Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފައިސާ ގޯނި

ތަފާތުކުރުން ނައްތާލައި، ފާރިސް ހައްޔަރުކުރި ގޮތަށް މުހައްމަދު އިސްމާއިލް ވެސް ހައްޔަރުކުރުމަށް ޕީޖީގައި އެދިއްޖެ

ފައިސާ ގޯނި ހިއްޕަވައިގެން ވަޑައިގެން ބެއްސެވި ކަމަށް ވިދާޅުވި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 7 އޯގަސްޓު 2017 | ހޯމަ 09:58
 ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް

ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހަށް "ފައިސާ ގޯނި" ހިއްޕަވައިގެން ވަޑައިގެންނެވި ކަމަށް ވިދާޅުވި މަައްސަލައިގައި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ދަންނަވައިފި އެވެ.

މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރުކުރުމުގެ އަމުރަކަށް އެދިވަޑައިގަތުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ދަންނަވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނާ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ނަމުގައި ގާނޫނީ ވަކީލް މައުމޫން ހަމީދު ހޯމަ ދުވަހު ފޮނުއްވި ސިޓީއެއްގަ އެވެ.

Advertisement - newsAdvertisement

އެމްއެމްޕީއާރްސީ ޚިޔާނާތުގެ "ފައިސާ ގޯނި" ހިއްޕަވައިގެން މެންބަރުންގެ އަރިހަށް ވަޑައިގެން އެ ފައިސާ ބެއްސެވި ކަމަށް މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މިދިޔަ އަހަރުގެ މާޗް މަހުގެ 9 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ބައެއް ޓީވީ ޗެނަލްތަކުގައި ވެސް އެ ވާހަކަ ހަމަ އެގޮތަށް ދައްކަވާފަ އެވެ. އެ މައްސަލަ ނުބެލުމަށް ފުލުހުން ނިންމާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ދާދި ފަހުން މީޑިއާގައި އޭނާ ވަނީ އެއީ ސިޔާސީ ގޮތުން އޭރު ދެއްކެވި ވާހަކައެއް ކަމަށް ވިދާޅުވެފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމަށް ފޮނުއްވި ސިޓީގައި ފާރިސް ވިދާޅުވެފައި ވަނީ، އޭނާއަކީ ހިންގާފައިނުވާ އަމަލަކާ ގުޅިގެން ނިމިފައިނުވާ ތަހުގީގެއްގައި އުފުލާފައިނުވާ ދައުވާއަކަށް ފަށާފައިނުވާ ޝަރީއަތެއް ނިމެންދެން ބަންދުކޮށްފައިވާ މީހެއް ކަމަށެވެ. އަދި ސިޓީގެ މަގްސަދަކީ ބަޔަކު މީހުން ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި ރަސްމީ އިދާރާތަކުގެ ބޭނުން ނުހަމަ ގޮތުގައި ބޭނުންކޮށް އޭނާގެ މައްޗަށް ކޮށްފައިވާ އިލްޒާމްތަކުގެ އަސާސެއް ނެތްކަން ހާމަކުރުން ނޫން ކަމަށެވެ.

އެ ސިޓީގެ މަގްސަދަކީ އެއްފަދަ ދެ މައްސަލައެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ގެންގުޅުއްވާފައިވާ ތަފާތުކުރުން ފާހަގަކޮށް، އެ ތަފާތުކުރުމުގައި ގާނޫނީ އެއްވެސް ހަމައެއް ނެތުމާއެކު ތަފާތުކުރުން ނައްތާލަދެއްވުމަށް ދެންނެވުން ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

ސިޓީގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް މުޅި ދުނިޔޭގެ ކުރިމަތީގައި މެންބަރު މުހައްމަދު އިސްމާއިލް އިއުތިރާފްވެވަޑައިގެންފައިވާ ކަމަށާއި ނަމަވެސް، އެ މައްސަލަ ބެލުމަށް ފުލުހުން އިންކާރު ކޮށްފައިވާއިރު، އެކަމާ ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް ޕްރޮސެކިއުޓަރ ޖެނެރަލް އަޅުއްވަވާފައި ނުވާ ކަމަށެވެ.

މެންބަރު މުހައްމަދު އިސްމާއިލް މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އަމަލެއް ހިންގިކަމުގެ އިލްޒާމް ބަޔަކު ފާރިސްގެ އިސްތަށިފުޅުގައި ބަޔަކު މީހުން އެޅުވުމުން ފާރިސް ހައްޔަރުކޮށް، މެންބަރު މުހައްމަދު އިސްމާއިލް ހައްޔަރުނުކޮށް ތަފާތުވުން ގެންގުޅެފައިވާއިރު، އެ ތަފާތުކުރުން ބިނާވެފައިވާ އެއްވެސް ގާނޫނީ ހަމައެއް ވާނަމަ، އެ ހަމަ އަންގައި ދިނުމަށް ސިޓީގައި އެދިފައި ވެއެވެ.

މުޅި ދުނިޔޭގެ ކުރިމަތީގައި މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް މުހައްމަދު އިސްމާއިލް އިއުތިރާފްވެވަޑައިގެންފައިވާއިރު، ކުށަށް އިންކާރު ކުރި ހާލުގައި ވެސް ފާރިސް ބަންދުކޮށް، ކުށަށް އިއުތިރާފްވި މީހާ މިނިވަންކަންމަތީ ހުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ފުރުސަތު ފަހިކޮށްދިނުމަކީ ގާނޫނު ކުރިމަތީގައި އެންމެން ހަމަހަމަވުމުގެ އުސޫލާ ފުށޫއަރާ އިންސާފަށް ހުތުރު އަދި ގާނޫނު އަސާސީގެ ސަރީހަ އަމުރުތަކާ ކަނޑައެޅިގެން ޚިލާފް ކަމެއް ކަމަށް ސިޓީގައި ފާހަގަކޮށްފައި ވެއެވެ.

އެ ކަންތައްތައް ފާހަގަކޮށް ސިޓީގައި އެދިފައިވަނީ ގާނޫނު އަސާސީގެ ބާރު ދެމެހެއްޓުމަށް ފާރިސްއާ މެދު އަމަލުކޮށްފައިވާ ގޮތަށް، މުހައްމަދު އިސްމާއިލްއާ މެދު ވެސް އަމަލުކޮށް، އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމަށެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ފާރިސް ހައްޔަރުކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައާ ގުޅިގެން މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެ އެވެ. އެ މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ފާރިސް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، ފާރިސް ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު