Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީޔޫގެ

އީޔޫގެ ވަފުދުން ރާއްޖެއަށް ކުރި ދަތުރު ނިންމާލައިފި

27 ފެބުރުއަރީ 2020 | ބުރާސްފަތި 07:56

އީ.ޔޫގެ ވަފުދުން މިނިސްޓްރީއާއެކު ޓެކްނިކަލް އިވެލުއޭޝަން ކުރިއަށްގެންދިޔަ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 ފެބުރުއަރީ 2020 | ބުރާސްފަތި 07:56
މިއީ، 2015 ވަނަ އަހަރުން ފެށިގެން އައި.ޔޫ.ޔޫ މިޝަން އިން ދިވެހިރާއްޖެއަށް ކުރި 4 ވަނަ ދަތުރު

މިއީ، 2015 ވަނަ އަހަރުން ފެށިގެން އައި.ޔޫ.ޔޫ މިޝަން އިން ދިވެހިރާއްޖެއަށް ކުރި 4 ވަނަ ދަތުރު

ޔޫރަޕިއަން ޔޫނިއަންގެ ޑިރެކްޓަރ ޖެނެރަލް އޮފް މެރިޓައިމް އެފައަރޒް އެންޑް ފިޝަރީޒް (ޑީޖީ-މާރޭ) ގެ ޤާނޫނާއި ޤަވާއިދާ ޚިލާފަށް، ބެލެހެއްޓުމެއް ނެތި އަދި ރިޕޯޓުކުރުމެއް ނެތި ކުރާ މަސްވެރިން ހުއްޓުވުމަށް މަސައްކަތްކުރާ ވަފުދު (އައި.ޔޫ.ޔޫ މިޝަން)ގެ ފަރާތުން ދިވެހިރާއްޖެއަށް މިމަހުގެ 23 އިން 25 އަށް ކުރި ދަތުރު ވަނީ ނިންމާލާފައެވެ. މިއީ، 2015 ވަނަ އަހަރުން ފެށިގެން އައި.ޔޫ.ޔޫ މިޝަން އިން ދިވެހިރާއްޖެއަށް ކުރި 4 ވަނަ ދަތުރެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި މިޝަންގެ މައިގަނޑު މަޤްޞަދަކީ، ޤާނޫނާއި ޤަވާއިދާ ޚިލާފަށް، ބެލެހެއްޓުމެއް ނެތި އަދި ރިޕޯޓުކުރުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށްޓަކައި ޔޫރަޕިއަން ޔޫނިއަނުން އެކުލަވާލާފައިވާ [ރެގިއުލޭޝަން ޓު ޑިޓަރ އެންޑް އެލިމިނޭޓް އިއްލީގަލް، އަންރިޕޯޓެޑް އަންރެގިއުލޭޓެޑް އަދި ފިޝިންގް] ގެ ދަށުން އެޞަރަޙައްދަށް މަސް އެކްސްޕޯޓް ކުރާ ޤައުމެއްގެ ޙައިޞިއްޔަތުން ދިވެހިރާއްޖެއިން ތަންފީޒުކުރުން ލާޒިމުކުރާ ކަންތައްތައް ފުރިހަމަކުރަމުން ދޭތޯ ބަލައި، އިތުރަށް ހަރުދަނާ ކުރަން ޖެހޭކަންތައްތައް ފާހަގަކޮށް އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުން ކަމަށެވެ.

Advertisement - newsAdvertisement

އީ.ޔޫގެ ވަފުދުން މިނިސްޓްރީއާއެކު ކުރިއަށްގެންދިޔަ ޓެކްނިކަލް އިވެލުއޭޝަނަށް ފަހު މިޝަންގެ ފަރާތުން ހުށަހެޅި ފައިނަލް ސްޓޭޓްމަންޓްގައި، ދިވެހިރާއްޖޭގައި ކުރެވެމުންދާ ތިމާވެއްޓާއި ރައްޓެހި ސާފު މަސްވެރިކަމަކީ، ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓިގެން އަދި ރިޕޯޓްކުރެވިގެން ކުރެވޭ (އައި.ޔޫ.ޔޫ ފްރީ) މަސްވެރިކަމަށް ހެދުމަށްޓަކައި ފާއިތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް އެކަމަށް ތަޢުރީފު ކޮށްފައިވެއެވެ. އަދި ވަކިން ޚާއްޞަގޮތެއްގައި މަސްވެރިކަމާއި ގުޅޭ ޤާނޫނީ އޮނިގަނޑު އެކުލަވާލައި، ހަރުދަނާކުރުމުގެ ގޮތުން ކޮށްފައިވާ އަދި ކުރެވެމުންދާ މަސައްކަތްތަކާއި، މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމުގެ ނިޒާމަށް ގެނެސްފައިވާ ހެޔޮ ބަދަލުތަކާއި ކުރިއެރުންތައް އަދި މަސްވެރިކަމުގެ ތަފާސް ހިސާބު ނަގައި، ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ ޒަމާނީ ވަޞީލަތްތައް ވަފުދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މިކަންތައްތައް ދަމަހައްޓައި، ތަންފީޒުކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓާއި، އިންސާނީ ވަސީލަތްތަކުން، ޕޮލިސީ ލެވަލްގައި މިކަންތައްތައް ތަންފީޒުކުރުމަށް ދޭ އަހައްމިޔަތުކަން ދޭހަވެގެންދާކަމުގައި ފާހަގަކޮށްފައިވެއެވެ. މަސްވެރިކަމުގެ އާ ޤާނޫނު މިސަރުކާރުގެ ފުރަތަމަ 12 މަސް ދުވަހުގެ ތެރޭގައި ވުޖޫދަށް ގެނައުން ފާހަގަކޮށް، ސިޔާސީ ގޮތުންވެސް މިކަމަށް ދީފައިވާ އަހައްމިއްޔަތު ފާހަގަކޮށްފައިވެއެވެ. އަދި މިނިސްޓްރީން ޤާނޫނާއި ގުޅޭގޮތުން އެކުލަވާލަމުންދާ ޤަވާޢިދުތައް އެކުލަވާލުމުގެ މަސައްކަތްކުރަމުންދާގޮތާއި އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ މިންވަރާއި މެދު ހިތްހަމަޖެހޭކަމަށް ވަފުދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

މިޝަންގެ މަޝްވަރާތަކުގައި އަލިއަޅުވާލި މައިގަނޑު ކަންތައްތަކަކީ މަސްވެރިކަމުގެ ޤާނޫނީ ފްރޭމްވަރކް އެކުލަވާލުމުގައި މަސައްކަތް ގޮސްފައިވާ މިންވަރާއި، މަސްވެރިކަމުގެ ލައިސަންސް ދިނުމާއި، މަޢުލޫމާތު ރިޕޯޓުކުރުމަށް އަދި ކެޗް ސެޓްފިކޭޓް ދިނުމަށްޓަކައި އެކުލަވާލާފައިވާ ފިޝަރީޒް އިންފޮމޭޝަން ސިސްޓަމް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރާއި ގުޅޭގޮތުންނާއި، މަސްވެރިކަމުގެ ޙަކާތްތައް މޮނިޓަރކޮށް އުޅަނދުފަހަރު އިންސްޕެކްޓްކުރުމަށް ޤައުމީ ޕްލޭނެއް އެކުލަވާލުމާއި ގުޅޭގޮތުން އަދި ޤަވާޢިދާ ޚިލާފަށް އިންޑިއާ ކަނޑުގައި ޙަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުފަހަރުން ދިވެހިރާއްޖޭގެ ބަނދަރުތައް ތަފާތު ބޭނުންތަކަށް ބޭނުންކުރުން ހުއްޓުވުމަށް ބަނދަރުތަކުގައި އިތުރު ފިޔަވަޅުތައް އެޅުމާއި ގުޅޭގޮތުން ކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް