Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

'ޕަލްތާން'ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

ޓްރޭޑް އެނަލިސްޓް ތަރަން ވަނީ އެ ފިލްމްގެ ޕޯސްޓަރުތައް ޓްވީޓް ކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 1 އޯގަސްޓު 2018 | ބުދަ 07:41
ޕަލްތާންގެ ޕޯސްޓަރުގައި ޖެކީ ޝްރޯފް

ޕަލްތާންގެ ޕޯސްޓަރުގައި ޖެކީ ޝްރޯފް

ބޮލީވުޑް ފިލްމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އެއް ފިލްމް "ޕަލްތާން" ގެ ފުތަރަމަ ޕޯސްޓަރު ދައްކާލައިފިއެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ވަނީ މިދިޔަ އަންގާރަ ދުވަހު މި ފިލްމްގެ ފުރަތަމަ ޕޯސްޓަރު ޓްވީޓް ކޮށްފައެވެ.

އޭނާ ޓްވީޓްކޮށްފައިވާ ޕޯސްޓަރުތަކުން ފެނިގެން ދަނީ އެ ފިލްމްގެ މުހިއްމު ރޯލަކުން ފެނިގެންދާ ޖެކީ ޝްރޯފް، ސޯނޫ ސޫދް، އަރުޖުން ރަމްޕާލް, ހަރްޝް ވަރުދަން ރަނޭ، ސިދާންތު ކަޕޫރުގެ އަދި ސަތްރުގަން ސިންހާގެ ފިރިހެން ދަރިފުޅު ލަވް ސިންހާގެ އިތުރުން މަޝްހޫރު ޓީވީ ތަރި ގުރުމީތް ޗައުދްރީއެވެ.

ޖޭޕީ ދައްތާ ޑައިރެކްޓް ކުރާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ގައެވެ.

މި ފިލްމްގެ ވާހަކަ ބިނާކޮށްފައި ވަނީ 1967 ވަނަ އަހަރު ހިނގި ނަތު ލާ އަސްކަރީ ކުރިމަތިލުންތަކުގެ މައްޗަށެވެ. ފިލްމުގައި ދައްކުވައިދެނީ ސިއްކިމް ބޯޑަރުގައި ހިނގި ކުރިމަތިލުންތަކުގައި ޗައިނާގެ ފައުޖުތަކުން އިންޑިއާގެ ތެރެއަށް ވަނުން ހުއްޓުވުމަށް ކުރި މަސައްކަތުގައި އިންޑިއާގެ ފައުޖުތަކަށް ކުރިމަތިވި ގޮންޖެހުންތަކުގެ ތެރެއިން ކިޔާ ނުދީ އޮތް ވާހަކައެކެވެ.

މި ފިލްމް ވެގެންދާނީ 12 އަހަރުގެ މެދުކެނޑުމަކަށް ޖޭޕީ ދައްތާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމަށެވެ.

ގައުމީ އެވޯޑް ވެސް ހާސިލްކޮށްފައިވާ ޖޭޕީ ދައްތާ ވަނީ "ބޯޑާ", "އެލްއޯސީ ކަރްގިލް" އަދި "ރެފިއުޖީ" ގެ އިތުރުން ވެސް ގިނަ ފިލްމްތަކެއް ޑައިރެކްޓް ކޮށްފައެވެ. އޭނާއަކީ ހަނގުރަމަތަކާއި އިންޑިއާގެ ސިފައިންނާ ބެހޭ ފިލްމުތައް ހެދުމުގައި ތަޖުރިބާކާރެކެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު

22 މާރިޗު 2017
"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު
14 މާރިޗު 2017

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
11 މާރިޗު 2017

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް
05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު