Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީސީ/ޕީޕީއެމް-ޕީއެންސީ ކޯލިޝަން

އަބްދުއްރަހީމް އެހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅު: އަކްރަމް

13 މާރިޗު 2020 | ހުކުރު 12:30

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގައި ސިޔާސީ ޕާޓީތަކުގެ އިސްވެރިން ހިމެނޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 މާރިޗު 2020 | ހުކުރު 12:30
ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ދުނިޔޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)އާ ގުޅިގެން އަދި ރާއްޖޭގައިވެސް ކޮރޯނާވައިރަސް އުޅޭތީ، އިންތިހާބު ފަސްކުރަން ނިންމިއިރު، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާ މަޝްވަރާ ނުކުރައްވާކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އެހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަދި އެކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކްރަމް ހުކުރު ދުވަހު "ރާއްޖެއެމްވީ" އަށް ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު އޭޕްރީލް މަހުގެ 18 އަށް ފަސްކުރަން ނިންމާފައިވަނީ އެލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބާ ގުޅޭ ގައުމީ ލަފާދޭ ކޮމެޓީގެ ލަފާގެ މަތިން އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

Advertisement - newsAdvertisement

އަކްރަމް ވިދާޅުވީ އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީއެކުލަވާލާފައިވާނީ ސިޔާސީ ޕާޓީތަކާއި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކާއި އަދި މަދަނީ ބައެއް ޖަމިއްޔާތަށް ހިމެނޭ ގޮތަށް ކަމަށެވެ. އެގޮތުން ޕީޕީއެމާއި ޕީއެންސީގެ އިސްވެރިންވެސް އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުންތަކުގައި ޕީޕީއެމާއި ޕީއެންސީންވެސް ބައިވެރިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އިންތިހާބު ފަސްކުރުމުގެ ކުރިން ޕީޕީއެމް-ޕީއެންސީ އާ މަޝަވަރާ ނުކުރައްވާތޯ، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމާއި ޕީއެންސީއާއެކު އިލެކްޝަންސް ކޮމިޝަނުން މަޝްވަރާ ކޮށްފައި ނުވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީ އިންތިހާބަށް ތައްޔާރުވުމާއެކު އެކުލަވާލާފަ އެވެ. އަދި ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުންތައް މީޑިއާތަކަށް ހުޅުވާލައިގެން، ޓީވީން ލައިވް ކުރުމުގެ ފުރުސަތުވެސް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައި ވެއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ކޮވިޑް-19 އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ރާއްޖޭގައި ބުރާސްފަތި ދުވަހު އިއުލާން ކުރި ސިއްހީ ނުރައްކަލުގެ ހާލަތާ ގުޅިގެން ކައުންސިލްތަކުގެ އިންތިޚާބު ފަސްކޮށްފައިވާއިރު، އެކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަމަލުކުރީ ރަނގަޅަށް ނޫން ކަމަށެވެ.

އަންނަ މަހުގެ 18 އަށް އިންތިހާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުން މިހާލަތުގައި ކެމްޕެއިން ކުރުމުގެ ފުރުސަތު ނެތް ކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ކުރިން ނިންމާފައިވާ އިންތިޚާބު މިހާރު ވަނީ އެ މަހުގެ 18 އަށް ފަސްކޮށްފަ އެވެ. ގާނޫނު ބުނާގޮތުން މިހާރު މި ހިނގާ ކައުންސިލްތަކުގެ ދައުރު ހަމަ ވުމުގެ އެއްމަސް ދުވަސް ކުރިން އިންތިޚާބު ބާއްވަން ޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އެކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން އިންތިހާބު ފަސްކުރެވޭނެ އެންމެ ފަހު ތާރީހަކީ އޭޕްރީލް މަހުގެ 18 ކަމަށެވެ.

ގާނޫނުގައި ބުނާ މުއްދަތުގައި އިންތިހާބު ނުބޭއްވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އިންތިހާބު ފަސްކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ނެވެ.

އިލެކްޝަންސް ކޮމިޝަނުންބުނީ އިންތިހާބު ބޭއްވުމަށް މިހާރު ވަރަށް ގިނަ ޚަރަދުތަކެއް ކުރެވިފައިވާއިރު، އިތުރަށް އިންތިހާބު ފަސްކުރާނަމަ އިތުރު 25 މިލިއަން ރުފިޔާ އިންތިހާބު ބޭއްވުމަށް ބޭނުންވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

24 ޖޫން 2017

އެކްސިޑެންޓެއްގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަކްރަމް އަށް އަނިޔާވެއްޖެ

24 ޖޫން 2017
އެކްސިޑެންޓެއްގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަކްރަމް އަށް އަނިޔާވެއްޖެ
16 ޖޫން 2017

ރައީސް މައުމޫނަށް އަމާޒު ކޮށް އަބްދުއްރަހީމް އެއްލެވި ގާގަނޑު އަނބުރާ އައިކޮޅަށް ޔުމްނާ ފޮނުއްވާލައްވައިފި!

16 ޖޫން 2017
ރައީސް މައުމޫނަށް އަމާޒު ކޮށް އަބްދުއްރަހީމް އެއްލެވި ގާގަނޑު އަނބުރާ އައިކޮޅަށް ޔުމްނާ ފޮނުއްވާލައްވައިފި!
16 މެއި 2017

ކުރިނބީ ވޯޓު ފޮށި ތިން ފަހަރު ނުގުނަން: އަކްރަމް

16 މެއި 2017
ކުރިނބީ ވޯޓު ފޮށި ތިން ފަހަރު ނުގުނަން: އަކްރަމް
15 މެއި 2017

ފުލުހުން ވަނީ ކަނޑައެޅިގެން ދޮގު ހަދާފައި. ޤާސިމްގެ މައްޗަށް ކުރި ޝަރުތުތައް ބާތިލް ކުރުން އެދެން:ވަކީލުން

15 މެއި 2017
ފުލުހުން ވަނީ ކަނޑައެޅިގެން ދޮގު ހަދާފައި. ޤާސިމްގެ މައްޗަށް ކުރި ޝަރުތުތައް ބާތިލް ކުރުން އެދެން:ވަކީލުން
13 މެއި 2017

އަބްދުއްރަހީމް ކުރީގެ ދެ ރައީސުންނަށް ވަރުގަދަ ރައްދެއް

13 މެއި 2017
އަބްދުއްރަހީމް ކުރީގެ ދެ ރައީސުންނަށް ވަރުގަދަ ރައްދެއް
05 މެއި 2017

ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުތުބާގައި ގޮވާލައްވައިފި

05 މެއި 2017
ކަނޑައެޅިގެން އެނގިތިބެ ތެލެސީމިއާ ދެ ކެރިއަރުން ކައިވެނި ނުކުރުމަށް ހުތުބާގައި ގޮވާލައްވައިފި
12 އެޕްރީލު 2017

ޖޫރިމަނާ ކުރަނީ ރާއްޖެޓީވީގެ މަސައްކަތައް ކަނޑައެޅިގެން ހުރަސްއެޅުމަށް: އެމްޑީއެން

12 އެޕްރީލު 2017
ޖޫރިމަނާ ކުރަނީ ރާއްޖެޓީވީގެ މަސައްކަތައް ކަނޑައެޅިގެން ހުރަސްއެޅުމަށް: އެމްޑީއެން
20 މާރިޗު 2017

ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި

20 މާރިޗު 2017
ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް