Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

އަންހެނުންނާ މެދުކުރާ ތަފާތުކުރުން ނައްތާލަން ޕާލިމަންޓްރީ އިންކުއަރީއެއް ހިންގަން ހުށައަޅައިފި

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ފާހަގަކޮށްފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 8 މާރިޗު 2020 | އާދީއްތަ 06:49
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ

ދިވެހިރާއްޖޭގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތައް ނައްތާލުމަށް، ކަމާގުޅޭ ސިޔާސަތުތަކާއި، ނިޒާމާއި ޤާނޫނުތަކާއި ގަވާއިދުތަކުގައި ހުރި ހުރަސްތަކާއި ތަފާތުކުރުންތައް ދެނެގަތުމަށްޓަކައި ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށް ގޮވާލައި ޤަރާރެއް ހުށަހަޅައިފިއެވެ.

ރާއްޖޭގައި، އެކި ދާއިރާތަކުގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ނިމުމެއް ގެނައުމަށްޓަކައި ނުވަތަ ކުޑަކުރުމަށްޓަކައި ކުރާ މަސައްކަތުގައި، ކަމާގުޅޭ ސިޔާސަތުތަކާއި، ނިޒާމުގައި ހުރި ހުރަސްރަކާއި ތަފާތު ކުރުންތައް ދެނެގަތުމަށް އިންކުއަރީ އެއް ހެދުމަށް ގޮވާލާ ގަރާރެއް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްވެސްގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާކަމާއި އެ ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި ޖިންސަށް ބަލައިތަފާތުކޮށްގެން ނުވާނެކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ހުށަހެޅުއްވި މި ގަރާރުގައި ވާގޮތުން އަންހެނުންނަކީ ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 49 އިންސައްތަ ކަމަށްވާއިރު، އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ނިމުމެއް ގެނެސް، އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި އަންހެނުންގެ ފުރިހަމަ ހިއްސާ ޤައުމީ ތަރައްޤީގައި އޮތުމަކީ ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެގެންދާނެ ކަމެއް ކަމަށެވެ.

އެހެން ކަމުން ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމަކީ އަންހެނުންނަށް ކުރިމަތިވާ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅަކަށްވާއިރު، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެންމެ ފަހުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރައްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުން، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލުތަކަށް އިންތިޚާބުކުރެވޭ މެންބަރުންގެ ތެރެއިން 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރުން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އަދި ޤައުމީ ތަރައްޤީގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށްޓަކައި އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށާއި، ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯރމްސް އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން (ސީޑޯ) މުޢާހަދާގެ 16 ވަނަ މާއްދާގެ (1) ވަނަ ނަންބަރާއި، އެ މާއްދާގެ (2) ވަނަ ނަންބަރަށް ދިވެހިރާއްޖެއިން ކޮށްފައިވާ އިއުތިރާޟު ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، ރައްޔިތުންގެ މަޖިލީހުން ވެސް ނިންމި ނިންމުންވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެދަށުން ހުށަހެޅި މި ގަރާރުގައި ވަނީ، އަންހެނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތުގައި އަދި، އަންހެނުންނާމެދު ކުރާ ތަފާތުކުރުންތައް ނައްތާދުމަށްޓަކައި ރާއްޖޭގައި ޢަމަލުކުރާ ޤާނޫނުތަކާއި ޤަވާއިދުތަކާއި، ސިޔާސަތްތަކާއި، ނިޒާމުގައި ކުރި ދަތިތަށް ޙައްލުކުރުމަށްޓަކައި އެތައް މަސައްކަތެއް ކުރެވިފައިވާކަމަށެވެ. ނަމަވެސް އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށްޓަކައި މީގެ އިތުރުންވެސް ކަންކަން ކުރަންޖެހިފައިވާ ކަމަށެވެ.

އަދި މުޖްތަމައުގައި އަންހެނުންނާމެދު ކުރާ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށާއި، ދިވެހި މުޖްތަމަޢުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު މަގު ފަހިކޮށްދިނުމަށް ގޮވާލާފައިވެއެވެ. އަދި މިކަމާއި ގުޅިގެން ހެދޭ ޕާލިމަންޓެ އިންކުއަރީއަށް ފަހު، އެކަމަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކާއި، އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށް އެ ކޮމިޓީގެ ރިކޮމެންޑޭޝަންސްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ގޮވާލާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދާލަތު ޕާޓީ ނައްތާލަން އުޅުމުން އުފެދުނީ ޒުވާން ލީޑަރޝެޕެއް: އިމްރާން

އަދާލަތު ޕާޓީ ނައްތާލަން އުޅުމުން އުފެދުނީ ޒުވާން ލީޑަރޝެޕެއް: އިމްރާން

04 ނޮވެމްބަރު 2018
އަދީބާއި މެދު ތަފާތުކުރުންތައް ނުގެންގުޅޭކަމަށް އެޗްއާރުސީއެމުން ނިންމައިފި

އަދީބާއި މެދު ތަފާތުކުރުންތައް ނުގެންގުޅޭކަމަށް އެޗްއާރުސީއެމުން ނިންމައިފި

09 އޯގަސްޓު 2018
އަދީބާއިމެދު ތަފާތުކުރުން ގެންގުޅޭ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅައިދޭން އެދިއްޖެ

އަދީބާއިމެދު ތަފާތުކުރުން ގެންގުޅޭ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅައިދޭން އެދިއްޖެ

24 މެއި 2018
ގައުމު ބައިބައިކޮށް ނުތަނަވަސްކަން ނައްތާލަން އުޅުމަކީ އަމާންކަން ބަލިކަށިކުރަން ކުރެވޭ މަސައްކަތެއް: ޚުތުބާ

ގައުމު ބައިބައިކޮށް ނުތަނަވަސްކަން ނައްތާލަން އުޅުމަކީ އަމާންކަން ބަލިކަށިކުރަން ކުރެވޭ މަސައްކަތެއް: ޚުތުބާ

16 ފެބުރުއަރީ 2018
ތުހުމަތެއް ނުކުރެވުނަސް އަންހެނުންނާއި އެހެން މީހުން ދަނީ ރަހީނުކުރަމުން: ޑރ. މަޖީދު

ތުހުމަތެއް ނުކުރެވުނަސް އަންހެނުންނާއި އެހެން މީހުން ދަނީ ރަހީނުކުރަމުން: ޑރ. މަޖީދު

13 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު