Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮރޯނާވައިރަސް (ކޮވިޑް-19)

ވޯލްޑް ކަޕް ކޮލިފިކޭޝަނުގެ މެޗުތައް ފަސްކޮށްފި

9 މާރިޗު 2020 | ހޯމަ 12:26

މެޗުތައް ފަސްކުރިކަން އެފްއޭއެމްއަށް ވަނީ އަންގާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 9 މާރިޗު 2020 | ހޯމަ 12:26
ވޯލްޑް ކަޕް ކޮލިފިކޭޝަނުގެ މެޗެއްގެ ތެރެއިން

ވޯލްޑް ކަޕް ކޮލިފިކޭޝަނުގެ މެޗެއްގެ ތެރެއިން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން 2022 ގެ ފީފާ ވޯލްޑް ކަޕާއި 2023 ގެ އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގެ އޭޝިއާ ސަރަހައްދުގެ މެޗުތައް ފަސްކުރުމަށް ފީފާއިން ފާސްކޮށްފިއެވެ.

މެޗުތައް ފަސްކުރިކަން ފީފާއިން ވަނީ އެފްއޭއެމަށް މިހާރު އަންގައިފައެވެ. އެފްއޭއެމްގެ އޮފިޝަލަކު ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެމުން ބުނީ ފީފާ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގެ މެޗުތައް ފަސްކޮށްފައިވާ ކަމަށާއި ފީފާއިން އެކަން ހޯމަ ދުވަހު އެފްއޭއެމަށް އަންގައިފައިވާ ކަމަށެވެ.

އޭއެފްސީ އަދި ފީފާއިން މަޝްވަރާ ކުރުމަށްފަހު މެޗުތައް ފަސްކުރުމަށް ނިންމިއިރު އޭއެފްސީގެ އޮފިޝަލުން ވަނީ ހޯމަ ދުވަހު ކުއްލި ބައްދަލުވުމެއްވެސް ބާއްވާފައެވެ. އަދި މި ބައްދަލުވުމުގައި އޭއެފްސީއިން ވަނީ މެޗުތައް ފަސްކުރަން ބޭނުންވާ ތާރީހުތައް ފީފާ އަށް ހުށަހަޅަން ނިންމާފައެވެ.

އޭއެފްސީ އަދި ފީފާއިން ކޮލިފިކޭޝަނުގެ މެޗުތައް ފަސްކުރަން ނިންމިއިރު، މި މަހު ކޮލިފިކެޝަނުގައި ރާއްޖެއިން ދެ މެޗެއް ކުޅޭ ގޮތަށް އޮތީ ހަމަޖެހިފައެވެ. އެއީ ޗައިނާއާ ދެކޮޅަށް މި މަހު 26 ވަނަ ދުވަހު ތައިލެންޑުގައި ކުޅެން ހަމަޖެހިފައި އޮތް މެޗާއި، މިމަހުގެ 31 ވަނަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ސީރިއާއާ ދެކޮޅަށް ރާއްޖެ ކުޅެން އޮތް މެޗެވެ. ޗައިނާ މެޗު އެންމެ ފުރަތަމަ ތައިލެންޑަށް ބަދަލުކުރަންވެސް ނިންމީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުންނެވެ.

މި ދެ މެޗަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ޓީމުގެ ފަރިތަކުރުންތައް މީގެ ކުރިން ވަނީ ފަށާފައެވެ.

ކޮލިފައިންގައި ރާއްޖެ އޮތް ގްރޫޕް އޭގެ އެއްވަނައިގައި ސީރިއާ އޮތީ 54 މެޗުންވެސް މޮޅުވެ 15 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޗައިނާއިން ވަނީ 4 މެޗުން 7 ޕޮއިންޓް ހޯދާފައެވެ. ތިންވަނައިގައި އޮތް ފިލިޕީންސް ވެސް ވަނީ 5 މެޗުން 7 ޕޮއިންޓް ހަމަކޮށްފައެވެ. ހަތަރުވަނައިގައި އޮތް ރާއްޖެއަށް 5 މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ކޮރޯނާވައިރަސް ދުނިޔޭގެ 88 ގައުމަށްވުރެ ގިނަ ގައުމަށް ފެތުރިފައިވާއިރު، މި ވައިރަސް މިހާރުވަނީ ރާއްޖެއިން ވެސް ފެނިފައެވެ. ރާއްޖެއިން މިވައިރަހަށް 4 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް