Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19

މިހާތަނަށް ދުނިޔޭގެ 61 ޤައުމަކުން ވައިރަސް ރިޕޯޓުކޮށްފައިވޭ: ޑަބްލިއުއެޗްއޯ

3 މާރިޗު 2020 | އަންގާރަ 08:45

61 ޤައުމުން 8،739 މީހުން ވައިރަސްއަށް ޕޮޒިޓިވްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 މާރިޗު 2020 | އަންގާރަ 08:45
މި ވައިރަސް ވަރަށް ގިނަ ޤައުމުތަކަށް ފެތުރިފައިވޭ

މި ވައިރަސް ވަރަށް ގިނަ ޤައުމުތަކަށް ފެތުރިފައިވޭ

މިހާތަނަށް އައިއިރު ދުނިޔޭގެ 61 ޤައުމަކުން ވައިރަސް ރިޕޯޓުކޮށްފައިވާ ކަމަށް ވާރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި، ވައިރަސް އަލަށް ފެނުނު ޗައިނާގެ އިތުރަށް، ދުނިޔޭގެ 61 ޤައުމަކުން މިހާތަނަށް ކޮވިޑް-19 ޖެހިގެން އެ ޖަމްޢިއްޔާށް ރިޕޯޓުކޮށްފައިވެއެވެ. މިހާތަނަށް އެ ޖަމްޢިއްޔާއިން ބެލި ބެލުމުން 61 ޤައުމުން 8،739 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 127 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށް އެ ޖަމްޢިއްޔާ އިން ބުނެއެވެ.

ޗައިނާއިން ބޭރުން ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން ދަނީ 4 ޤައުމެއްގައެވެ. އެއީ ދެކުނު ކޮރެއާ، އިޓަލީވިލާތް، އިރާން އަދި ޖަޕާންކަމަށާއި، މި ޤައުމުތަކުގައި ވައިރަސް ފެތުރެމުންދަނީ އެ ޖަމްޢިއްޔާއިން ކަންބޮޑުވާ މިންވަރަކަށް ކަމަށް ވެސް އެޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދެނޯމް ގެބްރިޔޭސަސް ވިދާޅުވެފައިވެއެވެ.

ޑަބްލިއުއެޗްއޯ އިން މިހެން ބުނެފައިވާއިރު ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ހާމަކުރި ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެޤައުމުގައި ކޮވިޑް-19 ޖެހޭ މީހުންނާއި، ވައިރަސްގައި މަދުވާ މީހުންގެ ނިޞްބަތް މިހާރު ދަނީ ދަށްވަމުންނެވެ.

އެ ކޮމިޝަނުން މިއަދު ޢާންމުކުރި އެންމެ ފަހުގެ މަޢުލޫމާތުތަކައް ބަލާއިރު، އިއްޔެ އެޤައުމުގައި އަލަށް މިވައިރަސް ޖެހިގެން ރިޕޯޓުކޮށްފައިވަނީ 125 މީހުންނެވެ. އަދި އާދީއްތަ ދުވަހު 202 މީހުންނެވެ. އިއްޔެއަކީ ޖެނުއަރީގެ ފަހުން އެޤައުމުގައި އެންމެ މަދު ކޭސް ރިކޯޑުކުރެވުނު ދުވަހެވެ. އިއްޔެ އެޤައުމުން 31 މީހުން ވައިރަސް ޖެހިގެން މަރުވިއެވެ.

ހަމަ އެކަނި ވައިރަސް އަލަށް ފެނުނު ވުހާން ސިޓީއަށް ބަލާއިރުވެސް ނިޞްބަތުން ވައިރަސް ޖެހޭ މީހުންގެ އަދަު ވަނީ ދަށްވެފައެވެ. އިއްޔެ އެ ސިޓީން ވައިރަސްއަށް ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފައިވަނީ 111 މީހުންނެވެ. އޭގެ ކުރީ ދުވަހު 193 މީހުންނެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން މަޢުލޫމާތުދޭ ގޮތުގައި ވައިރަސްއަށް ފަރުވާ ދިނުމަށް ފަހު ގެއަށް ދޫކޮށްލާ މީހުންގެ ނިޞްބަތް މިހާރު ގިނައެވެ. އެހެންނަމަވެސް، އެކަމާއި ގުޅޭ އިތުރު ތަފުޞީލު މިއަދުގެ ޕްރެސް ކޮންފަރެންސްގައި ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

23 ޖޫން 2017

ގަތަރުން އެއްވެސް ޓެރަރިސްޓް ގްރޫޕަކަށް މިހާތަނަށް ވާގިވެރިވެފައި ނުވާނެ: ފޮރިން މިިނިސްޓަރު

23 ޖޫން 2017
ގަތަރުން އެއްވެސް ޓެރަރިސްޓް ގްރޫޕަކަށް މިހާތަނަށް ވާގިވެރިވެފައި ނުވާނެ: ފޮރިން މިިނިސްޓަރު
03 ޖޫން 2017

އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު

03 ޖޫން 2017
އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު
29 މެއި 2017

އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ

29 މެއި 2017
އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ
28 މެއި 2017

ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ޕޮގްބާ އުމުރާގެ އަޅުކަމުގައި

28 މެއި 2017
ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ޕޮގްބާ އުމުރާގެ އަޅުކަމުގައި
12 މެއި 2017

ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

12 މެއި 2017
ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި
17 އެޕްރީލު 2017

ކޮލަމްބޯގެ ކުނިފުންޏެއް ފުރޮޅާލުން: މިހާތަނަށް 29 މަރު، އިތުރު 30 މީހުން ނުފެނޭ

17 އެޕްރީލު 2017
ކޮލަމްބޯގެ ކުނިފުންޏެއް ފުރޮޅާލުން: މިހާތަނަށް 29 މަރު، އިތުރު 30 މީހުން ނުފެނޭ
22 މާރިޗު 2017

އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު

22 މާރިޗު 2017
އިނގިރޭސި ޕާލިމެންޓަށް ދިން ހަމަލާ: މިހާތަނަށް ލިބިފައިވާ މައުލޫމާތު
03 މާރިޗު 2017

އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް

03 މާރިޗު 2017
އިސްލާމް ދީނަކީ ދުނިޔޭގެ އެންމެ ބޮޑު ދީން ކަމުގައި 2070 އާ ހަމައަށް ވެގެންދާނެ: ރިޕޯޓް
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް