Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19

ކޮވިޑް-19: މަނީލާގައި ތިބި ދިވެހި ދަރިވަރުން އެކަތިގަނޑަކަށްވެ އެ ކުރާ ހިތްވަރަށް ސާބަސް!

ދަނޑިވަޅުގެ ނާޒުކުކަން ގިނަ ކުދިންނަށް ވިސްނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 މާރިޗު 2020 | ހޮނިހިރު 12:02
މަނީލާގައި ގިނަ ދިވެހި ދަރިވަރުން އުޅޭ ސަރަޙައްދެއް ކަމަށްވާ ސިޓީ ހޯލް

މަނީލާގައި ގިނަ ދިވެހި ދަރިވަރުން އުޅޭ ސަރަޙައްދެއް ކަމަށްވާ ސިޓީ ހޯލް

ކޮވިޑް-19 ގެ ބިރުވެރިކަން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ހުރިހާ ޤައުމަކުންވެސް މަސައްކަތް ކުރަމުންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ވައިރަސްއިން ސަލާމަތްވާނެ މަގެއް ހޯދުމަށެވެ. ރާއްޖެއިންވެސް މަސައްކަތް ކުރަމުންދަނީ އެކި ޤައުމުތަކާއި ގުޅިގެން، ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރުމަށެވެ.

އެކި ޤައުމުތަކުގައި ގިނަ ދިވެހިން ވެސް އުޅެމުންދާއިރު، ބުރާސްފަތި ދުވަހުގެ ހަވީރު އިވިގެންދިޔަ ޚަބަރަކީ ކޮވިޑް-19 ގެ ބިރުވެރިކަން ފެތުރި، ފިލިޕީންސްގެ މަނީލާ ލޮކްޑައުން ކުރި ޚަބަރެވެ. އެއާއެކު ގިނަ ބައެއްގެ ހިތްތަކުގައި އުފެދިގެން ދިޔަ ސުވާލަކީ މަނީލާގައި ދިރިއުޅެމުންދާ އެތަކެއް ދިވެހި ދަރިވަރުންނެއްގެ ޙާލަކީ ކޮބައިބާއެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުން މަނީލާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރެއް ބުނީ، މަނީލާގައި 100 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދާއިރު، އޭގެ ތެރޭގައިވެސް ގިނައީ ސިއްޙީ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރަމުންދާ ކުދިން ކަމަށެވެ. އެގޮތުން ގިނަ ދިވެހި ދަރިވަރުން ދިރިއުޅެމުންދަނީ މަނީލާގެ ސިޓީ ހޯލް ކައިރީގައިކަން ބަޔާންކޮށް، އެތަނުގައި އުޅެމުންދާ ބައެއް ދަރިވަރުން ވަނީ އެތަނުގެ ޙާލަތު 'ރާއްޖެއެމްވީ"އަށް ކިޔާދީފައެވެ.

މި ދަނޑިވަޅުގައި އެންމެ ބޮޑު ހާސްކަމެއްގެ ތެރޭގައި އުޅޭނީ ސިއްޙީ ދާއިރާގެ މަތީފަޑީގައި މަސައްކަތްކުރާ ސިއްޙީ އެހީތެރިންކަން ޔަޤީނެވެ. މުޅި ދުނިޔެއަށް ބަލާލި ކަމުގައިވިޔަސް މި ދަނޑިވަޅުގައި އެންމެ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އުޅޭނީ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކެވެ. އެގޮތުން މަނީލާގައި ގިނަ ދަރިވަރުންތަކެއް މެޑިސިން ދާއިރާއިން ތައުލީމު ހާސިލުކުރަމުންދާއިރު، ގިނަ ދަރިވަރުން ދަނީ މި ޙާލަތުގެ ނާޒުކުކަން ވިސްނި، ހިތްވަރާއެކު އެކަމާ ކުރިމަތިލަމުންނެވެ.

މަނީލާގައި ތިބި ދިވެހި ދަރިވަރުންވެސް ދަނީ ކުރީބައިގައި އަމިއްލަ ފަރުދީ ޒިންމާ އަދާކޮށް، ތައްޔާރީ ފިޔަވަޅުތައް އަޅަމުންނެވެ. ހުރި ކަންބޮޑުވުންތަކާއެކުވެސް އަމިއްލައަށް އެޅެންހުރި މުހިއްމު ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އެގޮތުން މަނީލާގެ ސުޕަމާކެޓުތައް ފުރި ތޮއްޖެހެމުންދާ މި ދަނޑިވަޅުގައި ބޭރަށް ނުކުމެ އުޅުން ރައްކާތެރިނުވާނެތީ ހުރިހާ ދަރިވަރުން ދަނީ އެކަމަށް ސަމާލުވެ ތައްޔާރުވަމުންނެވެ.

އެގޮތުން ގޭތެރޭ ސާމާނާއި، ކެއްކުމަށް ބޭނުންވާ ސާމާނު ގިނަ ކުދިން ވަނީ މަހަކަށްވާވަރަށް ގޭގައި ރައްކާކޮށްފައެވެ. އަމިއްލަ ޤައުމު ނޫން ތަނެއްގައި ދިރިއުޅެމުންދާތީ ކޮންމެ ޙާލަތަކަށްވެސް ތައްޔާރުވެ ތިބުމުގެ ގޮތުންނެވެ.

މަނީލާގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން އެނބުރި ރާއްޖެ އަންނަން ބޭނުންވާއިރު، އެ ދަރިވަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދިވެހި ދަރިވަރުންނަށް ހެލްތު އިންޝުއަރެންސް ނެތުމާއި، ކުޑަކޮށް ބަލިވިޔަސް ޑޮކްޓަރަށް ދައްކަން ދާ ޚަރަދު ބޮޑުކަމެވެ. އެއާއެކު މިފަދަ ހައްސާސް ދަނޑިވަޅެއްގައި ބަލިވެއްޖެނަމަ ދާނެ ޚަރަދަކީ ގިނަ ދަރިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

އޭގެ އިތުރުން، މާސްކު ނުލިބުމުގެ ދަތިކަމަކީވެސް އެކުދިން ފާހަގަކުރާ ކަންބޮޑުވުމެކެވެ. އޭގެ ތެރެއިން ބައެއް ކުދިން އެނބުރި ޤައުމަށް އަންނަން ބޭނުންވާ މައިގަނޑު ސަބަބަކީވެސް އެއީއެވެ.

މި ކަންބޮޑުވުންތަކާއެކުވެސް މަނީލާގައި ތިބި ދިވެހި ދަރިވަރުން ތިބީ ހިތްވަރާއެކު މި ޙާލަތުގެ ނާޒުކުކަން އެނގި، އެކަމަށް ތައްޔާރުވެގެންނެވެ. އޭގެ ތެރެއިން ބައެއް ކުދިން އެނބުރި ޤައުމަށް އައުމަށް މަސައްކަތް ކުރި ނަމަވެސް އެންމެންވެސް މި ދަނޑިވަޅުގެ ހައްސާސްކަން ޤަބޫލު ކުރެއެވެ. އެގޮތުން ފިލިޕީންސްގައި މި ވައިރަސް ފެތުރި މަރުވި މީހުންގެ ނިސްބަތްވެސް އިތުރުވަމުންދާއިރު، ފިލިޕީންސްގެ މަނީލާގައި ތިބި ދިވެހި ދަރިވަރުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހެއެވެ. އެކުދިންގެ ހިތްވަރަށް ސާބަސްދޭ ވަރު ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް

ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް

26 މާރިޗު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު