Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަން ލިވަޕޫލް ކަޓުވާލައި އެތުލެޓިކޯ ކުއާޓާއަށް

ދެވަނަ ލެގުގެ މެޗުގައި ލިވަޕޫލް އަތުން އެތުލެޓިކޯ މޮޅުވީ 3-2 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 މާރިޗު 2020 | ބުދަ 23:24
ލިވަޕޫލް އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން

ލިވަޕޫލް އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށް، ކުއާޓާ ފައިނަލުން އެތުލެޓިކޯ މެޑްރިޑް ޖާގަ ހޯދައިފި އެވެ.

ދެވަނަ ލެގުގައި ބުދަ ދުވަހުގެރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުން އެތުލެޓިކޯ ވަނީ 3-2 އިން ލިވަޕޫލް ބަލިކޮށްފައެވެ. އަދި އެތުލެޓިކޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން އެޓީމު ވަނީ ލިވަޕޫލްގެ މައްޗަށް 1-0 އިން ކުރިހޯދާފައެވެ. އެހެންކަމުން އެގްރިގޭޓުން އެތުލެޓިކޯއަށް ކުރިލިބުނީ 4-2 ގެ ނަތީޖާއަކުންނެވެ.

ބުދަ ދުވަހުގެރޭގެ މެޗުގައި ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުން ވަނީ ފުރަތަމަ ހާފުގައި އެތުލެޓިކޯގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ޖޯޖީނިއޯ ވައިނަލްޑަމް އާއި އެލެކްސް އޮކްސެލޭޑް-ޗެމްބަލެއިން ފޮނުވާލި ހަމަލާތައް އެތުލެޓިކޯގެ ގޯލްކީޕަރު ޖެން އޮބްލަކް ވަނީ މަތަކޮށްފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. ޗެމްބަލެއިން ނަގައިދިން ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ވައިނަލްޑަމް އެވެ.

ދެވަނަ ހާފުގައިވެސް ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ލީޑު ފުޅާކުރުމަށް އެންމެ ހުސް ފުރުސަތެއް ލިބިގެންދިޔައީ ޑިފެންޑަރު އެންޑީ ރޮބަޓްސަން އަށެވެ. އެކަމަކު އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވިއިރު، އެގްރިގޭޓުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ.

އެކަމަކު އޭގެ ތިން މިނެޓު ފަހުން ލިވަޕޫލްގެ ގޯލްކީޕަރު އެޑްރިއަން ހެދި ގޯހެއްގެ ފައިދާ ނަގައި މާކޮސް ލޮރެންޓޭ ވަނީ އެތުލެޓިކޯއަށް ފަރަގު ކުޑަކޮށްދީ، އެގްރިގޭޓުން އެޓީމަށް ކުރިހޯދައިދީފައެވެ. އަދި މި ހާފުގެ ފަހު މިނެޓުގައި ލޮރެންޓޭ ވަނީ އެތުލެޓިކޯއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގައި އެތުލެޓިކޯއަށް ލީޑު ނަގައިދިނީ ފަހު ހާފުގެ ފަހު މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަލްވާރޯ މޮރާޓާ އެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުން އެޓީމު ބަލިވިއިރު، މިއީ އަމިއްލަ ދަނޑުގައި ލިވަޕޫލުން އެންމެ ފަހުން ކުޅުނު 43 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު