Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސީހުގެ އިތުބާރު

ވޯޓް މިނިވަނެއް ނޫން، މަސީހުގެ އިތުބާރުގެ މައްސަލަ އަނެއްކާ ވެސް ހުށަހަޅާނަން: ޕާޓީތައް

ޕާޓީތައް ގުޅިގެން ކުރާ މަސައްކަތް ނުހުއްޓޭނެ، މިއީ ފެށުމެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 27 މާރިޗު 2017 | ހޯމަ 18:27
ހޯމަ ދުވަހުގެ ޖަލްސާއަށް ފަހު އިދިކޮޅު ޕާޓީތަކުގެ މެންބަރުން

ހޯމަ ދުވަހުގެ ޖަލްސާއަށް ފަހު އިދިކޮޅު ޕާޓީތަކުގެ މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލައިގައި ހޯމަ ދުވަހު ނެގި ވޯޓް މިނިވަން ނޫން ކަމަށާއި ހުރިހާ ޕާޓީތަކެއް ގުޅިގެން އަނެއްކާ ވެސް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

މަސީހުގެ އިތުބާރުގެ މައްސަލައިގައި ހޯމަ ދުވަހު ބޭއްވި ޖަލްސާއަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދި ސޯލިހު(އިބޫ) ވިދާޅުވީ އެ ޖަލްސާއާ ހަމައިން ޕާޓީތައް ގުޅިގެން ކުރާ މަސައްކަތް ހުއްޓުނީ ނޫން ކަމަށާއި މިއީ ފެށުމެއް ކަމަށެވެ.

Advertisement - newsAdvertisement

އިބްރާހިމް މުހައްމަދު ސޯލިހު: ސަރުކާރުން ސަރުކާރުގެ މެންބަރުންނާ ދޭތެރޭގައި އިތުބާރެއް ނެތް

އިބޫ ވިދާޅުވީ ހޯމަ ދުވަހުގެ ޖަލްސާ އިން ވެސް ފެނިގެން އެ ދިޔައީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި މަޖިލީހުގެ ގަވާއިދުގެ އިތުރުން ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާ ޚިލާފަށް މަޖިލިސް ކުރިއަށްގެންދާ ތަން ކަމަށެވެ.

އިބޫ ވިދާޅުވީ ފެނިގެންދިޔައީ ސަރުކާރުން ސަރުކާރުގެ މެންބަރުންނާ ދޭތެރޭގައި އިތުބާރު ނެތްކަން ކަމަށެވެ. އިބޫ ވަނީ އިތުބާރު އޮތް ނަމަ ކޮންމެ މެންބަރަކާ ވަކިން ސުވާލުކޮށްގެން ވޯޓް ދޭ ގޮތަށް މަޖިލިސް ކުރިއަށް ގެންދިޔައީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލަ ކުރިއަށް ގެންދިޔައީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށާއި އޭނާ އެކަން ފާހަގަކުރައްވާފައިވާނެ ކަމަށެވެ. އަދި ދެ ފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުބާރުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެ ދެ ވޯޓް ކުރިއަށް ގެންގޮސްފައި ވަނީ ވެސް އާންމު ސިސްޓަމްގެ ތެރެއިންކަން ގާސިމް ފާހަގަކުރެއްވި އެވެ.

ގާސިމް އިބްރާހިމް: މިފަދަ ވޯޓްތައް ނަގަން ޖެހޭނީ ސިއްރުކޮށްގެން

ރޯލްކޯލް ވޯޓަކަށް ދާން ނެގި ވޯޓު ނަގާފައިވަނީ ވެސް އިލެކްޓްރޯނިކް ސިސްޓަމް ބޭނުންކޮށްގެން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ ސިސްޓަމް ރަނގަޅުކަން އެ ހިސާބުން އެނގޭ ކަމަށާއި އެހެންކަމުން ރޯލްކޯލް ވޯޓަކަށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ގާސިމް ވިދާޅުވީ ގާނޫނު އަސާސީގެ ރޫހަކީ ރައްޔިތުންގެ މަޖިލީހުގައި ހިނގާ ކަންތައްތައް އާންމުކޮށް ރައްޔިތުންނަށް ފެންނާނެ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުން ކަމަށެވެ. ނަމަވެސް، މަސީހުގެ އިތުބާރުގެ މައްސަލައިގައި ފެނިގެން ދިޔައީ ގެލެރީތައް ވެސް ހުސްކޮށް ހުރިތަން ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރޯލްކޯލް ވޯޓަކަށް ދިޔައީ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންނާ މެދު އެއްވެސް ވަރަކަށް އިތުބާރު ނެތުމުން ކަމަށެވެ. ގާސިމް ވިދާޅުވީ ބާރުވެރި ފަރާތްތައް ދެކެ ގަންނަވާ ބިރެއްގެ ބޮޑުކަމުން މެންބަރުންނަށް ރައްޔިތުން އެދޭ ގޮތަށް ވޯޓް ނުދެވިދާނެތީ ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފެށިގެން މިފަދަ ވޯޓްތައް ސިއްރުކޮށްގެން ނެގުމަށް ވަކާލާތު ކުރައްވާފައިވާނެ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވީ ޕާޓީތައް ގުޅިގެން ކުރާ މަސައްކަތް ނާކާމިޔާބުވި ކަމަށް އެއްގޮތަކަށް ވެސް ގަބޫލުނުކުރައްވާ ކަމަށެވެ. ފާރިސް ވިދާޅުވީ ހޯމަ ދުވަހުގެ ޖަލްސާގައި ކަންތައްތައް ހިނގައިދިޔަ ގޮތުން މަޖިލީހުގެ ގަވާއިދުތަކަށް ވެގެން އުޅޭ ގޮތް ހުރިހާ ރައްޔިތުންނަށް ވެސް މިހާރު ސާފުވެއްޖެ ކަމަށެވެ.

ފާރިސް މައުމޫން: ބޮޑުވަމުން އަންނަ ޓީމަށް އިތުރު މެންބަރުން ގުޅިވަޑައިގަންނަވާ ތަން ފެންނާނެ

ފާރިސް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ނެގޭ ވޯޓަކުން ސަރުކާރުގެ އަޣްލަބިއްޔަތު ނޯންނާނެކަން ވަރަށް ސާފުކޮށް ހާމަކުރެވިއްޖެ ކަމަށެވެ. ފާރިސް ވިދާޅުވީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ވޯޓެއް ނެގުމުން ސަރުކާރަށް އަޣްލަބިއްޔަތު ނެތް ކަން ވަރަށް ރަނގަޅަށް ސާބިތުވާ ކަމަށެވެ.

ފާރިސް ވިދާޅުވީ ވަކިވަކިން މެންބަރުން ތެދުވެ ފެންނަ ގޮތް ހާމަކުރުވުމަކީ ވޯޓުގެ މިނިވަންކަމަށް އަރައިގަތުން ކަމަށާއި އެހެންކަމުން މަސީހުގެ އިތުބާރުގެ މައްސަލައިގައި ނެގުނީ މިނިވަން ވޯޓެއް ނޫން ކަމަށެވެ.

ފާރިސް ވިދާޅުވީ ޕާޓީތައް ގުޅިގެން ކުރާ މަސައްކަތުގައި ކުރިއަށް ހުރި ހަރަކާތްތައް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށާއި އަދި އިދިކޮޅު ފަރާތްތަކުގެ ބޮޑުވަމުން އަންނަ ޓީމަށް އިތުރު މެންބަރުން ގުޅިވަޑައިގަންނަވާ ތަން ފެންނާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު