Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޑިޔުކޭޝަން މިނިސްޓްރީ

އެޑިޔުކޭޝަން މިނިސްޓްރީން ޓެލެ ކްލާސް ޕްރޮގްރާމް ފަށައިފި

15 މާރިޗު 2020 | އާދީއްތަ 08:37

މިއީ ގްރޭޑް 10 އަދި އޭ.އެސް ލެވެލްގެ ދަރިވަރުންނަށް ޚާއްސަ ޕްރޮގްރާމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 15 މާރިޗު 2020 | އާދީއްތަ 08:37
އެޑިޔުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ

އެޑިޔުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ

އެޑިޔުކޭޝަން މިނިސްޓްރީން ޕީއެސްއެމްގެ ޔެސް ޗެނަލްގެ މެދުވެރިކޮށް ޓެލެ ކްލާސް ޕްރޮގްރާމް ފަށައިފިއެވެ.

އާދިއްތަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ޕީއެސްއެމްގެ ޔެސް ޗެނަލް މެދުވެރިކޮށް އާދިއްތަ ދުވަހު ފެށި ޓެލެ ކްލާސް ޕްރޮގްރާމަކީ ގްރޭޑް 10 ގެ ކުދިންނަށާއި އޭ.އެސް ލެވެލް އިމްތިހާންގައި ބައިވެރިވާ ދަރިވަރުންނަށް ޚާއްސަ ޕްރޮގްރާމެއް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު އައިޝަތު ވިދާޅުވީ ކުދިންނަށް ގްރޭޑް 10ގެ ކުދިންގެ ކްލާސްތައް ފަށާފައިވާއިރު، މާދަމާ ގްރޭޑް 11 ގެ ކުދިންގެ ކްލާސްތައް ފެށޭނެ ކަމަށެވެ.

މިނިސްޓަރު އައިޝަތު ވިދާޅުވީ މިޕްރޮގްރާމްގެ ޒަރިއްޔާއިން ދަރިވަރުންނަށް ހުރިހާ ފިލާވަޅެއް ނަގާދެވޭނެ ކަމަށާއި، އެދުވަހެއްގެ ޓައިމް ޓޭބަލް ޓްވީޓަރ އާއި ފޭސްބުކްގެ އިތުރުން އެކި ވާސީލަތައް މެދުވެރިކޮށް ސްކޫލުތަކުން އޭގެ މައުލޫމާތު ބެލެނިވެރިންނާ ހިއްސާކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް ކްލާސްތައް ކުރިއަށްދާއިރު، ދަރިވަރުންނަށް ސުވާލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ދަރިވަރުންނަށް ޓީޗަރުންނާއެކު އިންޓަރެކްޓް ސެޝަންތައް ކުރިއަށްގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރިކޯޑްކުރެވިގެން ކުރިއަށްގެންދާ މިކްލާސްތައް ޔޫޓިއުބް، ފޭސްބުކް އަދި ޕޯޓަލް މެދުވެރިކޮށް ވެސް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތައް އިތުރު ހަފްތާއަކަށް ނުވަތަ މިހާލަތު އިތުރަށް ދަމަހައްޓަންޖެހިއްޖެ ހާލަތެއްގައި އެހެން ގްރޭޑްތަކުގެ ދަރިވަރުންނަށް ފިލާވަޅު ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އަދި ދަރިވަރުންނަށް ކިޔަވައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ސްކީމެއް ތައްޔާރުކުރުމުގެ މަސައްކަތް ޓީޗަރުން ކުރަމުންދާ ކަމަށެވެ. އަދި އިތުރު ހަފްތާއަކަށް ބަންދުކުރާ ކަމަށްވާނަމަ މިހާރު ތައްޔާރުކުރާ ސްކީމުން އެހެން ގްރޭޑްތަކުގެ ދަރިވަރުންނަށް ވެސް ފިލާވަޅުތައް ނަގައިދެވޭނެ ކޮންމެވެސް އިންތިޒާމެއް ހަމަޖައްސާ، ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

22 މާރިޗު 2017

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
08 މާރިޗު 2017

މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ

08 މާރިޗު 2017
މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ
28 ފެބުރުއަރީ 2017

ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި

28 ފެބުރުއަރީ 2017
ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް