Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބީއެމްއެލް

ބީއެމްއެލްގެ ޕަރސަނަލް ލޯނާއި ފައިނޭސިންގއަށް ބަދަލުތަކެއް ގެނެސް، ހާއްސަ ޕްރޮމޯޝަނެއް

1 މާރިޗު 2020 | އާދީއްތަ 11:52

1 މާރިޗް އިން 30 އޭޕްރިލް އާ ދެމެދު ޕަރސަނަލް ލޯނާއި ފައިނޭންސިންގއަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 1 މާރިޗު 2020 | އާދީއްތަ 11:52
ބީއެމްއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ބީއެމްއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރަމުން ގެންދާ ޕަރސަނަލް ލޯނާއި ބީއެމްއެލް ފައިނޭންސިންގ ޕޯޓްފޯލިއޯ އަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

މި ބަދަލުތަކާއެކު ބޭންކުންވަނީ ލުއި އެކްސްޕްރެސް، ލުއި މައިކްރޯ، ބީއެމްއެލް ވެހިކަލް ލޯން، ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަދި ބީއެމްއެލް އިސްލާމިކް ވެހިކަލް ފައިނޭންސިންގ އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަން އެއް ފަށާފައެވެ.

ބީއެމްއެލުން ބުނީ، 1 މާރިޗް އިން 30 އޭޕްރިލް އާ ދެމެދު ޕަރސަނަލް ލޯނާއި ފައިނޭންސިންގއަށް އެދި ހުށަހަޅާ ފަރާތްތަކަށް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި މި ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ކޮންމެ ހަފްތާއަކު އެއް ފަރާތަކަށް އައިފޯނެއް ލިބޭނެކަމަށްވެސް ބޭންކުން ބުންޏެވެ. އަދި އޭގެއިތުރުން ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭސިންގއަށް އެދި ހުށަހަޅާ ކަސްޓަަމަރުންގެ ތެރެއިން ގުރުއަތުން ދެ ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހޮވޭ ކޮންމެ ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށާއި، އަދި ހަމައެހެންމެ ވެހިކަލް ލޯނާއި ވެހިކަލް ފައިނޭންސިންގ އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއްފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލުން ބުންޏެވެ.

މި ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑިރެކްޓަރ އޮފް ބިޒްނަސް ކުލްދިޕް ޕަލިވަލް ވިދާޅުވީ މި ގެނެވުނު ބަދަލުތަކާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕަރސަނަލް ލޯނާއި ފައިނޭންސިންގ ޕްރޮޑަކްޓްތަކަށް އެދި ހުށަހެޅޭނެކަމަށެވެ. ކަސްޓަމަރުންގެ މެދުގައި މަގުބޫލު ލޯނުތަކަށް ވަނީ ހެޔޮ ބަދަލުތަކެއް ގެނެވިފައިކަން ފާހަގަކޮށް، ކުލްދިޕް ޕަލިވަލް ވިދާޅުވީ ލައިފްސްޓައިލް ލޯނުގެ ގޮތުގައި މިހާރު 300،000 ރުފިޔާ އާއި ހަމަޔަށް ލޯނު ދޫކުރާނެކަމަށެވެ. އަދި ބީއެމްއެލް ވެހިކަލް ލޯނު މެދުވެރިކޮށް އިލެކްޓްރިކް ވެހިކަލް ގަތުމަށް މިހާރު ކުޑަ އިންޓްރެސްޓް ރޭޓެއް ވަނީ ހަމަޖެއްސިފައިކަމަށާއި، ލޯނުތަކަށް މި ގެނެވުނު ބަދަލުތައް ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކަށްވެސް ގެނެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ބީއެމްއެލުން ބުނީ، އެ ބޭންކު ނޫން އެހެން ބޭންކަކަށް ވޭތުވެދިޔަ 12 މަސްދުވަހު މުސާރަ ޖަމާވާ ކަސްޓަމަރުން ބީއެމްއެލް ޕޭރޯލް މެދުވެރިކޮށް 1 މަހު މުސާރަ ޖަމާކޮށްފައިވާނަމަ މިހާރު ލުއި އެކްސްޕްރެސް އަދި ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭސިންގ އަށް އެދި ހުށަހެޅޭނެކަމަށެވެ. އަދި، ފާއިތުވެދިޔަ 12 މަސްދުވަހު ވަޒީފާ އަދާކޮށްފައި، މިވަގުތު ވަޒީފާ އަދާކުރާތަނުގައި 3 މަސްދުވަސް ހަމަވެފައިވާނަމަ ލުއި އެކްސްޕްރެސް އަދި ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭސިންގ އަށް އެދި ހުށަހެޅޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައިކަމަށް ބީއެމްއެލުން ބުންޏެވެ.

ބޭންކުން ބުނީ ބީއެމްއެލް ޕޭރޯލް މެދުވެރިކޮށް މުސާރަ ޖަމާކުރާ ފަރާތްތަކުން ވަޒީފާގައި އުޅޭކަމުގެ ލިޔުމެއް ހުށަހަޅާކަށް މިހާރު ނުޖެހޭނެކަމަށެވެ. އަދި މުސާރައަށް އަންނަ ބަދަލާއެކު ނަގާފައިވާ ލޯނަކަށް 3 މަސްދުވަސްވެފައިވާނަމަ ރީފައިނޭންސްކުރުމުގެ ފުރުސަތުވެސް ވަނީ ހަމަޖައްސާފައިކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ ވެހިކަލް ލޯނާއި ވެހިކަލް ފައިނޭންސިންގއަށް ގެނެވުނު ބަދަލާއެކު ތިމާވެއްޓާ ރައްޓެހި (%100 އިލެކްޓްރިކް ވެހިކަލް) އުޅަނދު ގަންނަ ފަރާތްތަކަށް މިހާރު ކުޑަ އިންޓްރެސްޓް/ޕްރޮފިޓް ރޭޓެއްގައި ލިބޭނެކަމަށެވެ. އަދި ދެފުރޮޅުލީ އުޅަނދުގަތުމަށް އެއްވެސް ޑައުން ޕޭމަންޓަކާ ނުލައި ބީއެމްއެލް ވެހިކަލް ލޯނާއި ބީއެމްއެލް އިސްލާމިކް ވެހިކަލް ފައިނޭންސިންގވެސް ދިނުމަށް ވަނީ ހަމަޖެހިފައިކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލުން ބުނީ އާމްދަނީގެ ގޮތުގައި ކުލި ލިބޭ ފަރާތްތަކަށް ސެކިއުރިޓީއަކާ ނުލައި މިހާރު 300،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ނިންމާފައިކަމަށެވެ. ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެކަމަށާއި، ލައިފް ސްޓައިލް ލޯނު ނަގާފައިވާ ފަރާތްތަކުން ފާއިތުވެދިޔަ ގަވައިދުން ލޯނު ދައްކާފައިވާނަމަ ރީފައިނޭންސިންގ އަށް އެދި ހުށަހެޅޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައިކަމަށް ބޭންކުން ބުންޏެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 51 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި

23 އޯގަސްޓު 2017
ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި
23 އޯގަސްޓު 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!

23 އޯގަސްޓު 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!
08 އޯގަސްޓު 2017

ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!

08 އޯގަސްޓު 2017
ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!
20 ޖުލައި 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި
12 މެއި 2017

ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

12 މެއި 2017
ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ
05 މެއި 2017

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

05 މެއި 2017
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި
30 މާރިޗު 2017

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި
23 ފެބުރުއަރީ 2017

ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި

23 ފެބުރުއަރީ 2017
ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި
19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
13 ފެބުރުއަރީ 2017

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

13 ފެބުރުއަރީ 2017
ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް