Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުކުރު ޚުތުބާ

ދުނިޔޭގައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ޞާލިހު އަންހެނުން: ޚުތުބާ

ޒަވާޖީ ޙަޔާތެއް ބިނާކުރުމަށް ރަނގަޅު ބައިވެރިއަކު އިޚްތިޔާރުކުރަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 މާރިޗު 2020 | ހުކުރު 09:58
ހުތުބާގެ މައުޟޫއަކީ މުޖުތަމައުއެއް ބިނާކުރުމުގައި ހަރުދަނާ އާއިލާއެއްގެ ދައުރު

ހުތުބާގެ މައުޟޫއަކީ މުޖުތަމައުއެއް ބިނާކުރުމުގައި ހަރުދަނާ އާއިލާއެއްގެ ދައުރު

ދުނިޔޭގައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ޞާލިހު އަންހެނުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މުޖުތަމައުއެއް ބިނާކުރުމުގައި ހަރުދަނާ އާއިލާއެއްގެ ދައުރު މި މައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ހެޔޮލަފާ nދަރިފަސްކޮޅެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ ވާހަކަ ދައްކާފައެވެ. އަދި ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވާ ބަސްފުޅަށް ހަވާލާދީ ބުނެފައިވަނީ ޚުތުބާގައި ދުނިޔޭގައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ޞާލިހު އަންހެނުން ކަމަށެވެ.

އައިލާއެއް އުފެދިގެން އަންނަނީ، ޒަވާޖީ ޙަޔާތަކުންކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ ހަރުދަނާ ގޮތެއްގައި ޒަވާޖީ ޙަޔާތެއް ބިނާކުރުމަށް ރަނގަޅު ބައިވެރިއަކު އިޚްތިޔާރުކުރަން ޖެހޭ ކަމަށެވެ.

ޚުތުބާގައި ބުނީ އާއިލީ ލޯތްބާއި ކުލުނާއި އޯގާތެރިކަން ދެމި އޮތުމަކީ ހަރުދަނާ އާއިލާއެއްގެ އެންމެ މުހިންމު ރުކުން ކަމަށާއި، އަނބިދަރިންނަށް ހެޔޮކޮށް ކަންތައްކުރުމަކީ ހެޔޮކަންބޮޑުވެގެންވާ އަޅުކަމެއް ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ މައިންބަފައިން ކުރާ ހެޔޮ އަމަލުތަކުގެ ހެޔޮ އަސަރު ދަރިންނަށް ކުރާ ފަދައިން ނުބައި އަމަލުތަކުގެ ނުބައި އަސަރު ވެސް އެދަރިންނަށް ކުރާނެ ކަމަށެވެ. އަދި ކިތަންމެ ސިއްރުން ކުރިކަމުގައި ވިޔަސް، މައިންބަފައިންނަށް ކުރެވޭ ފާފަތަކަކީ ވެސް އޭގެ ސުންޕާކަން ދަރިންނަށް ފޯރަފާނެކަމަށެވެ.

ޚުތުބާގައި ބުނީ ހެޔޮލަފާ ދަރިފަސްކޮޅެއް ބިނާކުރުމަށް އެންމެހާ ފާފަތަކުން ދުރުވާންޖެހޭ ކަމަށާއި، މައިންބަފައިން ދަރިން ބޮޑުކުރުމަށް ހޯދާ މުދަލާމެދު ވެސް ސަމާލުވާންޖެހޭ ކަމަށެވެ. އަދި އެ މުދަލަކީ ޙަރާމް މުދާކަމުގައި ވާނަމަ، އޭގެ ނުބައި އަސަރު ވެސް ދަރިންނަށް ކުރާނެ ކަމަށް ޚުތުބާގައި ބުނެއެވެ.

ޚުތުބާގައި ބުނީ ދަރިންނަކީ ކިޔަމަންތެރި ހެޔޮލަފާ ދަރިންތަކަކަށް ވާނީ މައިންބަފައިން ރިވެތި ނަމޫނާ ދައްކައިގެން ކަމަށާއި، މަންމަ އާއި ބައްޕަ ފަސްނަމާދުކޮށް، ދީނީ އެހެނިހެން ވާޖިބުތަކަށް ރައްކާތެރިވާނަމަ، އެ ދެމީހުންގެ ކިބައިން ދަރިން ލިބިގަންނާނީ ހަމަ އެފަދަ ނަމޫނާ ކަމަށެވެ.

ޚުތުބާގައި ބުނީ އިންސާނީ މުޖްތަމަޢެއް އުފެދެނީ ކުދިކުދި ޢާއިލާތަކަކުން ކަމަށާއި، އެއާއިލާތައް ހަރުދަނާ ކުރެވިގެން މެނުވީ، ހަރުދަނާ މުޖްތަމައުއެއް ބިނާ ނުކުރެވޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު