Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

ޗައިނާގައި ގިނަ ބަޔަކު ކަރަންޓީންކޮށްފައި ހުރި އިމާރާތެއް ވެއްޓި ގިނަ ބަޔަކު ތާށިވެއްޖެ

8 މާރިޗު 2020 | އާދީއްތަ 02:07

މި ހާދިސާ ހިނގާފައިވަނީ ޗައިނާގެ ފޫޖާން ޕްރޮވިންސްގެ ޗުއަންޖޯ ނަމަކަށް ކިޔާ އަވަށެއްގަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 މާރިޗު 2020 | އާދީއްތަ 02:07
ޗައިނާގައި ގިނަ ބަޔަކު ކަރަންޓީންކޮށްފައި ހުރި އިމާރާތެއް ވެއްޓި ގިނަ ބަޔަކު ތާށިވުން

ޗައިނާގައި ގިނަ ބަޔަކު ކަރަންޓީންކޮށްފައި ހުރި އިމާރާތެއް ވެއްޓި ގިނަ ބަޔަކު ތާށިވުން

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޗައިނާގައި މީހުން ކަރަންޓީން ކޮށްފައި ހުރި އިމާރާތެއް ކުއްލި ގޮތަކަށް ވެއްޓި ގިނަ ބަޔަކު ތާށިވެއްޖެއެވެ.

ޗައިނާގެ ކަމާބެހޭ ފަރާތްތަކާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހު މި ހާދިސާ ހިނގާފައިވަނީ ޗައިނާގެ ފޫޖާން ޕްރޮވިންސްގެ ޗުއަންޖޯ ނަމަކަށް ކިޔާ އަވަށެއްގައެވެ. އެގޮތުން މިހާތަނަށް 33 މީހުން ސަލާމަތް ކޮށްފައިވާއިރު، އަދިވެސް ގިނަ ބަޔަކު އިމާރާތުގައި ތާށިވެފައިވާކަމަށް ސަރަޙައްދީ ސަރުކާރާ ޙަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން 5 ބުރީގެ މި އިމާރާތް ވެއްޓިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 7:00 ހާއިރުއެވެ. އަދި އެ ހޮޓަލަކީ ޗުއަންޖޯގެ ލީޖަންޖޫ ޑިސްޓްރިކްޓްގައި މީހުން ކަރަންޓީން ކޮށްފައިހުރި 2 އިމާރާތުގެ ތެރެއިން އެއް އިމާރާތެވެ. އެގޮތުން އެ އަވަށުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން ގާތުގައި އުޅެފައިވާ މީހުން ކަރަންޓީން ކޮށްފައިތިބީ އެ ހޮޓަލުގައެވެ.

އޭގެ އިތުރުން، ރެސްކިއު ޓީމްތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް-19 އެކި ޤައުމުތަކުގައި ފެތުރެމުންދާއިރު، ވައިރަސްގެ އަސަރު ކޮށްފައިވާ މީހުންގެ އަދަދު ވަނީ ލައްކައަކަށް އަރާފައެވެ. އަދި ވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު 3400 އަށްވުރެ ގިނައެވެ. އެގޮތުން ޗައިނާ ފިޔަވައި މި ވައިރަސް އެންމެ ހަލުވި ކަމާއެކު ފެތުރެމުންދާ އެއް ޤައުމު ކަމަށްވާ އިޓަލީގައި ހޮނިހިރު ދުވަހު އެކަނިވެސް 1200 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
11 ޖެނުއަރީ 2017

ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

11 ޖެނުއަރީ 2017
ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް