Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19: ސްކޫލް ހުޅުވުން

ހަފްތާއަކަށް ސްކޫލް ހުޅުވުން ލަސްކޮށްފި

ސްކޫލް ދެން ހުޅުވޭނީ މާޗް 22 ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 މާރިޗު 2020 | ބުދަ 16:23
ކުލާހެއްގައި ޓީޗަރަކު ފިލާވަޅު ނަންގަވައިދެއްވަނީ: ފުރަތަމަ ޓާމްގެ މިޑްޓާމް ހޮލިޑޭއަށްފަހު ހަފްތާއަކަށް ސްކޫލް ނުހުޅުވަން ވަނީ ނިންމާފައި

ކުލާހެއްގައި ޓީޗަރަކު ފިލާވަޅު ނަންގަވައިދެއްވަނީ: ފުރަތަމަ ޓާމްގެ މިޑްޓާމް ހޮލިޑޭއަށްފަހު ހަފްތާއަކަށް ސްކޫލް ނުހުޅުވަން ވަނީ ނިންމާފައި

ފުރަތަމަ ޓާމްގެ މިޑްޓާމް ހޮލިޑޭއަށްފަހު އިތުރު ހަފްތާއަކަށް ސްކޫލްތައް ނުހުޅުވާ ލަސްކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ގެ ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ސްކޫލްތައް ޗުއްޓީއަށްފަހު ހަފްތާއަކަށް ސްކޫލްތަށް ނުހުޅުވާ ގޮތަށް މިހާރު ނިންމި ނަމަވެސް، އެ ހާލަތު ރިވައިސް ކުރުމަށްފަހު އެ ނިންމުމަށް ބަދަލުތައް އަންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ހާލަތު ރިވައިސްކޮށް ރާއްޖޭގެ ހާލަތަށް ބަދަލު އަންނަމުންދާ ވަރަކަށް އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

މަބްރޫކް ވިދާޅުވީ އެއްވެސް ކަމެއް ކުރުމަށް ފަސްޖެހުމެއް ނެތްކަމަށާއި، ރައްޔިތުންގެ ރައްކާތެރިކަމާއި ދަރިވަރުންގެ ރައްކާތެރިކަމަށް ބަލާފައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަށް އަރުވާ ކަމަށެވެ.

ފުރަތަމަ ޓާމްގެ މިޑްޓާމް ހޮލިޑޭ ފެށުނީ މި ހިނގަމުންދާ މާޗް މަހުގެ 8 ވަނަ ދުވަހުއެވެ. އަދި 15 ވާ އާދީއްތަ ދުވަހު އަލުން ސްކޫލްތައް ހުޅުވޭގޮތަށް މިއަހަރުގެ އެކަޑަމިކް ކަލަންޑަރުގައި ވަނީ ހަމަޖައްސާފައެވެ. ނަމަވެސް ސަރުކާރުގެ ނިންމުމާއެކު ދެން ސްކޫލްތައް ހުޅުވޭނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް ހާލަތަށް ބަލާފައި މި ނިންމުން ބަދަލުވެދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ސްކޫލްތައް ހަފްތާއަކަށް ބަންދު ކުރުމަށް ނިންމާފައިވާއިރު، މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއި ބައެއް ޑޮކްޓަރުން ވެސް ދިޔައީ ސްކޫލްތައް މި ދުވަސްވަރު ބަންދު ކުރުމަށް ގޮވާލަމުންނެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ

23 މާރިޗު 2017
ސްކޫލްތަކުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭނެ: މިނިސްޓްރީ
16 މާރިޗު 2017

ސްކޫލްތައް ބަންދު ކުރުމަށް ފަހު ޑާންސް ޕްރެކްސްޓިސް ކުރިއަށް ގެންދާ ކަމެއް ހެލްތަކަށް ނޭނގޭ!

16 މާރިޗު 2017
ސްކޫލްތައް ބަންދު ކުރުމަށް ފަހު ޑާންސް ޕްރެކްސްޓިސް ކުރިއަށް ގެންދާ ކަމެއް ހެލްތަކަށް ނޭނގޭ!
14 މާރިޗު 2017

ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!

14 މާރިޗު 2017
ސްކޫލްތައް ބަންދު، އެކަމަކު ސައުދީ ރަސްގެފާނަށް ދެއްކުމަށް ނެށުން ކުރިއަށް!
14 މާރިޗު 2017

ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު

14 މާރިޗު 2017
ސްވައިން ފްލޫގައި އެކަކު މަރުވެ، ބައްޔަށް 51 މީހުން ޕޮޒިޓިވް ވުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދު
12 މާރިޗު 2017

ކެމްޕެއިންގައި ސްކޫލް ކުދިން ބައިވެރިކުރި މައްސަލަ ކަމާބެހޭ ހުރިހާ އިދާރާތަކަށް!

12 މާރިޗު 2017
ކެމްޕެއިންގައި ސްކޫލް ކުދިން ބައިވެރިކުރި މައްސަލަ ކަމާބެހޭ ހުރިހާ އިދާރާތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު