Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19

ވުހާންގައި ބާކީ ތިބި 2 ދިވެހިން އެ ސިޓީން ނެރެ އިންޑިއާއަށް ގެންގޮސް ކަރަންޓީންކޮށްފި

މި 2 މީހުންނާއެކު ވުހާންގައި ތިބި ހުރިހާ ދިވެހިންނެއް ވަނި އެ ސިޓީން ބޭރަށް ނެރެވިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ފެބުރުއަރީ 2020 | ބުރާސްފަތި 03:45
ވުހާންގައި ތިިބި ދިވެހިން ގެނައި އިންޑިއަން އެއަރޕޯސްގެ މަތިންދާ ބޯޓު

ވުހާންގައި ތިިބި ދިވެހިން ގެނައި އިންޑިއަން އެއަރޕޯސްގެ މަތިންދާ ބޯޓު

ނޮވެލް ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ޗައިނާގެ ވުހާން ސިޓީގައި ބާކީ ތިބި 2 ދިވެހިން އިންޑިއާގެ އެހީތެރިކަމާއެކު އެ ސިޓީން ބޭރުކޮށް, އިންޑިއާއަށް ގެނެސް ކަރަންޓީންކޮށްފިއެވެ.

ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވުހާންގައި ތިބި 2 ދިވެހިން އިންޑިއަން އެއަރފޯސް ފުލައިޓްގައި އެ ސިޓީން ނެރެފައިވާ ކަމަށާއި، އެ ދެމީހުން ނިއު ދިއްލީގައި ކަރަންޓީން ކުރާނެ ކަމަށެވެ. ފޮރިން މިނިސްޓަރު ވަނި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިއާގެ އެކަސްޓަރނަލް އެފެއަރޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް މިކަމާއި ގުޅިގެން ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއަން އެއަރފޯސް ފުލައިޓަކީ ޗައިނާއަށް ޞިއްޙީ އާލަތްތަކާއި ބޭހާއި ސާމާނު ހިފައިގެން ދިޔަ ފުލައިޓެކެވެ. މި ފުލައިޓުގައި 15 ޓަނުގެ ޞިއްޙީ ސާމާނާއި އާލާތްތައް އަދި ބޭސް ގެންގޮސްދިނުމަށްފަހު 112 މީހުން ވަނީ ވުހާން ސިޓީން އިންޑިއާއަށް ގެނެސްދީފައެވެ.

މި 2 ދިވެހިންނަކީ މީގެ ކުރިން ވުހާންއިން ދާން ބޭނުން ނުވާ ކަމަށް ބުނުމުން އެ ސިޓީން ނެރެފައިނުވާ 2 ދިވެހިންނެވެ. މީގެ ކުރިން ވެސް ދިވެހި ސަރުކާރުން ވަނީ އިންޑިއާއާއި ގުޅިގެން ވުހާންގައި ތިބި 7 ދިވެހިން އެ ސިޓީން ނެރެ އިންޑިއާގައި ކަރަންޓީން ކޮށްފައެވެ. އަދި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީންގައި ތިބުމަށްފަހު ކޮރޯނާ ވައިރަސްގެ އަސަރެއް ނުފެނުމުން އެމީހުން ވަނީ ކަރަންޓީނުން ދޫކޮށް ރާއްޖެ ގެނެސްފައެވެ. މިއާއެކު ޗައިނާގެ ވުހާންގައި ތިބި ހުރިހާ ދިވެހިން އެ ސިޓީން ވަނީ ނެރެފައެވެ. އަދި ފަހުން ނެރުނު 2 ދިވެހިން ވެސް ދިއްލީގައި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރެވިގެންދާނެއެވެ.

ކޯވިޑް-19އާ ގުޅިގެން، ދެކުނު ކޮރެއާގެ ދެ ސަރަހައްދަކުންނާއި އިރާނު މަގުން ރާއްޖެ އައުން މަނާކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފައެވެ. ކޮވިޑް-19 (ނޮވެލް ކޮރޯނާވައިރަސް) އާ ގުޅޭ ފަހުގެ މަޢުލޫމާތުތައް ޙިއްސާ ކުރުމަށް ބުދަ ދުވަހުގެރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، މި ނިންމުމަކީ މިހާރު ދުނިޔޭގެ ޙާލަތަށް ބަލައި، މި ވައިރަސް ފެތުރެމުންދާ ނިޞްބަތަށް ބެލުމަށްފަހު ނިންމެވި ނިންމެވުމެއް ކަމަށެވެ.

ދެކުނު ކޮރެއާއިން މީހުން އައުން މަނާކުރި ޞަރަޙައްދުތަކުގެ ތެރޭގައި ހިމެނެނީ ޑޭގޫ އަދި ޖިޔޮންބަކްއެވެ. މިއީ އެ ޤައުމުގައި މި ވައިރަސް އެންމެ ގަދައަށް ފެތުރިފައިވާ ދެ ޞަރަޙައްދެވެ. މި ވައިރަސްގެ ދެވަނައަށް އެންމެ ގިނަ ކޭސް ފެނިފައިވަނީ ދެކުނު ކޮރެއާއިންނެވެ. ކޮރޯނާވައިރަސްއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކްރޫޒް ލައިނަރތައް ރާއްޖެ އައުން ވެސް ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ. މިހާރުން ފެށިގެން ރާއްޖެއަށް ކްރޫޒް ލައިނަރ އައުން މަނާކުރަން ނިންމި ނިންމުން ރިވިއުކުރާނީ ޙާލަތަށް ބެލުމަށް ފަހުގައެވެ. އަދި އެ މައްސަލަ ރިވިއުކުރުމަށް ފަހު ހުއްދަ ދިނުމާމެދު ގޮތެއް ނިންމަވާނެ ކަމަށް ހެލްތު މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ސަރުކާރުންނާއި ރާއްޖޭގެ ކަމާއިބެހޭ ފަރާތްތަކުން ޙާލަތު ވަރަށް ބޮޑަށް މޮނިޓަރ ކުރައްވަމުންގެންދަވާ ކަމަށާއި، މި ޙާލަތަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ކޮންމެ ދުވަހަކު ބަދަލުވަމުން އަންނަ ޙާލަތެއް ކަން ފާހަގަ ކުރައްވާ މިނިސްޓަރ ވަނީ މިހާލަތާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖެއަށް ކްރޫޒް ލައިނަރތައް އައުން މަނާކޮށްފައިވާއިރު، މި ވައިރަސްއަށް އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ މީހުންގެ ލިސްޓަށް ބަލާއިރު ޖަޕާނުގެ ޔޮކޮހާމާ ބޭރުގައި އަޅާފައިވާ ކްރޫޒް ލައިނަރ ހިމެނެއެވެ. އެގޮތުން އެ ކްރޫޒް ލައިނަރއިން އެކަނިވެސް ޖުމުލަ 705 މީހަކު ވަނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވީ ހަތަރު މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު