Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަށްވެހި ފެސްޓިވަލް

ބެރިކޭޑުތަކާ ޕެޕަރސްޕްރޭތަކުގެ ތެރެއިން ޑިމޮކްރަޓިކް ސަރުކާރެއް ގެނައީ އަންހެނުންގެ ބޮޑު ދައުރަކާއެކު: ރަައީސް

7 މާރިޗު 2020 | ހޮނިހިރު 05:32

މުޖުތަމައު ބިނާ ކުރުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ބަޔަކީ އަންހެނުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 މާރިޗު 2020 | ހޮނިހިރު 05:32
\"ރަށްވެހި ފެސްޓިވަލް\" ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ

\"ރަށްވެހި ފެސްޓިވަލް\" ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ

އަނިޔާވެރި ބިރުވެރި ދުވަސްތަކުން ރާއްޖެ މިންޖު ކުރުމުގައި އެންމެ ކުރީސަފުގައި ތިބި އެއް ބަޔަކީ ދިވެހި އަންހެނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ހޮނިހިރު ދުވަހު ފަށާފައިވާ "ރަށްވެހި ފެސްޓިވަލް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުޖުތަމައު ބިނާ ކުރުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ބަޔަކީ އަންހެނުން ކަމަށެވެ. އެގޮތުން ފާއިތުވި 7 އަހަރު ރާއްޖެ ދުއް އަނިޔާވެރި، ބިރުވެރި ވެރިކަމުގެ ދުވަސްވަރު އެ އަނިޔާއިން ދިވެހިން މިންޖުކުރުމަށް އެންމެ ކުރީ ސަފުގައި ތިބި އެއްބަޔަކީ ދިވެހި އަންހެނުންކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި އަންހެނުންގެ ބުރަ މަސައްކަތަށް އަބަދުވެސް ޝުކުރުވެރިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ފޯރިއާއެކު ކެމްޕެއިން ކުރަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އެންމެ ބޮޑު އަދި އެންމެ މުހިއްމު އިސްލާޙަކީ ކައުންސިލް ތަކުގައި އަންހެނުންނަށް ގޮނޑިތަކެއް ހަމަޖެއްސުން ކަމަށެވެ. އެގޮތުން ކުރިޔާ ޚިލާފަށް ކެމްޕެއިން ޕޯސްޓަރުތަކުންނާއި، ސިޔާސީ އިސް ސަފުން އަންހެން ކަނބަލުން ފެންނަން ފަށައިފިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ ސިޔާސީ މައިދާނުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

އޭގެ އިތުރުން، ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ ޕްރައިމަރީގައި އެމްޑީޕީގެ 968 ކެންޑިޑޭޓުން ވާދަކުރި ކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޕްރައިމަރީގައި 640 ކެންޑިޑޭޓުން ވާދަކޮށް 440 އަންހެނުން ޕްރައިމަރީ ކާމިޔާބުކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޤައުމެއްގެ ޙާލަތު ރަނގަޅު ކުރުމުގައި ވަރަށް ގިނަ ބައެއްގެ ހިއްސާ އެކުލެވޭ ކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނަށްވެސް ކުރިޔާ ޚިލާފަށް މިހާރު އުޖޫރައެއް ކަނޑައެޅިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކޮމިޓީގެ ހިންގުމާއި ވަސީލަތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ރައީސް ސޯލިޙުވަނީ އަންހެނުންނަށް ކުރިމަތިވާ އެކި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި، ސަރުކާރުގެ ދުރު ރާސްތާ ޕްލޭންގައި ކުރުމަށް ނިންމާފައިވާ ކަންކަމަށް އަލިއަޅުވާލައްވާފައެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

މިއީ ވައްކަމާއި ކޮރަޕްޝަނުގެ އޭ ޕްލަސް ސަރުކާރެއް: އަފީފް

30 އެޕްރީލު 2017
މިއީ ވައްކަމާއި ކޮރަޕްޝަނުގެ އޭ ޕްލަސް ސަރުކާރެއް: އަފީފް
06 އެޕްރީލު 2017

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

06 އެޕްރީލު 2017
ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ
05 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް
30 މާރިޗު 2017

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް