Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މުޅި ރާއްޖެ ދިޔަޔަސް މަށެއް ނުދާނަމެވެ.

29 ފެބުރުއަރީ 2020 | ހޮނިހިރު 09:50

ޔާމީނުގެ ވެރިކަމަކީ، މިރާއްޖެ ފަހުގެ ތާރީޚުގައި ދުށް އެންމެ ނާމާން ބިރުވެރި ވެރިކަން

ރާއްޖެ އެމްވީ | 29 ފެބުރުއަރީ 2020 | ހޮނިހިރު 09:50
ޕީޕީއެމުން ހުކުރުދުވަހުގެރޭ ބޭއްވި ޖަލްސާގެ ތެެރެއިން

ޕީޕީއެމުން ހުކުރުދުވަހުގެރޭ ބޭއްވި ޖަލްސާގެ ތެެރެއިން

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފެށުމަށް މާ ބޮޑު އެއްވުމެއް މާލޭގައި ޕީޕީއެމުން ބޭއްވި ވާހަކަ ނޫސްތަކުގެ ފަލަ ސުރުޚީ ތަކުގައި ލިޔެ ފަވާލައިފިއެވެ. ތެދެކެވެ. މުޅި ރާއްޖޭގެ އުތުރާ ދެކުނުން، ވަކި ރަށެއް އިސްތިޘްނާ ނުކޮށް ހުރިހާ ރަށަކުން މީހުން މާލެ ގެނެސްގެން ބޭއްވި ޖަލްސާގެ މަންޒަރުތަކުންވެސް މީހުން އެތަނުގައި ތިބިކަން އެނގެއެވެ.

ޔާމީން ޢަބްދުލް ޤައްޔޫމްގެ ފަސް އަހަރުގެ ވެރިކަމަކީ ދެބަސް ވެވެން ނެތް ގޮތުގައި މިރާއްޖެ ފަހުގެ ތާރީޚުގައި ދުށް އެންމެ ނާމާން ބިރުވެރި ވެރިކަމެވެ. އެ މަނިކުފާނުގެ ވެރިކަން ދެމެހެއްޓުމަށް ބޭނުން ކުރެއްވި އެންމެ ވަރުގަދަ ދެ ހަތިޔާރަކީ ބިރު ދެއްކުމާއި، ފައިސާ އެވެ.

ވެރިކަމުގެ ކަމަކާ ނުރުހޭ ކޮންމެ މީހަކީ ބިރު ވެރި ކަމުގެ ތެރެއަށް ވެއްޓެން މަޖުބޫރުވި މީހެކެވެ. ވަޒީފާގެ ބިރެވެ. ނޫނީ ޖަލުގެ ކުޑަގޮޅި އަށް ވައްދަފާނެ ކަމުގެ ބިރެވެ. ރައީސް ޔާމީނަށް ސަނާ ކިޔުމުގައި ޝާމިލުވެ އުޅޭނަމަ އޭގެ އަނެއް ކޮޅެވެ. ކޮޅު ނެތް ކޮޅަށް މަންފާތަކެވެ. ފައިސާއެވެ. ފްލެޓާއި މުދަލެވެ. އާރާއި ބާރެވެ. އަރިހުގައި ތިއްބެވި މަޖިލިސް މެންބަރުންނަކީ ހިތައް އެރި ކޮންމެ ކަމެއް ސަރުކާރުގެ ތެރެއިން ހިތައް އެރި ގޮތަކަށް ކުރެވޭނެ މަގު ތަނަވަސްވެފައި ތިބި ބައެކެވެ. ނުޙައްޤު އެތައް މަންފާތަކެއް އެމީހުންނަށް ދިޔައީ ހައްދެއް ނެތި ލިބެމުންނެވެ. އެމީހުންގެ ވަށައިގެން އެނބުރެމުން ދިޔަ މީހުންނަށް ދިޔައީ މެންބަރުންނަށް ލިބުނު މަންފާތަކުގެ ރާހަތް ކިތަންމެ ރަނގަޅަކަށްވެސް ކުރަމުންނެވެ.

ބިޔަ ބޮޑު ޖަލްސާއަށް ތައްޔާރުވަމުން ދިޔަ އިރު އެއްކަލަ ބިރުވެރި ކަމެއް ނެތެވެ. ސަރުކާރު ކުންފުނިތަކާއި އޮފީސްތަކުގައި މުސާރަވެރިންގެ ގޮތުގައި ތިބި އެތައް ބަޔަކު ދުވާލުގެ އަލީގައި ޖަލްސާ އަށް ގޮނޑިޖަހާ ދިދަފަތި ދަމާ ހަދަމުން ގެންދިޔައީ މާދަމާވެސް އޮފީހަށް ނުކުމެ މުސާރަ ނަގައިގެން ޔާމީން ޕްރޮމޯޓް ކުރުމަށް އުޅުމަކަށް އެއްވެސް ބިރެއް، ހުރަހެއް، ނެތް ކަން އެނގި ތިބެއެވެ. އޮފީހުގައި ތިބެގެންވެސް އެމީހުންނަށް ފޭސްބުކް ގަޔާއި ވައިބަރ ގްރޫޕްތަކުގައި ސަރުކާރަށް އެއްޗެހި ގޮވާ ފިތުނަ އުފެއްދުމަށްވެސް ހުރަހެއް ނެތެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އިދިކޮޅު ފަރާތަކުން ބައްދަލުވުމެއް ބާއްވަން އުޅޭނަމަ އެއީ އަނެއް ހަނގުރާމައެވެ. ދައުލަތުގެ ހުރިހާ ބާރެއް އެކަމުގައި ބޭނުންކޮށް އަދި އެވަރުން ނުވެގެން ޒުވާނުންނަށް ފައިސާ ދީގެން ވިޔަސް ކުރެވުނު ޖެއްސުމެއް އެކަމަކަށް ކޮށް އެޅުނުހާ ހުރަހެއް އަޅަމުން ދިޔަ ނަމަވެސް، މިހާރު އިދިކޮޅު މީހުން، ކަމެއް ރާވާ އިންތިޒާމު ކުރަނީ ސަރުކާރުން ކަމެއް ކުރަން އުޅުމަށްވުރެވެސް ފަސޭހަކޮށްނެވެ. މާ ފަސޭހަ ކޮށްނެވެ.

އެމްޑީޕީން ލާމަރުކަޒީ އިންތިޚާބުގެ ކެމްޕޭން "ރަށްވެހި ފަތިސް" ގެ ނަމުގައި ލޯންޗް ކުރުމަށް ބޭއްވި ޖަލްސާއަށް މީހުން ދިޔަލެއް މަދުވެގެން އެކަމުގެ ވާހަކަ ދައްކާއިރު، އެމްޑީޕީން އެކަން އިންތިޒާމު ކުރި ގޮތް ހަމަ ހަނދާނުގައި ނެތުނީހެއްޔެވެ؟ އެމްޑީޕީން އިސްކަން ދިނީ އެކަންވެސް ލާމަރުކަޒީ އުޞޫލުން ކުރުމަށެވެ. މުޅި ރާއްޖޭގައި އެއްފަހަރާ ހުރިހާ ރަށެއްގައި ޖަލްސާ ބޭއްވުމަށް ހުރިހާ ވަޒީރުންނާ، މަޖިލިސް މެންބަރުންނާއި، ކުންފުނި ތަކުގެ އެމްޑީންނާއި، ޕާޓީގެ އިސް ސަފުގައި ޙަރަކާތްތެރިވި އެންމެން މިޞްރާބު ޖެހީ އެކި ރަށްރަށަށެވެ. ވިސްނީ މާލޭގެ ބައްދަލުވުމުގެ ގޮނޑިތައް ފުރާކަށް ނޫނެވެ. ލާމަރުކަޒު ޖަލްސާ މަރުކަޒުކޮށް ބޭއްވުމުން އެ ކުރެވެނީ ކޮންފަދަ ދެކޮޅު ނުޖެހޭ ކަމެއްކަން އެމްޑީޕީއަށް ވިސްނެނީ ކަމަށްވެދާނެއެވެ.

ބިޔަ ބޮޑު ސިޔާސީ ބައްދަލުވުންތަކަކީ، ކޮބައިކަން ރާއްޖެއަށް ތަމްސީލު ކުރަން ފެށި އެމްޑީޕީން އެންމެ ފަހުން ބޭއްވި ބައްދަލުވުމަށް އެމްޑީޕީގެ އަސްލު ސައިޒް ދައްކާ ނުލެވުމުގައި، އެމްޑީޕީގެ މެންބަރުންގެ ހިތްހަމަ ނުޖެހުންތައް ކޮންމެވެސް ދައުރެއް އަދާކުރި ކަމުގެ އަޑުތައް ފެތުރުނެވެ. އެކަން އެއީ ކޮންމެވެސް ހަޤީޤަތެއް އޮތް ކަމަކަށްވެސް ވެދާނެއެވެ. އިވޭ އަޑުތަކަށް ބަލާއިރު، ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގައި އަދިވެސް ރަނގަޅު މަޤާމެއް އޮތް ނަމަ އެކަމެއްގައި ތިބީ ރައީސް ޔާމީން ވެރިކަން ނަގަހައްޓަން ތިބި މީހުން ކަމަށް ވެއެވެ. ރައީސް ޔާމީނުގެ އަނިޔާވެރި ވެރިކަން ބަދަލު ކުރަން އެތައް ޤުރުބާނެއް ވީ މީހުން ތިބީ މަގުމަތިވެފައި ކަމަށް އެމީހުން ބުނެއެވެ. އެމީހުންގެ ޝަކުވާއަކީ އޭރުވެސް މިހާރުވެސް މޮޅު ގޮތް އޮތީ ރައީސް ޔާމީނަށްޓަކައި އުޅުނު މީހުންނަށްވުމެވެ.

އަނެއް ކޮޅުން، ޕީޕީއެމްގެ އިސް ސަފުގައި ޙަރަކާތްތެރިވަމުންދާ ގިނަ މީހުންނަކީ އޭރުގެ ވެރިކަމުގައި ބޮޑެތި ވައްކަމާއި ކޮރަޕްޝަނުގެ ޢަމަލުތައް ރާވާ ހިންގި މީހުންނެވެ. އެމީހުންނަކީ އެތައް ނާޖާއިޒު ފައިދާތަކެއް ހޯދާފައިވާ މީހުންނެވެ. ވެރިކަން ބަދަލު ކުރުމަށް ބަޔަކު ނުކުމެ ގަދައަޅާ މަސައްކަތް ކުރީ ޚިޔާނަތްތެރިން ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށެވެ. އެމްޑީޕީ ސަޕޯޓަރުންގެ ޝަކުވާއެއް ކަމަށްވަނީ އެމީހުން އިންސާފުގެ ކުރިމައްޗަށް ދޮޅު އަހަރު ވެގެންދާ އިރުވެސް ނުގެނެވުމެވެ. ނޫނީ ސަރުކާރުން އެކަންކަމަށް މިހާރު މާބޮޑު ފަރުވާލެއް ނުބަހައްޓާ ކަމުގެ އިޙުސާސް ކުރެވުމެވެ. އެމްޑީޕީގެ ސަޕޯޓަރުންގެ ނަޒަރުގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގާ ޙަރަކާތްތަކުގެ އިންޖީނު ހިންގަނީ އޭރު ނާޖާއިޒު ގޮތުގައި ހޯދި ފައިސާއިންނެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހިންގަން އެމްޑީޕީގެ ސަޕޯޓަރުން މާލީ އެހީތެރިކަމެއް ލިބޭނެ މަގެއް ނުފެނުނަސް އިދިކޮޅު މީހުން އަތުގައި ފައިސާ އެބަހުއްޓެވެ. ސަރުކާރުން އަޅާ ނުލާނެ ކަމަށް ބަލާ އެމީހުން އެތިބީ މިހާރު ހަމަ އިސްކޮޅަށް ތެދުވެ ސަރުކާރަށް ދިމާކުރުމުގައެވެ.

އަނެއްކޮޅުން، ސަރުކާރުގެ މަޝްރޫޢުތައް ލަސްވުމާއި، ބައެއް މިނިސްޓަރުންނާއި، ކުންފުނިތަކުގެ އެމްޑީން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދިނުމުގައި އިންތިހާއަށް ފަރުވާ ކުޑަވުމާއި، އަޅާ ނުލުމުގެ މައްސަލައަކީވެސް އެމްޑީޕީ މެންބަރުންގެ ކަންބޮޑުވުމެއް ކަމަށް ވެއެވެ. ވެރިކަން ބަދަލުވުމާއެކު ބޮޑެތި އެމްޑީންނަށާއި، ވުޒާރާތަކަށް އިސްކުރެވުނު ބައެއް މީހުންނަކީ ކިހިނެއް ކޮންތާކުން އައި ބައެއް ކަމެއްވެސް ނޭނގޭ ކަމަށް ވެއެވެ. އޭގެ ތެރެއިން ބައެއް އެމްޑީން ފާޅުވީ ކުއްލިއަކަށެވެ. އެމްޑީޕގެ ސަޕޯޓަރުންގެ ނަޒަރުގައި އެފަދަ ބައެއް އެމްޑީންނާއި މިނިސްޓަރުންނަކީ ހަމަ އެއްގޮތަކަށްވެސް ތެދުވެރި ޚިދުމަތެއް މި ސަރުކާރަށް ކޮށްދޭނެ ބައެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އިދިކޮޅު ފަރާތްތަކަށް ސިދާ ގޮތުންނާއި ނުސީދާ ގޮތުން އެހީތެރިވެދޭ ބައެކެވެ.

ކޮންމެއަކަސް ސަރުކާރުގެ ޕާފޮރމަންސާއި ރައްޔިތުންގެ ހިތްހަމަ ނުޖެހުމުގެ ޒިންމާ ކޮނޑުގައި އަޅަންޖެހޭ ޕާޓީއަކަށް ވެފައި އޮންނަތަން މި ފެންނަނީ އެމްޑީޕީ އަށެވެ. ކޯލިޝަން ވެރިކަމޭ ކިޔާ ސަރުކާރު ފޮތިފޮތިކޮށް މަޤާމުތަކާއި ޙަވާލުވެ ތިބި ބޮޑެތި ބޭފުޅުންނަށް މި ބަދުނާމު އިސްތަށިފުޅުގައި އަޅުއްވަން ޖެހިވަޑައިނުގަންނަވާކަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ.

ވެރިކަމަށް މި ސަރުކާރު ގެނައުމަށް ބުރަ މަސައްކަތް އެތައް އަހަރަކު ވަރުބަލިވުމެއް ނެތި ކުރި އެތައް ބައެއްގެ ހިތްހަމަ ނުޖެހުން ބައިވަރެވެ. މާޔޫސްކަންވެސް ބޮޑެވެ. އެކަމަކު މި ހިތްހަމަ ނުޖެހުންތަކަށް ހިތައް ފިނިކަން ގެންނަން ކުރީގެ ރައީސް ޔާމީނާއި، އޭނާގެ ވެރިކަމުގެ ފޮނިކަން ލިބުނު މީހުންނާ ބައިވެރިވާން ދެވޭނީ ކިހިނެއް ހެއްޔެވެ؟ އެ ދުވަސް މިހާރު ހިތައް އަޔަސް ހަށިގަނޑަށް ވެރިވަނީ ބިރުވެރިކަމާއި ނާމާން ކަމެވެ. ކިތަންމެ ދަތީގައި އުޅެން ޖެހުނަސް މިއަދު މި ލިބުނު މިނިވަން ކަމުގެ އަގު މާބޮޑެވެ. ބިރުވެރި ކަމުގެ ތެރެއަކަށް ދާކަށް ބޭނުމެއް ނޫނެވެ. ވައްކަމާއި، ރިޝްވަތާ ޚިޔާނަތައް ތާއީދު ކުރެވޭނެ ގޮތެއް ނެތެވެ. ބޭ އިންސާފު އަލުން ދެކެން އަމުދުން ބޭނުމެއް ނުވެއެވެ. މުޅި ރާއްޖެ އެ އެއްވުމަށް ދިޔަޔަސް، އެކަމަށް ތާޢީދު ކުރެވޭނެ ގޮތެއް ނެތެވެ. ސުވާލަކީ އެ ޖަލްސާ އަށް ދިޔަ އެންމެންނަކީ އިއްޔެގެ ހަނދާންތައް ސިކުނޑިން ފޮހެވި، އިއްޔެ ލޯމަތިން ހާމަވި މަންޒަރުތައް އަލުން އަނބުރާ އިއާދަވުން އެދޭ މީހުން ބާވައެވެ؟ "ފިނި ހިޔަލަކުން ގަދަ ހޫނަކަށް ނުދާނަމެވެ." މުޅި ރާއްޖެ ދިޔަޔަސް، މަށެއް ނުދާނަމެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

19 މާރިޗު 2017

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
25 ފެބުރުއަރީ 2017

ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

25 ފެބުރުއަރީ 2017
ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!
23 ފެބުރުއަރީ 2017

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟
16 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

16 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
17 ޖެނުއަރީ 2017

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.
09 ޖެނުއަރީ 2017

ދެމަފިރިންގެ ކުއްލި މަރާއެކު މުޅި ވިލުފުށި ފެންކަޅިވެފައި

09 ޖެނުއަރީ 2017
ދެމަފިރިންގެ ކުއްލި މަރާއެކު މުޅި ވިލުފުށި ފެންކަޅިވެފައި
08 ޖެނުއަރީ 2017

ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.

08 ޖެނުއަރީ 2017
ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.
07 ޖެނުއަރީ 2017

ރާއްޖެ މާލީ އަޅުވެތިކަމާ ދިމާއަށް!

07 ޖެނުއަރީ 2017
ރާއްޖެ މާލީ އަޅުވެތިކަމާ ދިމާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް