Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލޭޑީ ގާގާ

ކުރިން ދުވާލަކު 40 ސިނގިރޭޓު ބޮން، މިހާރު އެއްކޮށް ހުއްޓާލައިފިން: ލޭޑީ ގާގާ

3 އަހަރަށްފަހު ލޭޑީ ގާގާ ވަނީ ސޯލޯ ލަވައެއް ނެރިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ފެބުރުއަރީ 2020 | ހޮނިހިރު 08:46
ލޭޑީ ގާގާ

ލޭޑީ ގާގާ

މީގެ ކުރިން ދުވާލަކު ގާތްގަނޑަކަށް 40 ސިނގިރޭޓް ބޮވޭ ކަމަށާއި، ނަމަވެސް މިހާރު އެއްކޮށް ހުއްޓާލާފައިވާކަމަށް އެމެރިކަން ސިންގަރ އަދި ސޯންގ ރައިޓަރ ލޭޑީ ގާގާ ބުނެފިއެވެ.

3 އަހަރަށްފަހު ލޭޑީ ގާގާ ނެރުނު ފުރަތަމަ ސޯލޯ ލަވަ "ސްޓުޕިޑް ލަވް" ރިލީސްކޮށްފައިވާއިރު، ލަވައިގެ ޕްރޮމޯޝަނެއްގެ ތެރެއިން ނިއު މިއުޒިކް ޑެއިލީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، މީގެ ކުރިން ދުވާލަކު ގާތްގަނޑަކަށް 40 ސިނގިރޭޓް ބޮވޭ ކަމަށާއި، ނަމަވެސް މިހާރު އެއްކޮށް ހުއްޓާލާފައިވާކަމަށެވެ.

އެގޮތުން، އޭނާއަކީ ސިނގިރޭޓު ބުއިމަށް ކުރިން ދެވިހިފާފައިވާ މީހެއް ކަމަށާއި، އެ އާދައާ ދުރަށް ދިއުމަކީ ވަރަށް އުނދަގޫކަމެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. ގާގާ ބުނީ، ސިނގިރޭޓު ބުއިން ހުއްޓާލުމަކީ ވަރަށް ބޮޑު ވޭނެއްކަމަށެވެ. އަދި ދެން ދުވަހަކުވެސް ސިނގިރޭޓު ބުއިމަށް ޤަސްދު ނުކުރާ ކަމަށްވެސް ގާގާ ބުންޏެވެ.

ލޭޑީ ގާގާ ވަނީ މީގެ ކުރިންވެސް ސިނގިރޭޓު ބުއިން ހުއްޓާލާފައި އަލުން ފަށާފައެވެ. އެގޮތުން މިފަހަރުވެސް އެކަން ތަކުރާރުވެދާނެތޯ އިންޓަވިއުގައި ސުވާލު ކުރުމުން އޭނާ ބުނީ، ސިނގިރޭޓު ބުއިން ހުއްޓާލުމަކީ އޭނާ އެތައް އަހަރެއް ވަންދެން މަސައްކަތް ކުރި ކަމެއް ކަމަށާއި، މިހާރު ހުއްޓާލެވިފައިވާއިރު، ދެން އަލުން ސިނގިރޭޓް ބޯން ނުފަށާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

އޭގެ އިތުރުން ގާގާ ވަނީ ސިނގިރޭޓް ނުބޯ މީހުންނަށްވެސް ޚާއްޞަ މެސެޖެއް ދީފައެވެ. އެގޮތުން ގާގާ ބުނީ، އެކަން ހުއްޓާލުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، މިހާރު ސިނގިރޭޓު ނުބޯ މީހުން އެގޮތުގެ މަތީގައި ތިބުމަށް އެދޭ ކަމަށެވެ.

ލޭޑީ ގާގާއަކީ ލަވަކިޔުންތެރިއެއްގެ އިތުރުން ފިލްމީ ތަރިއެކެވެ. އޭނާއަށް ގިނަ ގްރޭމީ އެވާރޑްތައް ލިބިފައިވާއިރު، ގޯލްޑެން ގްލޯބް އެވޯޑް އަދި 30 އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑް ވެސް ލިބިފައިވެއެވެ.

އިތުރަށް ކިޔާލަން

29 އޯގަސްޓު 2017

"ޖޭމްސް ބޮންޑް" ގެ ތީމް ލަވަ ކިޔަނީ ބިޔޯންސޭ

29 އޯގަސްޓު 2017
"ޖޭމްސް ބޮންޑް" ގެ ތީމް ލަވަ ކިޔަނީ ބިޔޯންސޭ
04 އޯގަސްޓު 2017

ޑެންމާކުގެ މިހާރުގެ ރާނީގެ މަހާނައާ ޖެހިގެން، މަހާނަ ހުރުމަށް ނޭދޭ ކަމަށް ފިރިކަލުން ވިދާޅުވެއްޖެ

04 އޯގަސްޓު 2017
ޑެންމާކުގެ މިހާރުގެ ރާނީގެ މަހާނައާ ޖެހިގެން، މަހާނަ ހުރުމަށް ނޭދޭ ކަމަށް ފިރިކަލުން ވިދާޅުވެއްޖެ
10 ޖުލައި 2017

ދީޕިކާ ފިލްމު ކުޅެދެނީ މިހާރު 12 ކުރޯޑް ރުޕީސްއަށް

10 ޖުލައި 2017
ދީޕިކާ ފިލްމު ކުޅެދެނީ މިހާރު 12 ކުރޯޑް ރުޕީސްއަށް
04 ޖޫން 2017

ޓިއުބްލައިޓް: އެޅުވުމުގެ ކުރިންވެސް800 ކުރޯޑް ރުޕީސް ލިބިއްޖެ

04 ޖޫން 2017
ޓިއުބްލައިޓް: އެޅުވުމުގެ ކުރިންވެސް800 ކުރޯޑް ރުޕީސް ލިބިއްޖެ
28 އެޕްރީލު 2017

"ބާހްބަލީ2": މިހާރު އޮތީ ސިނަމާގައި

28 އެޕްރީލު 2017
"ބާހްބަލީ2": މިހާރު އޮތީ ސިނަމާގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު