Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ކޮވިޑް-19: 14 ދުވަހުގެ މުއްދަތަށް ރިސޯޓުތަކުން ރަށްރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގައިފި

14 މާރިޗު 2020 | ހޮނިހިރު 09:17

ދަތުރުކުރުން ހުއްޓާލަން އެންގީ 14 ދުވަހަށް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 14 މާރިޗު 2020 | ހޮނިހިރު 09:17
ރިސޯޓު

ރިސޯޓު

މިއަދު 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ރިސޯޓުތަކުން ރަށްރަށަށް ދަތުރުކުރުން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭ އިން ހޮނިހިރު ދުވަހު އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އާންމު ސިއްހީ ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ގާނޫނުގެ ދަށުން ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުމާއި، ރާއްޖޭގެ އެހެން ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން ހޮނިހިރު ދުވަހުގެ ހަޔަކުން ފެށިގެން 14 ދުވަހުގެ މުއްދަތަަށް ހުއްޓާލުމަށް އަންގާ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަަށަށް ދިޔުން މަނާކޮށްފައިވާއިރު، ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިޔުމަށްޓަކައި ސަރުކާރުން ދަނީ މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ. ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 10 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެ ހުރިހާ އެންމެންނަކީވެސް ބިދޭސީންނެވެ. ކޮރޮނާވައިރަހަށް ޕޮޒިޓިވްވި މީހުންނަކީ ތަފާތު ހަތަރު ރިސޯޓަކުން ޕޮޒިޓިވްވި މީހުންނެވެ. ރާއްޖެއިން އެންމެ ފުރަތަމަ އެ ބަލި ފެނިފައިވަނީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ޅ. އަތޮޅުގައި ހިންގަމުން އަންނަ ކުރެއްދޫ އައިލެންޑް ރިސޯޓްސް އެންޑް ސްޕާއިންނެވެ.

އެ ރިސޯޓުގައި ކޮވިޑް-19 ފެތުރިފައިވަނީ ޗުއްޓީ ހޭދަކުރަން ދިޔަ އިޓަލީގެ ދެ ފަތުރުވެރިންގެ ފަރާތުންނެވެ. އެމީހުން އެ ބައްޔަށް ޕޮޒިޓިވްކަން ރިސޯޓަށް އަންގާފައިވަނީ އެނބުރި އިޓަލީ އަށް ދިޔުމަށް ފަހުއެވެ. އެއާއި އެކު އެ ރިސޯޓުން މިހާތަނަށް ތިން މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އިޓަލީގެ ދެ ފަތުރުވެރިން ބަލިވެ ހުއްޓާ ރާއްޖެއިން ފުރުވަލުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ބަލައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ވަނީ ފުުލުހަށް އަމުރުކޮށްފައެވެ. އަދި ފުލުހުން ދަނީ މިހާރު އެ މައްސަލަ ބަލަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

07 މާރިޗު 2017

ޒައިދުލް އަމީންގެ ބަންދުގެ މުއްދަތަށް އިތުރު 13 ދުވަސް ޖަހައިފި

07 މާރިޗު 2017
ޒައިދުލް އަމީންގެ ބަންދުގެ މުއްދަތަށް އިތުރު 13 ދުވަސް ޖަހައިފި
27 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި

27 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި
26 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!
23 ފެބުރުއަރީ 2017

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ
14 ފެބުރުއަރީ 2017

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް