުން ކޮށްފައިވެއެވެ. އަދި ޗައިނާގެ ސަރުކާރުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅައި، ކޮވިޑް-19 ޖެހޭ މީހުން މަދުކުރުމަށާއި ބަލި ޖެހޭ މީހުން ރަނގަޅުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފަ އެވެ.

ޗައިނާގެ ހާލަތު ވަރަށް ބޮޑުތަން ރަނގަޅުވަމުންދާއިރު، ޔޫރަޕްގެ ބައެއް ގައުމުތަކަށް ކޮވިޑް-19ގެ ނުރައްކާ ވަނީ އިންތިހާއަށް ފޯރާފަ އެވެ. އެގޮތުން އިޓަލީ ހާލަތު ވަނީ ވަރަށް ބިޑަށް ދަށަށްގޮސްފަ އެވެ. އިޓާލީގެ ހާލަތަށް ބަލާއިރު، އިޓަލީގައި ހޯމަ ދުވަހާހަމައަށް 20،603 މީހަކަށް ކޮވިޑް-19 ޖެހިގެން ފަރުވާދެމުން އެބަދެ އެވެ. އަދި އިޓަލީގައި މިހާތަނަށް ކޮވިޑް-19 އަށް 24،747 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑް-19 ޖެހިގެން އިޓަލީގައި 1809 މީހަކު މަރުވެފައިވާއިރު، މިބަލި ޖެހުމަށްފަހު 2335 މީހަކު ރަނގަޅުވެފައިވެއެވެ. އިޓަލީގައި މިވަގުތު ކޮވިޑް-19 ޖެހިގެން ސީރިއަސް ހާލަތެއްގައި ވަނީ 1672 މީހެކެވެ.

އިޓަލީގެ އިތުރުން ޔޫރަޕްގެ އެހެން ބައެއް ގައުމުތައް ކަމަށްވާ، ޖާރމަން، ސްޕެއިން އަދި ފްރާންސްފަދަ ގައުމުތަކުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދެއެވެ. އެގައުމުތަކުން އަންނަނީ އެބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަމުންނެވެ. މީގެއިތުރުން އިރާނާއި ސައުތު ކޮރެއާގައިވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދެއެވެ.

ޗައިނާއިން މިހާރު ގެންދަނީ ބައެއް ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިޓަލީއަށް މެޑިކަލް ޓީމަކާއެކު ވަސީލަތްތައް މިހާރު ވަނީ ފޯރުކޮށްދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
14%
86%
0%
0%
0%
0%
ކޮމެންޓް