Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނިގިރޭސި އެފްއޭ ކަޕް

ޓޮޓެންހަމް ކެޓިއިރު، ސިޓީ އާއި ލެސްޓާ ކުއާޓާއަށް

ނޯވިޗް އަތުން ޓޮޓެންހަމް ބަލިވީ ޕެނަލްޓީގައި 3-2 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 5 މާރިޗު 2020 | ބުރާސްފަތި 06:36
ޓޮޓެންހަމް ހޮޓްސްޕާސް އާއި ނޯވިޗް ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން

ޓޮޓެންހަމް ހޮޓްސްޕާސް އާއި ނޯވިޗް ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން

އިނިގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުން ޓޮޓެންހަމް ހޮޓްސްޕާސް ކެޓިއިރު، ކުއާޓަރ ފައިނަލަށް މެންޗެސްޓަރ ސިޓީ އާއި ލެސްޓަރ ސިޓީ ދަތުރުކޮށްފި އެވެ.

މުބާރާތުގެ ފަސްވަނަ ބުރުން ޓޮޓެންހަމް ކެޓީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ނޯވިޗް ސިޓީ އަތުން ޕެނަލްޓީ ޖަހައިގެން 3-2 އިން ބަލިވުމުންނެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓޮޓެންހަމުންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ވަޓޮންގަންއެވެ. އޭގެ ފަހުން މެޗުގައި ނޯވިޗުން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ނަތީޖާ އެއްވަރުކުރީ މެޗުގެ 78 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވަރޑް ޖޯސިޕް ޑްރިމިޗް އެވެ.

އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރުވެސް ނަތީޖާ އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ޓޮޓެންހަމްގެ ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ދެ ޕެނަލްޓީ އެވެ. ނޯވިޗުން ވަނީ ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

މިއީ 1991 ވަނަ އަހަރުގެ ފަހުން ނޯވިޗް އެފްއޭ ކަޕްގެ ކުއާޓަރ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ކުއާޓަރއަށް މެންޗެސްޓަރ ސިޓީ ދަތުރުކުރީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ޝެފީލްޑް ވެންސްޑޭ އަތުން 1-0 އިން މޮޅުވެގެންނެވެ.

އިނގިރޭސި ދެވަނަ ޑިވިޝަނުގައި ވާދަކުރާ ވެންސްޑޭގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީއަށް ލަނޑު ޖަހައިދިނީ 53 ވަނަ މިނެޓުގައި ސާޖިއޯ އަގުއޭރޯ އެވެ.

އަގުއޭރޯގެ ލަނޑަށްފަހު ވެސް ލީޑު ފުޅާކުރަން ސިޓީ އަށް ވަނީ ހުސް ފުރުޞަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން މާރޭޒް އާއި ޖެސޫސްގެ އިތުރުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ރަހީމް ސްޓާލިން ފޮނުވާލި ބޯޅަތައް ވެންސްޑޭގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ.

މީގެ އިތުރުން މި މުބާރާތުގެ ކުއާޓަރއިން ލެސްޓަރ ޖާގަ ހޯދީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ބާމިންގްހަމް ސިޓީ އަތުން 1-0 އިން މޮޅުވެގެންނެވެ. އެފްއޭ ކަޕްގެ ކުއާޓަރ ފައިނަލުގައި މެންޗެސްޓަރ ސިޓީ ވާދަކުރާނީ ނިއުކާސަލް ޔުނައިޓެޑާ އެވެ. ނޯވިޗް ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޓެޑާއި ޑާބީ ކައުންޓީ ބުރާސްފަތި ދުވަހުގެރޭ ކުޅޭ ފަސްވަނަ ބުރުގެ މެޗުން މޮޅުވާ ޓީމަކާ އެވެ. ކުއާޓަރގެ އަނެއް ދެ މެޗުގައި ޝެފީލްޑް ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރާއިރު، ލެސްޓަރ ސިޓީ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު