Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19

ރާއްޖޭގެ ރިސޯޓުތައް ހުސްކުރަން ޖެހުނަސް އެކަންވެސް ކުރާނަން: އަލީ ވަޙީދު

މި ސަރުކާރުން އަބަދުވެސް އިސްކަންދޭނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 މާރިޗު 2020 | ހޮނިހިރު 08:13
ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު

ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު

ރާއްޖޭގައި ކޮވިޑް-19 ފެތުރި މީހުން ކަރަންޓީން ކުރާނެ ޖާގަ ނެތް ޙާލަތެއްގައި ރާއްޖޭގެ ރިސޯޓުތައް ހުސްކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެކަށީގެންވާ ފިޔަވަޅު އެޅުން ލަސްވާ ކަމަށާއި، ކޮވިޑް-19 ފެތުރެމުންދާ ޤައުމުތަކުން ރާއްޖެއަށް މީހުން އައުން ހުއްޓުވުން ލަސްވަނީ އާންމު ރައްޔިތުންގެ ސިއްޙަތަށްވުރެ އިޤްތިސާދު މުހިއްމުވާތީކަމަށް ބުނެ ކުރެވެމުންދާ ތުހުމަތުތަކާ ގުޅިގެން ހުކުރު ދުވަހުގެރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ، މި ސަރުކާރުން އަބަދުވެސް އިސްކަންދޭނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ކޮވިޑް-19 އާ ގުޅިގެން ފިޔަވަޅުތައް އެޅުމުގައި ޚާއްސަ އެސްއޯޕީތަކެއް ޤާއިމު ކުރެވިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ކޮންމެ ނިންމުމެއް ނިންމަވަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށާއި، ވައިރަސް ފެތުރޭ ނިސްބަތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށްއޮތް ތަނުގައިވެސް އަޅުއްވާނެ ކަމަށެވެ.

އަދި ރާއްޖޭގައި މި ބަލި ފެތުރިއްޖެ ޙާލަތެއްގައި މީހުން ކަރަންޓީން ކުރާނެ ޖާގަ ނެތިގެން އުޅެން ނުޖެހޭނެކަން ފާހަގަކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތައް ހުސްކޮށްފައި މީހުން ކަރަންޓީން ކުރަން ޖެހުނަސް އެކަންވެސް ކުރައްވާނެ ކަމަށާއި، ދައުލަތަށް މުހިންމީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ފަރުކޮޅުފުށީގައި ޤާއިމު ކުރެވިފައިވާ ފެސިލިޓީގެ އިތުރުން ވިލިވަރުގައި ޤާއިމުކޮށްފައިވާ ފެސިލިޓީވެސް މިހާރު އޮތީ ތައްޔާރުކޮށް މީހުން ކަރަންޓީން ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ކަމަށެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑުތަކުގައި ރާއްޖޭގައިވެސް ކަރަންޓީން އިންތިޒާމްތައް ހަމަޖެހިފައި އޮންނާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

ރާއްޖޭގައި ޤާއިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކަށް ބަލާއިރު ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ ފެސިލިޓީގައި 40 ބެޑްގެ ކެޕޭސިޓީ ހުންނާނެ ކަމަށާއި، 2 އައިސީޔޫ ބެޑް އަދި 12 ކަރަންޓީން ރޫމް ހުންނާނެ ކަމަށް ކޮވިޑް-19 އާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ޓާސްކްފޯސް ޓީމުގައި ހިމެނޭ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން، ވިލިވަރުގައި ޤާއިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީއަކީ 30 ބެޑްގެ ކެޕޭސިޓީގެ ކަރަންޓީންއެއްކަމަށް އެ ފަރާތްތަކުން މައުލޫމާތު ދެއްވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު