Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެންޑަރ މިނިސްޓްރީ

ޗައިލްޑް ހެލްޕްލައިން 1412 އިން 24 ގަޑިއިރު ހިދުމަތެއް ނުދޭ!

1 މާރިޗު 2020 | އާދީއްތަ 16:52

މިއީ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް ކޮމިޓީން ނިންމާފައިވާ ކަންކަމުގެ ތެރެއިން އެކުލަވާލާފައިވާ އޮޑިޓެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 މާރިޗު 2020 | އާދީއްތަ 16:52
ކުޑަކުއްޖަކު ދައްކުވައިދޭ ރަމްޒީ ފޮޓޮއެއް

ކުޑަކުއްޖަކު ދައްކުވައިދޭ ރަމްޒީ ފޮޓޮއެއް

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގައި ޝަކުވާ ހުށަހެޅުމަށްޓަކައި ގާއިމުކޮށްފައިވާ ޗައިލްޑް ހެލްޕްލައިން 1412 އިން 24 ގަޑިއިރު ޚިދުމަތް ދެވެމުން ނުދާކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ކޮށްފައިވާ އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.

އޮޑިޓް އޮފީހުން ކޮށްފައިވާ މިއޮޑިޓަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަންކަމުގެ ތެރެއިން ކުޑަކުދިންގެ މައްސަލަތައް ތަހުޤީޤުކޮށް އެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވާ ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފެމިލީ ސަޕޯޓް ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތްތަކުގެ ޕަރފޯމަންސް ދެނެގަތުމަށް ކޮށްފައިވާ އޮޑިޓެކެވެ.

މިއޮޑިޓް ކުރުމަށްފަހު އޮޑިޓް އޮފީހުން ރިޕޯޓް އާންމުކޮށްފައިވާއިރު މިރިޕޯޓްގައި ބުނެފައިވަނީ ޗައިލްޑް ހެލްޕްލައިން، ކޯލް ސެންޓަރު ބަންދުކުރާ ގަޑިތަކުގައި އޮން-ކޯލްގައި ހުންނަ މުވައްޒަފަށް ކޯލްތައް ޑައިވަރޓްވާއިރު އެ މުވައްޒަފު ކޭހެއްގައި މަސައްކަތްކުރަމުންދާ ވަގުތާއި އޮން-ކޯލް ފޯނަށް ޖަވާބުދޭ ވަގުތުތަކުގައި ޑައިވަރޓްވާ ކޯލްތަކަށް ޖަވާބުނުދެވޭ ކަމަށެވެ. އަދި ޕްރޭންކް ކޯލްތަކާއި ސައިލެންޓް ކޯލްތަކާއި ކޭސްތަކާއި ގުޅޭ މައުލޫމާތު ބެލޭނެ އެހެން ނިޒާމެއް މިނިސްޓްރީން ގާއިމުކޮށްފައި ނުވުމުގެ ސަބަބުން ކޭސްވާކަރުން ރަސްމީ ބޭނުންތަކުގައި ހެލްޕްލައިނަށް ގުޅަމުން ދިއުމުން ޚިދުމަތަށް ބުރު އަރާ ކަމަށެވެ. އަދި ހެލްޕްލައިންގެ ޚިދުމަތް އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށް ނުދެވި އެފަރާތް ހުރި ހާލަތު އިތުރަށް ގޯސްވުމަށް މަގުފަހިވެގެންދިޔުމުގެ ފުރުސަތު އޮންނަކަމަށް މިރިޕޯޓްގައި ބުނެފައިވެ އެވެ.

މީގެއިތުރުން މިހެލްޕްލައިނަށް މިނިސްޓްރީގެ މުވައްޒަފުން ރަސްމީ ބޭނުންތަކުގައި ގުޅާކަން ފާހަގަ ކުރެވިފައިވާކަމަށްވެސް މިރިޕޯޓްގައި ބުނެފައިވެ އެވެ. އެގޮތުން އޮންކޯލްގައި ތިބޭ މުވައްޒަފުން ކޭސްތަކާއި ގުޅިގެން ސާފުކުރަންޖެހޭ މުހިންމު މައުލޫމާތު ސާފު ކުރުމަށާއި އެހެނިހެން ކަންކަމުގައި ހެލްޕްލައިނަށް ގުޅާކަން ފާހަގަކުރެވޭކަމަށް ރިޕޯޓްގައިވެ އެވެ. އަދި މިގޮތަށް ދިމާވަނީ ކޭސްތަކާއި ގުޅޭ މައުލޫމާތު ބެލޭނެ ނިޒާމެއް މިނިސްޓްރީގައި ގާއިމުކޮށްފައި ނުވުމުގެ ސަބަބުންކަމަށް ފާހަގަ ކުރެވޭކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެހެންކަމުން މިކަން އިސްލާހުކުރުމަށް ކޭސްވޯކަރުން އޮންކޯލްގައި ތިބޭ ވަގުތުތަކުގައި ކޭސްތަކުގެ މައުލޫމާތު ރިއަލް ޓައިމްކޮށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމާއެކު ހެލްޕްލައިންގެ އިޚުތިޞާސްގެ ތެރޭގައި ހިމެނޭ ކަމެއްގައި ކޮންމެހެން ގުޅަން ޖެހިގެން ނޫން ގޮތަކަށް ހެލްޕްލައިނަށް އިންޓަރނަލް ކޯލް ނުކުރުމަށް މުވައްޒަފުންނަށް އިރުޝާދު ދިނުމަށް މިނިސްޓްރީއަށް ދަންނަވާކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

މީގެއިތުރުން 24 ގަޑިއިރު ޚިދުމަތް ދެވޭ ފެންވަރަށް ކޯލްސެންޓަރުގައި އިންސާނީ އަދި އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށާއި ހެލްޕްލައިން ކޯލްތައް ޓްރެކް ކުރެވޭނެ ޚަރުދަނާ ނިޒާމެއް ގާއިމުކުރުމަށާއި ހެލްޕްލައިނަށް އަންނަ ކޯލްތަކުގެ ތެރެއިން މިސްވާ ކޯލްތަކުގެ އަދަދު ވީހާވެސް މަދުކުރުމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި ހެލްޕްލައިނަށް ރައްޔިތުން ހޭލުންތެރިކުރުމުގެ އިތުރު ޕްރޮގްރާމްތައް ރާވައި ހިންގުމަށްވެސް މިނިސްޓްރީއަށް ވަނީ ލަފާ އަރުވާފައެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ރާއްޖޭގެ ތާރީޚުގައިވެސް 24 ގަޑިއިރު ކަރަންޓް ފޯރުކޮށްދެނީ މި ސަރުކާރުން: ރައީސް

19 އޮކްޓޯބަރު 2017
ރާއްޖޭގެ ތާރީޚުގައިވެސް 24 ގަޑިއިރު ކަރަންޓް ފޯރުކޮށްދެނީ މި ސަރުކާރުން: ރައީސް
15 އޯގަސްޓު 2017

ގޮނޑި ގެއްލުނު މައްސަލަ: މެންބަރުންގެ ބަޔާންތަކުގައި ސޮއިކުރެވުނީ 8 ގަޑިއިރުން!

15 އޯގަސްޓު 2017
ގޮނޑި ގެއްލުނު މައްސަލަ: މެންބަރުންގެ ބަޔާންތަކުގައި ސޮއިކުރެވުނީ 8 ގަޑިއިރުން!
07 ޖުލައި 2017

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ : މެޓް

07 ޖުލައި 2017
ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ : މެޓް
06 ޖޫން 2017

އާރުއޯއެލްގެ އިންޓަނެޓް ހިދުމަތް ހަމައަކަށް އެޅެން 72 ގަޑިއިރު ނަގާނެ

06 ޖޫން 2017
އާރުއޯއެލްގެ އިންޓަނެޓް ހިދުމަތް ހަމައަކަށް އެޅެން 72 ގަޑިއިރު ނަގާނެ
05 ޖޫން 2017

ޤަތަރާއި ގުޅުން ކަނޑާލީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރިތާ 13 ގަޑިއިރު ފަހުން!

05 ޖޫން 2017
ޤަތަރާއި ގުޅުން ކަނޑާލީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރިތާ 13 ގަޑިއިރު ފަހުން!
05 ޖޫން 2017

ހަ ދުވަހުގެ ހަނގުރާމައަށް 50 އަހަރު – މެދުނުކެނޑި 7 ގަޑިއިރުވަންދެން ރައީސް މައުމޫން ހިންގެވި

05 ޖޫން 2017
ހަ ދުވަހުގެ ހަނގުރާމައަށް 50 އަހަރު – މެދުނުކެނޑި 7 ގަޑިއިރުވަންދެން ރައީސް މައުމޫން ހިންގެވި
02 މެއި 2017

މި ރަމްޟާން މަހު ވެސް ސަރުކާރު މުއައްޒަފުން މަސައްކަތް ކުރަން ޖެހެނީ އެންމެ ހަތަރު ގަޑިއިރު

02 މެއި 2017
މި ރަމްޟާން މަހު ވެސް ސަރުކާރު މުއައްޒަފުން މަސައްކަތް ކުރަން ޖެހެނީ އެންމެ ހަތަރު ގަޑިއިރު
24 އެޕްރީލު 2017

ޔާމީން މަރާލިތާ 24 ގަޑިއިރު: އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ

24 އެޕްރީލު 2017
ޔާމީން މަރާލިތާ 24 ގަޑިއިރު: އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ
23 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސަށް ދޮޅު ގަޑިއިރު، ޖަވާބުދާރީވުމަށް 30 މިނެޓް

23 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސަށް ދޮޅު ގަޑިއިރު، ޖަވާބުދާރީވުމަށް 30 މިނެޓް
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް