Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރްސީ

އައިޓީބީ ކެންސަލްވުމާއެކު އޭގެ ގެއްލުން ދަނީ ވަމުން: ތޮއްޔިބު

6 މާރިޗު 2020 | ހުކުރު 07:30

ފަތުރުވެރިކަމުގެ ގިނަ ހަރަކާތްތަކެއް ވަނީ ކެންސަލް ކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 6 މާރިޗު 2020 | ހުކުރު 07:30
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު

ޖަރުމަނުވިލާތުގައި ބައްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރ އައިޓީބީ ފެއަރ ކެންސަލްވުމާއެކު އޭގެ ގެއްލުންވަމުންދާ ކަމަށާއި، ގެއްލުންތައް ކުޑަ ކުރުމަށް މިހާރު ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.

ބުރާސްފަތި ދުވަހު އެމްއެމްޕީއާރްސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ދުނިޔޭގައި ހަލުހި މިނެއްގައި ފެތުރެމުންދާ ކޮވިޑް19 ގެ ސަބަބުން މިހާރު ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ފަތުރުވެރިން ދަތުރުކުރުން މަދުކަން ފާހަގަކުރައްވައި ތޮއްޔިބު ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް މިހާރު ވެސް އެނގުން ވެފައިވާ ކަމަށާއި، ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ރާއްޖެއިން މިވައިރަސް ފެނިފައިނުވުމަކީ ލިބޭ ވަރަށް ބޮޑު ފައިދާއެއް ކަމަށެވެ.

އެހެންކަމުން ފަތުރުވެރިންނަށް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށާއި، މިފަހަރު އިޝްތިހާރު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ތަފާތު ގޮތަކަށް ކަމަށް ތޮއްޔިބު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ރާއްޖެ އިޝްތިހާރު ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ރަޝިޔާ އާއި އިންޑިޔާއަށް ކަމަށެވެ.

މީގެ އިތުރުން ތޮއްޔިބު ވިދާޅުވީ ކޮވިޑް19ގެ ސަބަބުން ދަތުރުކޮށްގެން ހިންގާ ކެމްޕެއިންތައް ހުއްޓާލި ނަމަވެސް އެމްއެމްޕީއާރްސީން ޑިޖިޓަލް އަދި އޮންލައިން ޕްލެޓްފޯމުތައް ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރު ކުރަމުންދާ ކަމަށެވެ. އަދި ސިންގަޕޫރު އެއާލައިން އާއި އެއާ އޭޝިޔާއާ އެކު ވެސް ޚާއްސަ މާކެޓިން ހަރަކާތްތަކެއް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. ތޮއްޔިބު ވިދާޅުވީ ބޮޑެތި ޓުއާ އޮޕަރޭޓަރުން ކަމަށްވާ ތޮމްސަން ހޮލިޑޭސް އާއި އަލްޕިޓޫރް ފަދަ ކުންފުނިތަކާ ގުޅިގެން ވެސް ހާއްސަ ކެމްޕެއިންތަކެއް ފަށާފައިވާ ކަމަށެވެ.

ޗައިނާގައި ވީޗެޓް ކެމްޕޭނެއް ފަށާފައިވާކަން ފާހަގަކުރައްވައި ތޮއްޔިބު ވިދާޅުވީ ވީޗެޓުން ހިތްވަރުދިނުމުގެ ތަފާތު މެސެޖްތައް ފޯރުކޮށްދެމުންދާ ކަމަށާއި، އުންމީދު ކުރަނީ މިހާރުގެ ހާލަތުން އަރައިގަނެ ދާދި އަވަހަށް އެގައުމުގެ ރައްޔިތުން ރާއްޖެއިން ފެނިގެން ދިއުން ކަމަށެވެ. އަދި ރާއްޖޭގެ ވިޒިބިލިޓީ އިތުރުކުރުމުގެ ގޮތުން އައުޓްޑޯ ކެމްޕޭންތައް އިޓަލީ، އިނގެރޭސިވިލާތް، އޭޝިއާ، ޗައިނާ، ޖަރުމަނުގައި ހިންގަމުންދާކަން ވެސް ތޮއްޔިބު ފާހަގަކުރެއްވިއެވެ.

ކޮވިޑް19 ފެތުރެމުން ދާތީ ފަތުރުވެރިކަމުގެ ގިނަ ހަރަކާތްތަކެއް ވަނީ ކެންސަލް ކޮށްފައެވެ. އައިޓީބީ އިންޑިއާ އާއެކު މިހާތަނަށް އައި އިރު ތިން ފެއާ އެއް ވަނީ ކެންސަލް ވެފައެވެ. އަދި ހަތަރު ރޯޑްޝޯ އެއް ކެންސަލް ކޮށްފައިވާއިރު ޔޫއޭއީގައި ބާއްވާ ޕާޓާ އެނުއަލް ސަމިޓް ވަނީ ކެންސަލްކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް