Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ވާޑީގެ ދެ ލަނޑާއެކު ލެސްޓާއަށް ފަސޭހަ މޮޅެއް

އެސްޓަން ވިލާ އަތުން ލެސްޓާ މޮޅުވީ 4-0 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 މާރިޗު 2020 | އަންގާރަ 07:14
ލެސްޓާ އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން

ލެސްޓާ އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ އެސްޓާ ވިލާ އަތުން ފަސޭހަކަމާއެކު ލެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލެސްޓާ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި ލެސްޓާއިން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެޓީމު މޮޅުވި ފުރަތަމަ މެޗެވެ.

ހޯމަ ދުވަހުގެރޭގެ މެޗުގައި ލެސްޓާގެ ފަރާތުން މޮޅު ކުޅުމެއްފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 40 ވަނަ މިނެޓުގައި މާކް އޯލްބްރައިޓަންގެ އެހީއާކު މި ލަނޑު ކާމިޔާބުކޮށްދިނީ ހާވޭ ބާންސް އެވެ.

ލެސްޓާއަށް މި މެޗުގައި ލީޑު ފުޅާކޮށްދިނީ މެޗުގެ 63 ވަނަ މިނެޓުގައި ލިބުނު ޕެނަލޓީއަކުން ޖެމީ ވާޑީ އެވެ. މިއީ އެންމެ ފަހުން ކުޅުނު 10 މެޗުގައި ވާޑީ ޖެހި ފުރަތަމަ ލަނޑެވެ. އަދި 79 ވަނަ މިނެޓުގައި ވާޑީ ވަނީ ލެސްޓާގެ ތިންވަނަ ލަނޑު ޖަހާފައެވެ. މިއީ ލީގުގައި މިހާތަނަށް ވާޑީ ކާމިޔާބުކުރި 99 ލަނޑެވެ.

މި މެޗުގައި ލެސްޓާގެ ހަތަރުވަނަ ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް މާކް އޯލްބްރައިޓަންގެ އެހީއާކު ކާމިޔާބުކޮށްދިނީ ހާވޭ ބާންސް އެވެ.

މި މޮޅާއެކު ތާވަލުގެ ތިންވަނައިގައި ލެސްޓާ އޮތީ 29 މެޗުން 53 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް 28 މެޗުން ވަނީ 57 ޕޮއިންޓު ލިބިފައެވެ. ހޯމަ ދުވަހުގެރޭ ލެސްޓާ އަތުން ބަލިވި އެސްޓަން ވިލާ އޮތީ ތާވަލުގެ ފުލުން ދެވަނައިގައި 28 މެޗުން 25 ޕޮއިންޓާއެކު އެވެ.

ލީގުގައި ދެން ލެސްޓާއިން މެޗެއް ކުޅޭނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހު ލެސްޓާ ނުކުންނާނީ ރަށުން ބޭރުގައި ވަޓްފޯޑާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

28 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު