Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19

ކޮވިޑް-19: ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި ކަންހިނގާދިޔަ ގޮތް

ނުރައްކާތެރިކަން ދުނިޔެއަށް އާއްމުވާން ފެށުމާއި އެކު އެންމެ ފުރަތަމަ ފިޔަވަޅު އެޅި ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެހިމެނޭނެ: އަމީން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 9 މާރިޗު 2020 | ހޯމަ 12:12
ރޭގައި ބޭއްވުނު ނޫސްވރިންގެ ބައްދަލުވުން

ރޭގައި ބޭއްވުނު ނޫސްވރިންގެ ބައްދަލުވުން

ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ (ކޮވިޑް-19) ގެ ނުރައްކާ އެންމެ ފުރަތަމަވެސް ދުނިޔޭގައި ފެތުރެން ފެށުމާއި އެކު ދިވެހި ސަރުކާރުން އެކަމަށް ސަމާލުވެ، ފިޔަވަޅުތައް އަޅަން ފެށިއެވެ. ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ މި ވައިރަސްގެ ނުރައްކާތެރިކަން ދުނިޔެއަށް ޢާންމުވާން ފެށުމާއި އެކު އެންމެ ފުރަތަމަ ފިޔަވަޅު އެޅި ޤައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނޭނެ ކަމަށެވެ. އަމީން ވިދާޅުވީ ދުނިޔޭގެ ގިނަ ޤައުމުތަކަކައް ކޮރޯނާ ފެތުރިގެން ދިޔައިރު މި ޞަަރޙައްދުގައި ވެސް އެންމެ ފަހުން ވައިރަހުގެ ނުރައްކަލާ ކުރިމަތިލާން ޖެހުނީ ރާއްޖެ ކަމަށެވެ. އަދި އެއީ ދުރާލާ ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

ހުސްވި އަހަރުގެ ފަހުކޮޅު ފެތުރެން ފެށި ބައްޔަށް ތައްޔާރު ވުމުގެ މަސައްކަތް މި ބަލީގެ ނުރައްކާގެ ޚަބަރުތައް ފެނުމާއެކު ރާއްޖެއިން އެޅިއެވެ. އެގޮތުން6 ޖެނުއަރީ ގައިކޮވިޑް 19ގެ ޙާލަތާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތު އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ގުޅިގެން ރާއްޖޭގެ ރިސްކު އެސެސްމެންޓެއް ހެދުމަށް ނިންމާ12 ޖެނުއަރީ ގައިރިސްކު އެސެސްމެންޓް ހަދާ ނިންމުނެވެ.

Advertisement - newsAdvertisement

20 ޖެނުއަރީ ގައިނެޝަނަލް ރެސްޕޮންސް ގައިޑްލައިން ތައްޔާރު ކުރެވި، ސްޓޭކް ހޯލްޑަރުންނާ ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތުތައް ދީ، ތަމްރީން ދިނުމުގެ މަސައްކަތް ފެށިކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެޗްޕީއޭގެ ފަރާތުން ކޮވިޑް 19ގެ ޙާލަތާއި ގުޅޭގޮތުން ޢާންމުންނަށް ފުރަތަމަ ފަހަރަށް މަޢުލޫމާތު ޙިއްސާކުރެވުނީ ވެސް ހަމަ އެދުވަހުއެވެ.

އަމީން ވިދާޅުވީ21 ޖެނުއަރީ ގައިހެލްތު އިމަރޖެންސީ ކޯޑިނޭޓިންގް ކޮމެޓީއެއް އެކުލަވާލާ، އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބޭއްވި ކަމަށެވެ. އަދި މަޝްވަރާތަކަށް ފަހު ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަމުގައި މަޝްވަރާ އަރުވާ، އަޅަންޖެހޭ ފިޔަވަޅުތަކުގެ އަސާސީ ނާރެހަކީ މި ކޮމިޓީ ކަމަށް އަމީން ވިދާޅުވިއެވެ.

22 ޖެނުއަރީ ގައިމިނިސްޓްރީ އޮފް ހެލްތުން ޑަބްލިއުއެޗްއޯ އާއި އެކު ނޫސްކޮންފަރެންސްއެއް ބާއްވާ ދުނިޔޭގެ އޭރު ޙާލަތު އޮތް ގޮތާއި، ރާއްޖޭގައި އެހާތަނަށް އަޅާ ފިޔަވަޅުތަކާއި އަދި ރައްޔިތުން އެކަމާއި ބެހޭ ގޮތުން ސަމާލުކަން ދޭން ޖެހޭ ކަންތައްތަކުގެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްސާ ކޮށްފައިވެއެވެ. އަދި މި ބައްދަލުވުމުގައި ޑަބްލިއުއެޗްއޯ އިން ނެރެފައިވާ ގައިޑްލައިންތަކާއި، އެ ގައިޑްލައިންތަކުގެ ތެރެއިން ލިބިފައިވާ އިޚުތިޔާރުތަކާއި، އޭގެ ތަފުޞީލީ މަޢުލޫމާތު ޙިއްސާ ކޮށްފައިވެއެވެ. 22 ޖެނުއަަރީ އަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރމަލް ކެމެރާ ހަރުކުރެވި، ސްކްރީން ކުރެވެން ފެށުނު ދުވަހެވެ. އަދި ހަމަ އެ ދުވަހު ޓެކްނިކަލް އެޑްވައިޒަރީ އަކުން ކްލިނިކަލް މެނޭޖްމެންޓް ގައިޑްލައިން އެކުލަވާލުމުގެ މަސައްކަތް ފެށުނު ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރމަލް ކެމެރާ ހަރުކުރިތާ މާގިނަ ދުވަހެއް ނުވެ،26 ޖެނުއަރީގައިއައްޑޫ ސިޓީގައި ތަރމަލް ކެމެރާ ހަރުކުރެވި، ސްކްރީން ކުރެވެން ފެށުނެވެ. އަދި އޭގެ އަނެއް ދުވަހު،27 ޖެނުއަރީގައިހުޅުމާލޭގެ ޕްރީސްކޫލެއް ވަގުތީ ސްކްރީނިންގް މަރުކަޒަކަށް ބަދަލުކުރެވުނެވެ.

ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުގައި ވަގުތީ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމު ކުރެވުނީ29 ޖެނުއަރީގައެވެ.އައިސޮލޭޝަން ފެސިލިޓީއެއްގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ކަމާބެހޭ ފަންނީ ފަރާތްތަކުން ޢާންމުންނަށް މަޢުލޫމާތު ދިނުމަށް ކޯލް ސެންޓަރއެއް ޤާއިމުވެސް ކުރެވުނީ އެދުވަހުއެވެ. އަމީން ވިދާޅުވީ މިހާތަނަށް އެ ހޮޓްލައިނަށް ގުޅި 2233 ފަރާތަކަށް މަޢުލޫމާތު ދެވިފައިވާކަމަށެވެ. މީގެ އިތުރުން އަމީން ވިދާޅުވީ29 ޖެނުއަރީގައިރާއްޖެއަށް ކޮރޯނާ އައިއްސި ހާލަތުގައި ޢަމަލު ކުރާނެ އެސްއޯޕީތަކާއި އުޞޫލުތަކުގައި ރަނގަޅުކުރަންޖެހޭ ކަންކަން ހުރިތޯ ބެލުމަށް މަލްޓި އޭޖެންސީ ޓޭބަލް ޓޮޕް އެކްސަރސައިޒެއް ބޭއްވި ކަމަށެވެ. އަދި އެ އެކްސަރސައިޒުން ފާހަގަކުރެވުނު ކަންކަން ބަލާ، އެސްއޯޕީތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އިޞްލާޙު ގެނެވުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ30 ޖެނުއަރީވެެގެން ދިޔައީޑަބްލިއުއެޗްއޯ އިން ކޮވިޑް-19 އަކީ ޕަބްލިކް ހެލްތު އިމަރޖެންސީ އޮފް އިންޓަރނޭޝަނަލް ކޮންސަރންއެއްގެ ގޮތުގައި ކަނޑައެޅި ދުވަހަށެވެ. ހަމަ އެދުވަހު ޗައިނާ އިން އައި މީހަކު ބައްޔަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރިކަމަށް ބެލެވުމުން ފޮނަދޫގައި ޤާއިމުކޮށްފައިހުރި އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކުރެވުނެވެ. (އޭރު އައިސޮލޭޝަން ފެސިލިޓީތައް ޤާއިމު ކުރެވިފައި ހުރީ، ފަރުކޮޅު ފުށި އަދި ފޮނަދޫގައި) އަދި އެމީހާގެ ސާމްޕަލް ނަގާފައިވެއެވެ. ނަމަވެސް އޭރު ރާއްޖޭގައި ވައިރަހަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައެއް ނުވެއެވެ.

އޭގެ އަނެއް ދުވަހު،31 ޖެނުއަރީގައިބަލީގެ ޢަލާމާތެއް ނެތް ނަމަވެސް ޗައިނާ އިން ރާއްޖެއައި ދެމީހަކު އައިސޮލޭޓް ކޮށް، ސާމްޕަލް ނެގުނެވެ. އަދި އެދުވަހު ޗައިނާއަށް ދަތުރުކުރިކަމުގެ ހިސްޓްރީ ހުރި ބަލީގެ އަލާމާތްތައް ހުރި ދެމީހަކުވެސް އައިސޮލޭޓް ކުރެވުނެވެ. އަމީން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އެތެރޭގެ ކަންކަން ހަރުދަނާ ކުރުމަށް ވަޒީރުންގެ ކޮމިޓީއެއް އެދުވަހު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެކުލަވާލެއްވި ކަމަށެވެ. އަތޮޅު ތެރޭގެ ހެލްތު ފެސިލިޓީތަކަށް ބޭނުންވާ ޕަރސަނަލް ޕްރޮޓެކްޓިވް ގިއަރ ހޭންޑް ސެނިޓައިޒަރ، މާސްކު އަދި ކޮންމެހެން ބޭނުންވާނެ ތަކެތީގެ ލިސްޓު ތައްޔާރު ކުރުމަށްފަހު ކަމާބެހޭ ފަރާތްތަކަށް ފޮނުވުނު ކަމަށް ވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ޓެސްޓު ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުނު ސާމްޕަލްތައް އިންޑިއާގެ ޕޫނާއަށް ފޮނުވީ1 ފެބްރުއަރީ ގައި ކަމަށެވެ.އަދި އެ ދުވަހު ތައިލެންޑުގެ އެފްރިމް ލެބޯޓްރީގައި ރާއްޖެއިން ފޮނުވާ ސާމްޕަލް ޓެސްޓު ކުރުމުގެ ހުއްދައަކަށް ދިވެހި ސަރުކާރުން އެދުނެވެ. އަމީން ވިދާޅުވީ 1 ފެބްރުއަރީގައި ރާއްޖޭގެ ސީނިއަރ ޑޮކްޓަރުންގެ މައްޗަށް އެކުލެވޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕެއް އުފައްދާ، އެގްރޫޕްގެ މަޝްވަރާ ނަގަން ފެށުނު ކަމަށެވެ.

އަމީން ވިދާޅުވީ ޕޫނާއަށް އަށް ފޮނުވުނު ހުރިހާ ސާމްޕަލްތަކެއް ޓެސްޓު ނަތީޖާ ލިބުނީ3 ފެބްރުއަރީގައިކަމަށެވެ. އެ ހުރިހާ ނަތީޖާއެއް ނެގެޓިވް ނަމަވެސް ޗައިނާ މަގުން ދަތުރުކުރާ މީހުން ރާއްޖެ ވަނުން މަނާ ކުރުމަށް ރައިސުލްޖުމްހޫރިއްޔާ ނިންމެވީ އެދުވަހުއެވެ. އަދި ޗައިނާއިން ރާއްޖެ އަންނަ ހުރިހާ ދިވެހިން 14 ދުވަހަށް ކަރަންޓީނު ކުރުމަށްވެސް އެދުވަހު ނިންމިއެވެ.

އައިޖީއެމްއެޗްގެ ލެބޯޓްރީގައި ބައްޔަށް ޓެސްޓުކުރެވޭނެ ގޮތް ހަމަޖައްސާ 1000 ފަރާތް ޓެސްޓުކުރުމުގެ އިންތިޒާމު ހަމަޖެހިގެންދިޔައީ20 ފެބްރުއަރީ ގައެވެ. އަދި 24 ފެބްރުއަރީ ގައިކްރޫޒްލައިނަރތައް ރާއްޖެ އައުން ވަގުތީގޮތުން މެދުކަނޑާލިއެވެ.

މީގެ އިތުރުން އަމީން ވިދާލުވީ3 މާޗްގައިއެޗްޕީއޭއާއި، އެންޑީއެމްއޭ ގުޅިގެން ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކުރެވި މަސައްކަތް ފެށުނު ކަމަށެވެ. އަދި ކުރިން ހެލްތު މިނިސްޓްރީގައި ޤާއިމުކުރެވުނު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ ދަރުބާރުގެއަށް ބަދަލުކުރެވުނު ކަމަށެވެ. ހަމަ އެދުވަހު ކޮރެއާގެ ދެ ޞަރަޙައްދަކުން ދަތުރުފަށާ މީހުންނާއި އެ ޞަރަޙައްދުގެ ތެރެއިން ރާއްޖެއަށް މީހުން ދަތުރުކުރުން މެދުކަނޑާލުމަށް ނިންމުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

5 މާޗްގައިއިޓަލީން ރާއްޖެ ދަތުރުކުރި މީހެއްގެ ގައިން ބަލީގެ އަލާމާތް ހުރެގެން އެ ބައްޔަށް ޓެސްޓު ކުރެވުނެވެ. އޭނާގެ ނަތީޖާ ނެގެޓިވް ވިއިރު އެއީ މި ބައްޔަށް ރާއްޖޭގައި ޓެސްޓު ކުރެވުނު ފުރަތަމަ ފަހަރެވެ.

7 މާޗްގައިލިބިގެން ދިޔަ ހޫނު ޚަބަރަކަށް ވެގެން ދިޔައީ ކުރެއްދޫ ރިސޯޓުގައި ތިބި ދެ މީހަކު ޕޮޒިޓިވް ވި ޚަބަރަށެވެ. އަދި އިޓަލީން ރާއްޖެ އަށް ދަތުރުކުރުން މަނާކުރެވުނު އިރު އިތުރު ދެ ކޭސް އެއް އޭގެ އަނެއް ދުވަހު،8 މާޗްގައި ރިޕޯޓު ކުރެވުނެވެ.މި ދެ ރަށްވެސް އޮތީ 'ލޮކްޑައުންގައި' ކަން ފާހަގަކޮށްފައިވެއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނިފައިވާއިރު ސަރުކާރުންނާއި ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރަމުން ދަނީ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކައް އަޑުއެހުމަށެވެ. މި ދަނޑިވަޅުގައި ފަރުދީ ޒިންމާއަދާ ކޮށް، ހާސްނުވެ، ސަމާލު ވުން މުހިއްމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު