Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮރޯނާވައިރަސް

ކޮވިޑް-19: ނާސާގެ ފޮޓޯތަކުން ފެންނަނީ ޗައިނާގެ ވައި ތަޣައްޔަރުވުން ކުޑަވެ، ސާފުވަމުންދާ މަންޒަރު

މުޅި ޗައިނާ ވަނީ ކޮރޯނާވައިރަސް އާ ގުޅިގެން ހުއްޓުމަކަށް އައިސްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 1 މާރިޗު 2020 | އާދީއްތަ 03:37
ނާސާއިން ހާމަކޮށްފައިވާ ސެޓެލައިޓް ފޮޓޯ

ނާސާއިން ހާމަކޮށްފައިވާ ސެޓެލައިޓް ފޮޓޯ

ހަލުވިކަމާއެކު ޗައިނާގައި ނޮވެލް ކޮރޯނާވައިރަސް ފެތުރެމުންދާތީ, މުޅި ޗައިނާ ވަނީ ގާތްގަޑަކަށް ހުއްޓުމަކަށް އައިސްފައެވެ. ޗައިނާއިން އެންމެ ފުރަތަމަ ވައިރަސް ފެނުނު ހޫބެއި ޕްރޮވިންސް ޖެނުއަރީ މަހުގެ ފަހު ހަފުތާއިން ފެށިގެން އެއްކޮށް ބަންދުކޮށްފައިވާއިރު، އެ ޤައުމުގެ ގިނަ ފެކްޓްރީތަކާއި ފިހާރަތަކާއި އޮފީސްތަކާއި މަސައްކަތްކުރާ ތަންތަން އެއްގޮތަކަށްވެސް ނުހުޅުވާތާ މަހެއްހާ ދުވަސް މިވަނީ ވެފައެވެ. ކޮންމެހެން ހުޅުވަންޖެހޭ ތަނެއް ނޫނީ ނުހުޅުވައެވެ. އަނެއްކޮޅުން ހޫބެއި ޕްރޮވިންސްގެ އެތައް މިލިއަން ބަޔަކު ވަނީ ގެތަކުގައި ތާށިވެފައެވެ.

އެއްގަމު ދަތުރުފަތުރުގެ ބޮޑު ނިޒާމަކުން ގުޅާލެވިފައިވާ ޗައިނާގެ ޕްރޮވިންސްތަކުގެ ދަތުރުފަތުރުގެ ނިޒާމު ވަނީ ހުއްޓަމަކަށް އައިސްފައެވެ. މީހުންނަށް ބޭރު ނިކުމެ އުޅުން ވަނީ ގިނަ ހިސާބުތަކުގައި މަނާކޮށްފައެވެ. ހަލުވިކަމާއެކު ޗައިނާގައި ވައިރަސް ފެތުރެމުންދާތީ އެކަން ކޮންޓްރޯލްކުރުމުގެ ގޮތުން އަަޅާފައިވާ މި ފިޔަވަޅުތައް އަދިވެސް ނިމުމަކަށް ނާދެއެވެ. ކޮންމެވެސް ވަރެއްގެ ދޫތަކެއް ދީފައިވީނަމަވެސް އަދިވެސް އެއްކޮށް މިކަންކަން ހަމައަކަށް ނޭޅެއެވެ.

އެހެންކަމުން ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ޤައުމު އަދި އިޤުތިޞާދީ ގިނަ މަސައްކަތްތަކެއް ކުރާ މައި އެއް ޤައުމު ވަނީ ގާތްގަޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ. އެއާއެކު އެންމެ ގިނަ ޢަދަދަކަށް ނުރައްކާތެރި ގޭސްތައް ޖައްވަށް ދޫކުރާ މި ޤައުމުގެ ވައި ފަށަލަވެސް މިވަނީ ސާފުވާން ފަށާފައެވެ.

ނާސާއިން އެންމެ ފަހުން ހާމަކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކަށް ބަލާލާއިރު ޖެނުއަރީ މަހާއި އަޅާބަލާއިރު، ފެބްރުއަރީ މަހު އެ ޤައުމުގެ ވައިގެ ފަށަލަ ވަނީ ސާފުވެފައެވެ. ވައި ތަޣައްޔަރުވުން ކުޑަވެ ޗައިނާ ފެންނަލެއް ސާފުކަމަށް އެފޮޓޯތަކުން ފެނެއެވެ. ނާސާއިން ހާމަކޮށްފައިވާ މެޕަކީ ވައިގައި ނައިޓްރޮޖަން އޮކްސައިޑްގެ ލެވެލް ހުރި މިންވަރު ދައްކުވައިދޭ މެޕެކެވެ. މި މެޕުން ފެންނަގޮތައް ޗައިނާގެ ފެކްޓްރީތަކުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވުމުން އެ ޤައުމުން ޖައްވަށް ދޫކުރާ ނައިޓްރޮޖަން އޮކްސައިޑްގެ މިންވަރު މިވަނީ ދަށަށް ގޮސްފައެވެ.

ނާސާގެ ސައިންޓިސްޓުން ބުނާގޮތުން އުޅަނދުތަކުންނާއި، އިންޑަސްޓްރިއަލް ފެސިލިޓީތަކުން ޖައްވަށް ދޫކުރާ ނައިޓްރޮޖަން ޑައިއޮކްސައިޑްގެ ލެވެލް ދަށްވަމުންދާތަން އެންމެ ފުރަތަމަ ފެނިގެންދިޔައީ ވުހާން ސިޓީންނެވެ. ވުހާން ސިޓީއަކީ މި ވައިރަސް އެންމެ ފުރަތަމަ ފެނުނު އަދި އެންމެ ގިނަ މީހުންނަށް މިވައިރަސް ޖެހިގެން ރިޕޯޓުކުރަމުންދާ ސިޓީއެވެ. އަދި އެއަށްފަހު، މުޅި ޗައިނާއިން އެމަންޒަރު ފެންނަން ފެށިއެވެ.

ނާސާއިން ވަނީ މިދިޔަ އަހަރުގެ މި ދުވަސްވަރާއި، މިއަހަރުގެ މި ދުވަސްވަރާ ވައިގެ ތަޣައްޔަރުވުން ހުރި މިންވަރުވެސް އަޅާކިޔާފައެވެ. ނާސާއިން ބުނާގޮތުން އެ ޤައުމުގެ އެތައް މިލިއަން ބަޔަކު ގޭގައި ތިބުމުގެ ސަބަބުން ދަތުރު ފަތުރު ކުރުމާއި، އެހެނިހެން އިގްތިޞާދީ އަދި އުމްރާނީ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވުމުގެ ސަބަބުން އެ ޤައުމުގެ ވައި ތަޣައްޔަރުވުން ވަނީ ކުޑަވެފައެވެ. ނާސާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިއީ މިހާ އަވަހަށް އެހާ ބޮޑު ހިސާބަކުން ވައި ތަޣައްޔަރުވުން ކުޑަވެގެން ފެނިފައިވާ ފުރަތަމަ ފަހަރެވެ. މީގެކުރިން 2008 ވަނަ އަހަރު އައި އިކޮނޮމިކް ރިސެޝަންގައިވެސް ނައިޓްރޮޖަން ޑައިއޮކްސައިޑް ލެވެލް ދަށްވަމުން ގޮސްފައިވާކަން ވަނީ ފާހަގަވެފަ އެވެ.

މީގެއިތުރުން ނާސާއިން ބުނެފައިވަނީ ކޮންމެ އަހަރެއްގެވެސް ޗައިނާގެ އައު އަހަރާ ދިމާކޮށް ޖެނުއަރީ މަހުގެ ފަހު ކޮޅާއި ފެބްރުއަރީ މަހުގެ ކުރީކޮޅު އެ ޤައުމުގެ ވައި ތަޣައްޔަރުވުން ދަށަށް ދާކަން ފާހަގަކުރެވެއެވެ. އަދި އައު އަހަރަށް ފަހު އަނެއްކާވެސް ވައިގެ ތަޣައްޔަރުވުން އިތުރުވަމުން ދެއެވެ. އެހެންނަމަވެސް މިފަހަރު ވައިގެ ތަޣައްޔަރުވުން ދަށަށް ގޮސްފައިވަނީ ފާހަގަކުރެވޭހާ މައްޗަށް ކަމަށް ނާސާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް، މިއީކީ އެއްވެސް ބަޔަކު ހައިރާންވާނެ ކަމެއް ނޫނެވެ.

މުޅި ޗައިނާ ކޮރޯނާވައިރަސް އާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާއިރު، އެ ޤައުމުގެ ގިނަ ޞަަރަޙައްދުތައް ވަނީ ބަންދުކޮށްފަ އެވެ. އެންމެ ބޮޑު އާބާދީ އޮންނަ ޗައިނާގެ މަގުތައް ވަނީ ފަޅުވެފައެވެ. މިހާތަނަށް ޗައިނާއިން މިވައިރަސް ޖެހިގެން 2870 މީހުން މަރުވެފައިވާއިރު، ޗައިނާއިން މިވައިރަސް 79,824 މީހުންނަށް ވަނީ މިހާތަނަށް އާއިރު ޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެންނަނީ ތުންދިގު ހިބަރުތަކެއް އޮޑިއަށް ފުންމާލިތަން، ދެން ޖެހޭނީ ސަލާމަތް ހޯދަން

ފެންނަނީ ތުންދިގު ހިބަރުތަކެއް އޮޑިއަށް ފުންމާލިތަން، ދެން ޖެހޭނީ ސަލާމަތް ހޯދަން

28 އޯގަސްޓު 2019
ދިވެހި ކުޅިވަރުގެ ކުރިމަގު ފެންނަނީ އުޖާލާކޮށް!

ދިވެހި ކުޅިވަރުގެ ކުރިމަގު ފެންނަނީ އުޖާލާކޮށް!

15 އޯގަސްޓު 2019
އިބޫ އާންމުންގެ ގެތަކަށް، ފެންނަނީ ރައީސް ޔާމީންގެ ކެމްޕެއިންގެ ބަލިކަށިކަން؟!

އިބޫ އާންމުންގެ ގެތަކަށް، ފެންނަނީ ރައީސް ޔާމީންގެ ކެމްޕެއިންގެ ބަލިކަށިކަން؟!

07 ޖުލައި 2018
ޗައިނާގެ \"ފަށުވި މަގު\" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް

ޗައިނާގެ "ފަށުވި މަގު" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް

11 ޖެނުއަރީ 2018
ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން މޮޅެއް ނުލިބޭ، ފެންނަނީ ސަރުކާރު ރޭރުވާތަން!

ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން މޮޅެއް ނުލިބޭ، ފެންނަނީ ސަރުކާރު ރޭރުވާތަން!

10 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު