Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ބާސާ ބަލިކޮށް ރެއާލް އަލުން އެއްވަނައަށް

ބާސާ އަތުން ރެއާލް މޮޅުވީ 2-0 އިން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 މާރިޗު 2020 | އާދީއްތަ 22:26
ރެއާލް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

ރެއާލް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ބޮޑަށް ސަމާލުކަން ދޭ މެޗު ކަމަށްވާ އެލް ކްލަސިކޯ މެޗު ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއްވަނައަށް އަލުން ޖެހިލައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސެލޯނާ އަތުން ރެއާލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ރެއާލް އެއްވަނައަށް ޖެހިލީ އެއް ޕޮއިންޓުގެ ފަރަގަކާ އެކުއެވެ. ރެއާލަށް 26 މެޗުން 56 ޕޮއިންޓު ލިބިފައިވާއިރު، ބާސާއަށް 26 މެޗުން ލިބިފައިވަނީ 55 ޕޮއިންޓެވެ.

އާދީއްތަ ދުވަހުގެރޭ ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދެއްކީ ބާސާއިންނެވެ. އެގޮތުން މި ހާފުގައި ބާސާއިން ވަނީ ރެއާލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ބާސާގެ މިޑްފީލްޑަރު އާތޫރު މެލޯ އާއި ކެޕްޓަން ލިއޮނެލް މެސީ ނުރައްކާތެރި ދެ ހަމަލާއެއް އުފެއްދި ނަމަވެސް، އެ ދެ ހަމަލާވެސް ރެއާލްގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ވަނީ ހުށިޔާރުކަމާއެކު ދިފާއު ކޮށްފައެވެ.

ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފު ރެއާލުން ފެށީ ވަރުގަދަ ކޮށެވެ. އެގޮތުން ދެވަނަ ހާފުގެ ކުރީކޮޅު އޭރިއާ ބޭރުން ރެއާލްގެ މިޑްފީލްޑަރު އިސްކޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބާސާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓޭގަން ދިފާއުކުރިއިރު، އޭގެ ފަހުން ބޮލުން އިސްކޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ރޮނގު މަތިންހެން ދިފާއުކުރީ ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ.

މި މެޗުގައި ރެއާލުން ލީޑު ނަގާފައިވަނީ 71 ވަނަ މިނެޓުގައެވެ. މިޑްފީލްޑަރު ޓޯނީ ކްރީސް ދިން ޕާހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިނީޝިއަސް ޖޫނިއާ އެވެ. އަދި މެޗުގައި ރެއާލުން ލީޑު ފުޅާކޮށްފައިވަނީ އިތުރު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މަރިއާނޯ ޑިއާޒް އެވެ. އޭނާ މި ލަނޑު ޖެހީ ކުޅެންއަރާ ލިބުނު ފުރަތަމަ ބޯޅައިންނެވެ.

އަމިއްލަ ދަނޑުގައި ބާސާ އަތުން ރެއާލް މޮލެއް ހޯދިއިރު، މިއީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހަށްފަހު ލީގުގައި ބާސާ އަތުން ރެއާލް މޮޅުވި ފުރަތަމަ މެޗެވެ. މި ސީޒަނުގެ ލީގުގައި ކުޅުނު ފުރަތަމަ ކްލަސިކޯ މެޗު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު