Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

އެޗްޕީއޭއިން ނިންމުންތައް ނިންމަމުން ދަނީ ބަލި އިތުރަށް ފެތުރަނަ ނުދިނުމަށް: މަބްރޫކް

14 މާރިޗު 2020 | ހޮނިހިރު 17:02

ރިސޯޓަކަށް ގޮސްފި ނަމަ 14 ދުވަހު އެތަނެއްގައި މަޑުކުރަން ޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 މާރިޗު 2020 | ހޮނިހިރު 17:02
ކޮވިޑް-19 ގެ ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު

ކޮވިޑް-19 ގެ ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގުމެއް އެންގުމުގެ ބޭނުމަކީ އެއްރަށުން އަނެއް ރަށަށް ބަލިފެތުރުން ހުއްޓުވުން ކަމަށާއި، އެގޮތަށް އަމަލު ނުކުރާނަމަ އިތުރު ނިންމުންތައް ނިންމާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކޮވިޑް-19 ގެ ޓާސްކްފޯސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އެޗްޕީއޭއިން ނިންމާ ނިންމުމުގެ ބޭނުކަމީ ބަލި ފެތުރުން ހުއްޓުވުން ނުވަތަ ވީ އެންމެ ބޮޑަކަށް މަދުކުރެއްވުން ކަމަށެވެ. އަދި މި ވިސްނުމުގެ ދަށުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިސްނާފައި ހުރީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ މީހުންގެ އަދަދު މަދުކުރުމާއި އިންޑެކްސް ކޭސްތައް އެއްރަށުން އަނެއް ރަށަށް ނުދާ ކަމުގައިވާނަމަ މި ބަލި ފެތުރުން ހުއްޓުވުން ފަސޭހަވާނެތީ ކަމަށެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން އަންގާފައިވާ އެންގުންތަކުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މުއްދަތުގެ ތެރޭގައި ވަޒީފާ އަދާކުރުމަށް ރިޒޯޓަށް ދެވިދާނެކަމަށާއި، ނަމަވެސް އެހެން ދެ މުވައްޒަފުންވެސް ހިމެނޭގޮތަށް އެއްވެސް މުވައްޒަފަކަށް މި މުއްދަތުގެ ތެރޭގައި ރިޒޯޓުން ފޭބުމުގެ ހުއްދައެއް ނެތްކަމަށެވެ. ނަމަވެސް ފަތުރުވެރިން ފުރަން އެއަރޕޯޓްއަށް ގެންދަންޖެހޭ ހާލަތުގައި އެކަމަށް ދާ މުވައްޒަފުން ފަތުރުވެރިން ފުރުވާލުމަށްފަހު، އަނބުރާ ރިޒޯޓަށް އަންނަގޮތަށް، މި މުވައްޒަފުން ރިޒޯޓުން ފޭބުމުގެ ހުއްދަ އޮންނާނެ ކަމަށާއި، މި ފަރާތްތައް ދަތުރުކުރަމުންދާ ގޮތުގެ މަޢުލޫމާތު ރިޒޯޓުތަކުން ބެލެހެއްޓެވުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން ރިޒޯޓުތަކަށް މުދާ އުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރައްވާ ފަރާތްތަކުން ރިޒޯޓަށް މުދާ ފޯރުކޮށްދިނުމަށް ޖެޓީއާ ހިސާބަށް ދެވިދާނެކަމަށާއި، ނަމަވެސް މި ފަރާތްތައްވެސް ރިޒޯޓަށް އެތެރެވެފައިވާނަމަ، އެ ފަރާތްތައްވެސް މި މުއްދަތުގެ ތެރޭގައި ރިޒޯޓުން ފޭބުމުގެ ހުއްދައެއް ނެތްކަމަށް އެޗްޕީއޭގެ ނިންމުމުގައިވެއެވެ.

ހަމަ މިއާއެކު އެއް ރިޒޯޓުން އަނެއް ރިޒޯޓަށް އެއްވެސް މުވައްޒަފަކަށް އަދި އެއްވެސް ފަތުރުވެރިއަކަށް މި މުއްދަތުގެ ތެރޭގައި ނުދެވޭނެކަމަށްވެސް އެޗްޕީއޭގެ ނިންމުމުގައި ބުނެފައިއެވެ. މީގެ އިތުރުން ރާއްޖެ އަންނަ ފަތުރުވެރިން އަންނަ އިރު ބުކިން ހަދާފައިވާ ރަށް ނޫން އެހެން ރަށަކަށް ނުދެވޭނެ ކަމަށާއި، އެއްރިސޯޓުން އަނެއް ރިސޯޓަށް ނުވަތަ ރަށަކަށް ވެސް ފަތުރުވެރިންނަށް ނުދެވޭނެ ކަމަށް ވެސް ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް