Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮމަންވެލްތް ދުވަހު

ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހުރިއްޔާ ތަހުނިޔާ ފޮނުއްވައިފި

އެއްވެސް ބަޔަކީ އަނެއްބަޔަކާ ނުގުޅި ވަކިން އުޅެވޭނެ ބައެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 މާރިޗު 2020 | ހޯމަ 13:06
ދިވެހިރާއްޖޭގެ ދިދަ އާއި ކޮމަންވެލްތުގެ ދިދަ

ދިވެހިރާއްޖޭގެ ދިދަ އާއި ކޮމަންވެލްތުގެ ދިދަ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު "ކޮމަންވެލްތް ޑޭ"ގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ.

ހޯމަ ދުވަހު ފާހަގަކުރާ، މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ މުނާސަބާގައި ރައީސް ޞާލިޙު ފޮނުއްވި މެސެޖުގައި، މިއަހަރުގެ ކޮމަންވެލްތު ދުވަސް ރާއްޖެއަށް ވަކިން ޚާއްސަވާ ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން ރާއްޖެއަކީ، ކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށް ވީނަމަވެސް އެއްވެސް ބަޔަކީ އަނެއްބަޔަކާ ނުގުޅި ވަކިން އުޅެވޭނެ ބައެއް ނޫންކަން ރައީސް ޞާލިޙުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. ހަމައެހެންމެ، ކޮމަންވެލްތާއި އަލުން ގުޅުން ބަދަހިކުރުމުގެ މައިގަނޑު އެއް މަޤްސަދަކީ ދިވެހި ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ބައިނަލްއަޤުވާމީ މުޖުތަމަޢާ ގުޅިގެން އެކީ އެކަތިގަނޑަކަށްވެ، މަސައްކަތްކުރުންކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކޮމަންވެލްތުގެ ޢާއިލާއާ ގުޅިގެން ކުރިޔަށް ދިއުމަކީ ރާއްޖެއަށް ލިބޭ ފަޚުރެއްކަމުގައި ވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ކޮމަންވެލްތަކީ ތަފާތު ސަޤާފަތްތަކާއި އަދި އިޤްތިސާދީ ކުރިއެރުންތައްވެސް އެކި މިންވަރަށް ހޯދާފައިވާ ޤައުމުތަކާއި އިޖްތިމާޢީ ގޮތުންވެސް ތަފާތު އެތައް ކަމެއް ހިމެނޭ ޤައުމުތަކުގެ މީހުން ގުޅިގެން އެއް ޢަމާޒަކަށް މަސައްކަތްކުރުމަށް މަގުފަހިކޮށްދޭ ޖަމާޢަތެއްކަން ރައީސް ޞާލިޙުގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ. މީގެ އިތުރުން، ސެޖުގައި ރާއްޖެއިން ކޮމަންވެލްތާއި ގުޅިގެން މީގެ ކުރިންވެސް އެތައް ފައިދާތަކެއް ލިބިފައިވާކަމަށާއި އަދި ކުރިޔަށް އޮތްތަނުގައިވެސް ކޮމަންވެލްތާއި ގުޅިގެން އެތައްދާއިރާއަކުން ރާއްޖެއަށް ކުރިއަށްއެރުންތައް ގެނެސްދެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.

ކޮމަންވެލްތަކީ ޑިކޮމްރަސީގެ އުޞޫލުތައް ކުރިއެރުވުމާއި، ތިމާވެށި ރައްކާތެރިކުރުމާއި، ވިޔަފާރި ކުރިއެރުވުމާއި، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރުމާއި، ޒުވާނުން ބާރުވެރިކުރުމުގެ ގޮތުން ތަޢުލީމާއި، ޞިއްޙަތާއި ކުޅިވަރުގެ ދާއިރާއާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ކޮމަންވެލްތުން އަގުނުކުރެވޭހާ މުހިންމު އެހީތެރިކަމާއި އެއްބާލުރުން ލިބެމުން އަންނަކަން ރައީސް ޞާލިޙުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކުދި ޤައުމުތަކުގެ އަޑު އުފުލައިދިނުމުގައި ކޮމަންވެލްތުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި ހުރިހާ ފަންތިއެއްގައިވެސް ކޮމަންވެލްތާއެކު މަސައްކަތްކުރަން ބޭނުންވާކަން ރައީސް ޞާލިޙުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ކޮމަންވެލްތުގެ ޔޫތު މިނިސްޓަރުންގެ ފުރަތަމަ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަކީ ރާއްޖެއަށް ލިބިގެންދިޔަ ފަޚުރެއްކަމުގައި ރައީސް ޞާލިޙުގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ. އަދި 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިޘާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ވެސް ކޮމަންވެލްތުގެ އެހީތެރިކަން ރާއްޖެއަށް ލިބިފައިވާކަން ރައީސް ޞާލިޙުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ ޢަދަދެއްގެ ދަރިވަރުންތަކަކަށް ކޮމަންވެލްތުގެ ސްކޯލަރޝިޕް ލިބިފައިވާކަމާއި މުވައްސަސާތަކުގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ގިނަގުނަ ތަމްރީނުގެ ފުރުޞަތުތައް ވެސް ކޮމަންވެލްތުން ރާއްޖެއަށް ފަހިކޮށްދީފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.

މި މުނާސަބާގައި ރައީސް ޞާލިޙު ފޮނުއްވި މެސެޖު ނިންމަވާލައްވަމުން، އީޖާދީ ބަދަލުތަކެއް ގެނެވޭވަރުގެ މަސައްކަތްތަކަކާއެކު އަދި ގުޅުންތައް ބަދަހިކުރެވިގެން ކޮމަންވެލްތު ޤައުމުތަކަށް ހަރުދަނާ ކުރިމަގެއް ލިބުމަށް އުންމީދުކުރައްވާކަމުގައި ވަނީ ވިދާޅުވެފައިވެއެވެ.

ރާއްޖެ ކޮމަންވެލްތުގެ ޢާއިލާއާ އަލުން ގުޅިފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖެއިން އަލުން ކޮމަންވެލްތުގެ ޢާއިލާއާ ގުޅުމަކީ ސަރުކާރުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޚުލޫފްގެ ހަ މަސް ދުވަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ދެ މަސް، އަދިވެސް އިސްތިއުނާފު ނުފަށާ!

މަޚުލޫފްގެ ހަ މަސް ދުވަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ދެ މަސް، އަދިވެސް އިސްތިއުނާފު ނުފަށާ!

14 މާރިޗު 2017
އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު

އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު

13 މާރިޗު 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި

27 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު