Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19

ކޮވިޑް:19 ޗައިނާގައި ވައިރަސް އޮތީ ކޮންޓްރޯލް ކުރެވޭ ޙާލަތެއްގައި ކަމަށް އެޤައުމުގެ ރައީސް ވިދާޅުވެއްޖެ

ވުހާން އަދި ހުބޭ ޕްރޮވިންސްގެ ހާލުތު ވަނީ ބަދަލުވާން ފަށާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 މާރިޗު 2020 | އަންގާރަ 15:05
ޗައިނާގެ ރައީސް (ކ) އޮފިޝަލުންތަކަކާއި ބައްދަލުކުރައްވަނީ

ޗައިނާގެ ރައީސް (ކ) އޮފިޝަލުންތަކަކާއި ބައްދަލުކުރައްވަނީ

ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޮވިޑް-19 މިހާރު އޮތީ ކޮންޓްރޯލް ކުރެވޭ ޙާލަތެއްގައި ކަމަށް އެ ޤައުމުގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

ޗައިނާގައި ކޮވިޑް-19 ފެތުރެން ފެށި މައި މަރުކަޒު ވުހާން ސިޓީއަށް ޒިޔާރަތްކުރެއްވުމަށްފަހު މީޑިއާއާއި ވާހަކަ ދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ އެ ޤައުމު މިހާރު ވައިރަސް ކޮންޓްރޯލް ކުރެވޭ ޙާލަތަކަށް ގެނެވިފައިވާ ކަމަށެވެ.

ޗައިނާގައި ވައިރަސް ފެތުރެންފެށި ފަހުން އަންގާރަ ދުވަހަކީ އެޤައުމުގައި އެންމެ މަދުން މި ބަލީގައި މީހުން މަރުވި ދުވަހެވެ. އަންގާރަ ދުވަހު އެޤައުމުން މަރުވެފައިވަނީ 19 މީހުންނެވެ. އަދި މި އެންމެންނަކީ ވުހާން ސިޓީން މަރުވި މީހުންނެވެ. މީގެ ތެރޭގައި އެހެން ޤައުމަކުން އައި 2 މީހަކު ވެސް ހިމެނެއެވެ.

މިހާތަނަށް ޗައިނާއިން އެކަނި 80،754 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، 3،136 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. ޗައިނާއިން މިހާތަނަށް 60،113 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން ޗައިނާގައި މި ބަލީގައި ފަރުވާ ދެމުންދަނީ 20،641 މީހަކަށެވެ.

ޗައިނާގައި ހަލުވިކަމާއެކު ވައިރަސް ފެތުރެން ފެށިފަހުން އެޤައުމުގެ ރައީސް ވުހާން ސިޓީއަށް ޒިޔާރާތްކުރި މިއީ ފުރަތަމަ ފަހަރެވެ. އޭނާ ސިޓީއަށް ވަޑައިގެން ބައްލަވާލައްވާފައިވަނީ ހުބޭ ޕްރޮވިންސްގެ މަސައްކަތްތައްދާ ގޮތެވެ.

ވުހާންއާއެކު މުޅި ހުބޭ ޕްރޮވިންސް "ލޮކްޑައުން" ކޮށްފައިވާތާ ގާތްގަޑަކަށް 2 މަސްދުވަހާއި ގާތްވެފައިވާއިރު، ޝީ ޒިޔާރަތްކޮށްފައިވަނީ ގެތަކުގައި އައިސޮލޭޓްވެގެން ތިބި މީހުން ކައިރިއަށް ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޝީގެ ޒިޔާރަތަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން ޝީ ވިދާޅުވީ ވުހާން ސިޓީ އަދި ހުބޭ ޕްރޮވިންސްގައި ވައިރަސް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި އެ ޕްރޮވިންސްގެ ޙާލަތު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތް ކާމިޔާބުވެއްޖެކަން ޝީ ވަނީ ހާމަކުރައްވާފައެވެ.

ދުނިޔޭގައި މިހާތަނަށް 116،455 މީހަކު މި ބައްޔަށް މިއަދާ ހަމައަށް ޕޮޒިޓިވްވެފައިވާ އިރު، 64،750 މީހަކު ވަނީ ބަލިން ސަލާމަތްވެފައެވެ. އަދި މަރުވި މީހުންގެ ޢަދަދު އުޅެނީ 4،091 ގައެވެ. މި ތަފާސް ހިސާބުތަކައް ބަލާއިރު ވައިރަސްގެ އެކްޓިވް ކޭސްތައް އުޅެނީ 47،614 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ

23 ޖޫން 2017
ފިލިޕީންސްގެ މަރާވީގެ  ބޮޑުބައެއް އަސްކަރިއްޔާއިން ކޮންޓްރޯލް ކޮށްފި

ފިލިޕީންސްގެ މަރާވީގެ ބޮޑުބައެއް އަސްކަރިއްޔާއިން ކޮންޓްރޯލް ކޮށްފި

14 ޖޫން 2017
އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ

އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ

29 މެއި 2017
ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި

ސީރިޔާގެ ހޮމްސް ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ އަތްދަށަށް ގެނެސްފި

22 މެއި 2017
"ދޮންކޭލާ، ރަލާ، ގެދޮރުގެ ވިޔަފާރި ކޮންޓްރޯލް ކުރީ އަހަރުމެން، ކޮރަޕްޝަނަށް މަޢާފަށް އެދެން"

"ދޮންކޭލާ، ރަލާ، ގެދޮރުގެ ވިޔަފާރި ކޮންޓްރޯލް ކުރީ އަހަރުމެން، ކޮރަޕްޝަނަށް މަޢާފަށް އެދެން"

20 މެއި 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު