Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން

ކޮރޯނާ ވައިރަސްއާއި ގުޅިގެން އިރާނުން ބައިލައްކައަށްވުރެ ގިނަ ކުށްވެރިން ދޫކޮށްލަނީ

ޖަލުގައިތަކުގައި ތިބި 54،000 ގައިދީން ވަގުތީގޮތުން ދޫކުރަން ނިންމާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 މާރިޗު 2020 | އާދީއްތަ 14:37
އިރާންގެ ޖަލެއް ކައިރީގައި ސިފައިން ފޯރި މަރަނީ

އިރާންގެ ޖަލެއް ކައިރީގައި ސިފައިން ފޯރި މަރަނީ

އިރާނުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އެޤައުމުގެ ޖަލުތަކުގައި ތިބި 54،000 ޤައިދީން ވަގުތީގޮތުން ދޫކުރަން ނިންމައިފިއެވެ.

އިރާނުން މިގޮތަށް ނިންމާފައިވަނީ ކޮރޯނާއާއި ދެކޮޅަށް މިހާރު ކުރަމުންދާ މަސައްކަތާއި ގުޅިގެންނެވެ. މީގެ އިތުރުން އެތައްހާސް ޞިއްޙީ އެހީތެރިން މަސައްކަތަށް ނެރެ ކޮރޯނާވައިރަސް އާދެކޮޅަށް މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

އިރާނުން މިފަދަ ނިންމުމެއް ނިންމާފައިވަނީ ފާއިތުވި ކުރު މުއްދަތެއްގެ ތެރޭގައި އެ ޤައުމުން ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ޢަދަދު ކުއްލިއަކަށް މައްޗަށް ދިއުމާއި ގުޅިގެންނެވެ. މިހާތަނަށް އެޤައުމުގައި 92 މީހަކު މި ބަލީގައި މަރުވެފައިވާ އިރު ހޮނިހިރު ދުވަހު އެކަނި އަލަށް 586 ކޭސް ވަނީ ފެނިފައެވެ. މިހާތަނަށް 2922 މީހަކު ވަނި ބަލިޖެހުނުކަން ކަށަވަރުވެފައެވެ.

އިރާނުގައި ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު މެދުއިރުމަތީގެ އެހެން ޤައުމުތަކަށް ވެސް ވަނީ މި ބަލި ފެތުރެން ފަށާފައެވެ. އާޘާރީ އެތައްތަނެއް ހިމެނޭ އިރާނުގެ ގޫމް ސިޓީން ފެތުރުނު ކޮރޯނާ ވައިރަސް މިހާރު ވަނީ އެ ޞަރަޙައްދުގެ އެހެން ޤައުމުތައްކަމަށްވާ އިރާގު، ޔޫއޭއީ، ބަހުރައިނަށް ވެސް ފޯރާފައެވެ.

ގޫމް ސިޓީއަށް މީހުން ވަނުމާއި އެތެރެވުން ހަފުތާއަކަށް މަނާކުރުމަށްފަހު އިރާނުގެ ސަރުކާރުން ވަނީ އެ ސިޓީ ދޫކޮށްދާ މިހުންގެ ގައިން ކޮރޯނާގެ އަލާމާތެއް ފެނިއްޖެނަމަ އެމީހަކު ވަގުތުން ކަރަންޓީން ކުރެވޭނެ ކަމަށެވެ. އެގޮތުން މެޑިކަލް ޓީމުތަކުން ގޫމް ސިޓީ ދޫކޮށްދާ މީހުން ދިއުމުގެ ކުރިން ޗެކްކުރާނެކަމަށް ވެސް ބުނެފައިވެއެވެ.

އިރާނުގެ އޮފިޝަލުން ވަނީ ކޮރޯނާ ކޮންޓްރޯލް ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމުގެ ޔަގީންކަން އެޤައުމުގެ ރައްޔިތުންނަށް ދީފައެވެ. ނަމަވެސް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ 23 މެންބަރަކު ކޮރޯނާއަށް ޕޮޒިޓިވްވުމާއި ގުޅިގެން އިރާން ސަރުކާރުގެ ވާހަކަތައް ޢާންމުންނަށް ޤަބޫލުކުރަން ދަތިކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން އެޤައުމުގެ ސުޕްރީމް ލީޑަރުގެ އެޑްވައިޒަރު އާޔަތުﷲ އަލީ ޚާމަނާއީ ހޯމަ ދުވަހު ކޮރޯނާގައި މަރުވެފައިވާ ކަމަށް އެޤައުމުގެ ގައުމީ ރޭޑިއޯއިން ވަނީ އިޢުލާންކޮށްފައެވެ.

އިރާނުގެ ނައިބުރައީސް އިސްހާގް ޖަހަންގްރީ ވަނީ ފޮރިން މިނިސްޓްރީގެ ހުއްދައާއި ނުލާ ޤައުމުން ބޭރަށް އެއްވެސް ކަމެއްގެ ނުދެވޭނެ ގޮތައް، ޢާންމުން އެއްވެ ނޫޅެވޭނެ ކަމަށް އިދާރާތަކުގެ މައްޗަށް އަމުރެއް ނެރުއްވާފައެވެ.

އިރާނުގައި ކުއްލިގޮތަކަށް ކޮރޯނާގެ ބަލިމަޑުކަން ފެތުރުމާއި ގުޅިގެން ސަރުކާރުން މިކަމުގެ އެންމެ ތެދު މަޢުލޫމާތު ހާމަކުރަމުންނުދާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް މުޅި ދުނިޔެއިން ވަނީ 107،800 ކޭސް ރިޕޯޓުކޮށްފައެވެ. މި ބަލީގައި މިހާތަނަށް 3661 މީހަކު މަރުވެފައިވާ އިރު، މި ބަލީގައި ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 60،923 ގައެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި

06 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުގައި މަޝްވަރާކޮށްފި
05 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ
17 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި
15 މާރިޗު 2017

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު