Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ކޮވިޑް-19: ށ، ފޯކައިދޫ މީހަކު އެރަށުން، ކަރަންޓީނު ފެސިލިޓީއަށް ގެންދަނީ

ކަރަންޓީނު ފެސިލިޓީއެއް ކަމަށްވާ ފަރުކޮޅުފުއްޓަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 މާރިޗު 2020 | އާދީއްތަ 16:53
ކުރެއްދޫ އައިލެންޑް ރިސޯޓް: ޕޮޒިޓިވްވީ މި ރިސޯޓުގެ ދެ މުވައްޒަފުން

ކުރެއްދޫ އައިލެންޑް ރިސޯޓް: ޕޮޒިޓިވްވީ މި ރިސޯޓުގެ ދެ މުވައްޒަފުން

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވަރައިސް (ކޮވިޑް-19) އަށް ޝަކުކުރެވޭ މީހަކު ށ. ފޯކައިދޫއިން، ކަރަންޓީނު ފެސިލިޓީއެއް ކަމަށްވާ ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް ށ. ފޯކައިދޫއިން ފަރުކޮޅުފުއްޓަށް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މީހާއަކީ ކުރެއްދޫ ރިސޯޓުގެ މުވައްޒިފެއް ކަމަށެވެ. އެޗްޕީއޭއިން ބުނީ މިކަމުގެ އިތުރު މައުލޫމާތު ޙިއްސާ ކުރަމުންދާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ކުރެއްދޫ ރިސޯޓުގައި މަސައްކަތްކުރާ ފޯކައިދޫއަށް ނިޞްބަތްވާ ދެ މީހަކު ވަނީ ފޯކައިދުއަށް ގޮސްފަ އެވެ.

ފޯކަައިދޫ ހެލްތު ސެންޓަރު ހިންގެވުމާއި ޙަވާލުވެ ހުންނެވި އަޙްމަދު އަންވަރުއާ ޙަވާލާދީ ސީއެންއެމްގައި ރިޕޯޓު ކޮށްފައިވާގޮތުން، ހޮނިހިރު ދުވަހު ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮރޯނާއަށް ޝައްކުކުރެވި މީހަކު ކަރަންޓީންކުރި ޚަބަރު ފެންމަތިވިއިރު އެ ރިސޯޓުގައި މަސައްކަތް ކުރާ އެރަށުގެ ޒުވާނަކު ހުރީ ރަށުގަ އެވެ. އެހެންކަމުން އޭނާ ގޭގައި އައިސޮލޭޓްކޮށްފައިވާ ކަމަށް ވެއެވެ. އަދި އޭނާ ގޭގައި އައިސޮލޭޓް ކުރެވުނުއިރު އޭނާ ވަނީ ރިސޯޓުން އައިސް ޢާއިލާގެ މެންބަރުންނާއެކު ވެސް ވަގުތު ހޭދަކޮށްފައިވާ ކަމަށްވެސް ވެއެވެ.

އަންވަރު ވިދާޅުވެފައިވަނީ، އެ ޢާއިލާގެ ނުވަ މީހަކު ހުރީ ސެލްފް އައިސޮލޭޝަނެއްގައި ކަމަށެވެ.

އެރަށުގެ "ކޮވިޑް-19 ޓާސްކް ފޯސް" ގައި ވެސް ހިމެނިވަޑައިގަންނަވާ އަންވަރު ވިދާޅުވެފައިވާ ގޮތުގައި، އެ ރިސޯޓުގައި މަސައްކަތްކުރާ އިތުރު ޒުވާނަކު އޭނާގެ ޢާއިލާއާއެކު ރަށަށް އަންނަ ޚަބަރު އާދިއްތަ ދުވަހު ލިބިފައިވާ ކަމަށެވެ. އަދި މަނަދޫ ލޯންޗެއްގައި އެމީހުން އާދިއްތަ ދުވަހުގެ ހަވީރު ރަށަށް އައުމާއެކު އައިސޮލޭޓްކޮށްފައިވާކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އަންވަރު ވިދާޅުވެފައިވަނީ، އޭނާ އައީ އޭނާގެ އަނބިމީހާއާއި ދަރިފުޅާ ވެސް އެކުގަ ކަމަށެވެ. ދެން އެ ލޯންޗުގައި އައީ އެލޯންޗުގެ ކައްޕި ކަމަށްވެސް އަންވަރުއާ ޙަވާލާދީ ސީއެންއެމްގައި ރިޕޯޓު ކޮށްފައި ވެއެވެ.

ކުރެއްދޫ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފުން ވަނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެފަ އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު