Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމް

"ހެހެސް" ގެ ޕޯސްޓަރު ލައުންޗްކޮށްފި

މި ފިލްމްގެ ޕޯސްޓަރު ރިލީޒް ކޮށްފައިވަނީ އާދިއްތަ ދުވަހުގެރޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 9 މާރިޗު 2020 | ހޯމަ 03:30
\"ހެހެސް\" ގެ ޓީމް

\"ހެހެސް\" ގެ ޓީމް

ދިވެހި ފިލްމް "ހެހެސް: އިންފަހަނަ އެޅި އިޝްގް" ގެ ޕޯސްޓަރު ލޯންޗް ކޮށްފިއެވެ.

މި ފިލްމްގެ ޕޯސްޓަރު ރިލީޒް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.

ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފައްދާ މި ފިލްމާއި ގުޅޭ ގޮތުން ފިލްމްގެ ޑައިރެކްޓަރ އަހުމަދު ނިމާލް ބުނީ މި ފިލްމަކީ ލޯބީގެ ވާހަކަ އަކަށް ތައްޔާރު ކޮށްފައިވާ ސަސްޕެންސް ތްރީލާއެއް ކަމަށެވެ.

މި ފިލްމްގައި ގިނަ އަދަދެއްގެ ކާސްޓުން ފެނިގެންދާއިރު ކޮންމެ އެކްޓްރެސް އެއްވެސް "އިންފަނައަޅާ" ލޯބީގައި ދާނެ ފިލްމެއްކަމަށް ނިމާލު ބުންޏެވެ.

ފިލްމްގެ ޕްރޮޑިއުސަރ ޔޫސުފް ޝަފީއު (ޔޫއްޕެ) ސްކްރީން ޕްލޭ ތައްޔާރު ކުރާ މި ފިލްމްގެ ސްޓްރީއާއި ދޭތެރޭ ވަރަށް ހިތްހަމަ ޖެހެ ކަމަށް ނިމާލް ވަނީ ބުނެފައެވެ.

އައު ގިނަ ތަރިންތަކެއް ފެނިގެންދާ މި ފިލްމަށް ކާސްޓުން ހޮވާފައިވަނީ ސްކްރީން ޓެސްޓް ހެދުމަށް ފަހުގައި ކަމަށާއި ސްކްރިޕްޓަށް ބޮޑަށް ފިޓްވާ ކުދިން ބަލައިގެން ކަމަށް ނިމާލް ބުންޏެވެ.

"ހެހެސް" ގައި ލީޑް ރޯލުން ފެނިގެންދާނީ ޔޫސުފް ޝަފީއު، އިބްރާހިމް ޖިހާދު، އަލީ އާޒިމްގެ އިތުރުން އަލަށް ތަޢާރަފްވާ ޝިޔާޒާ މުހައްމަދު، އައިޝަތު ލަހުފާ، ވާޝީޔާ މުހައްމަދު އިރުފާނަ އިބްރާހިމް މަރިޔަމް ޝިފާ ފެނިގެންދާނެއެވެ.

މި ފިލްމަށް ލަވަ ކިޔައިދިނުމަށް ހަމަޖެހިފައިވަނީ މަރިޔަމް އަޝްފާ. މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އަދި ތޮލާ އެވެ. މި ފިލްމްގެ ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ ބ. ގޮއިދޫގެ އިތުރުން މާލޭގައެވެ.

"ހެހެސް" މިއަހަރު ތެރޭގައި ރިލީޒް ކުރެވޭނެ ކަމަށް ފިލްމްގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދެއެވެ.

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2018

'އަލާއްދީން'ގެ ޕޯސްޓަރު ވިލް ސްމިތް ދައްކަލައިފި

12 އޮކްޓޯބަރު 2018
'އަލާއްދީން'ގެ ޕޯސްޓަރު ވިލް ސްމިތް ދައްކަލައިފި
01 އޯގަސްޓު 2018

'ޕަލްތާން'ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

01 އޯގަސްޓު 2018
'ޕަލްތާން'ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
11 ޖުލައި 2018

ކިޒީ އޯރް މެނީ ގެ ފުރަތަމަ ޕޯސްޓަރުގައި ރަޖްނީ ކާންތް

11 ޖުލައި 2018
ކިޒީ އޯރް މެނީ ގެ ފުރަތަމަ ޕޯސްޓަރުގައި ރަޖްނީ ކާންތް
20 ނޮވެމްބަރު 2017

"ސްޓޫޑޭންޓް އޮފް ދި އިޔާ 2" ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފި

20 ނޮވެމްބަރު 2017
"ސްޓޫޑޭންޓް އޮފް ދި އިޔާ 2" ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފި
02 ނޮވެމްބަރު 2017

އަކްޝޭގެ"ޕެޑްމޭން" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

02 ނޮވެމްބަރު 2017
އަކްޝޭގެ"ޕެޑްމޭން" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު