Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަޙުމަދު އަދީބު

އަދީބާއިމެދު ތަފާތުކުރުން ގެންގުޅޭ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅައިދޭން އެދިއްޖެ

24 މެއި 2018 | ބުރާސްފަތި 12:42

މައްސަލަ ހުށަހެޅީ އެޗްއާރްސީއެމްއަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 24 މެއި 2018 | ބުރާސްފަތި 12:42
ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު

ސިޔާސީ ނުފޫޒުން ކޮށްފައިވާ ޝަރީއަތެއް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ޝަރީއަތަކުން ޙުކުމްކޮށް، ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ޢަބްދުލްޣަފޫރު ދޫނިދޫގައި ބަންދުކޮށްފައިވާއިރު، އަދީބުއާއިމެދު ތަފާތުކުރުން ގެންގުޅޭކަން ފާހަގަކޮށް، އެކަމުގައި ޒިންމާވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) ގައި އެދިއްޖެއެވެ.

އަދީބުގެ ފަރާތުން އެޗްއާރްސީއެމްއަށް މި މައްސަލަ ހުށަހަޅުއްވާފައިވަނީ އަދީބުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛް އިބްރާހިމް ޝިޔާމެވެ.

Advertisement - newsAdvertisement

އެޗްއާރްސީއެމަށް މައްސަލަ ހުށަހަޅުއްވައި ޝިޔާމް ފޮނުއްވެވި ސިޓީގައިވަނީ، އަދީބަށް ވަކީލުންނާއި ބައްދަލުކުރެއްވުމުގެ ފުރުޞަތު ނުދޭ ކަމަށާއި، އަދި އެކަމުގައި ތަފާތުކުރުން ގެންގުޅޭ ކަމަށެވެ. އަދި ކުއްލި ގޮތަކަށް އަދީބު ދޫނިދޫ ޖަލަށް ބަދަލު ކުރުމަކީ އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން ޓޯޗަރގެ އަމަލެއްކަންވެސް ޝިޔާމްގެ ސިޓީގައި ވާނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ޤައިދީން ބަންދުކޮށްފައި ބަހައްޓަންވާނީ އާންމު ޖަލެއްގައި ކަމަށް ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި ބުނެފައިވާއިރު، އަދީބް މިހާރު ބަހައްޓާފައިވަނީ ޤާނޫނާއި ޚިލާފަށް ކަސްޓޯޑިއަލް ޖަލެއްގައިކަމާއި، އަދި އެގޮތަށް ބަހައްޓާފައި ހުރީ އެއްވެސް މީހަކާއި ވާހަކަ ނުދެއްކޭ ގޮތަށް އެކަހެރިކޮށްކަންވެސް ޝިޔާމްގެ ސިޓީގައި ވާނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން، މި މައްސަލަ ތަހުޤީޤުކޮށް، ޒިންމާވާންޖެހޭ ހުރިހާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅައިދިނުމަށް ޝިޔާމް ވަނީ އަދީބުގެ ފަރާތުން އެޗްއާރްސީއެމްގައި އެދިވަޑައިގެންފައެވެ.

މި މައްސަލަ ބަލައިދިނުމަށް އެދި އަދީބުގެ ފަރާތުން އެޗްއާރްސީއެމަށް ހުށަހަޅާފައިވާއިރު، އަދީބު އެކަހެރިކޮށްފައި ބަހައްޓާ މައްސަލަ އާއި އަދީބަށް ވަކީލުންނާއި ބައްދަލުވުމުގެ ފުރުޞަތު ނުދޭތާ ދެ ހަފްތާ ވެފައިވާ މައްސަލައިގައި އަދީބުގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް